Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްޑީއެސް

އެފްޑީއެސް ފުޓުބޯޅަ މުބާރާތް: ޑީޓެން ބަލިކޮށް ކެމަލް ފައިނަލަށް، އަލް ޙަދީދު ކަޓައިފި

މުބާރާތުގެ ފަހު މެޗުގައި ޑީޓެން އަދި ކެމަލް ބައްދަލު ކުރިއިރު، އެ މެޗުން މޮޅުވެ ފައިނަލަށް ދިޔުމުގެ ފުރުސަތު ކެމަލް އަށް އޮތެވެ. އެ މެޗުގައި ޑީޓެން އިން ކެމަލް ބަލިކޮށްފި ނަަމަ، ނުވަތަ މެޗު އެއްވަރުވެއްޖެ ނަމަ އަލް ޙަދީދަށް ފައިނަލްގެ ފުރުސަތު އޮތެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 އެޕްރީލު 2025 | ބުދަ 17:20
މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި ޑީޓެން އެކްސްޕްރެސް އަދި ކެމަލް ބައްދަލު ކުރި މެޗުގެ ތެރެއިން

މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި ޑީޓެން އެކްސްޕްރެސް އަދި ކެމަލް ބައްދަލު ކުރި މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ، ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީ (އެފްޑީއެސް) އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ ފުޓުބޯޅަ މުބާރާތުގެ ފަހު މެޗުގައި ޑީޓެން އެކްސްޕްރެސް ބަލިކޮށް ކެމަލް އިން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދިއިރު، ފަހު މެޗަށް އިންތިޒާރު ކުރި އަލް ޙަދީދު މުބާރާތުން ކަޓައިފި އެވެ.

ފަސް ޓީމު ވާދަކުރާ މި މުބާރާތް ކުރިއަށް ގެންދަނީ ލީގު އުސޫލުންނެވެ. ލީގު ބުރުގެ ކުޅުން ނިމޭއިރު، އެއް ވަނަ ޓީމު އަދި ދެ ވަނަ ޓީމު މުބާރާތުގެ ފައިނަލަށް ދާ ގޮތަށެވެ.

އެއް ވަނައިގައި މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދީ ފަރުކަން ސްޕޯޓްސް ކުލަބުންނެވެ. ދެ ވަނައިގެ ޖާގަ އަށް އޮތީ ވާދަވެރިކަން ބޮޑުވެފަ އެވެ. އެއީ އަލް ޙަދީދު އަދި ކެމަލްގެ ދެ މެދުގަ އެވެ.

މުބާރާތުގެ ފަހު މެޗުގައި ޑީޓެން އަދި ކެމަލް ބައްދަލު ކުރިއިރު، އެ މެޗުން މޮޅުވެ ފައިނަލަށް ދިޔުމުގެ ފުރުސަތު ކެމަލް އަށް އޮތެވެ. އެ މެޗުގައި ޑީޓެން އިން ކެމަލް ބަލިކޮށްފި ނަަމަ، ނުވަތަ މެޗު އެއްވަރުވެއްޖެ ނަމަ އަލް ޙަދީދަށް ފައިނަލްގެ ފުރުސަތު އޮތެވެ.

ބުދަ ދުވަހުގެ ހަވީރު ކުޅުނު މެޗު ކެމަލް އިން ކާމިޔާބު ކުރީ 4-2 އިންނެވެ. އެއީ މެޗުގައި ޑީޓެން އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިގެންނެވެ.

މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ޑީޓެން އަށް ލީޑު ނަގައިދިނީ އަލީ އަސްވީން އެވެ. ނަމަވެސް، ހަތް ވަނަ މިނެޓުގައި މުޙައްމަދު އަހުސާން ޖެހި ލަނޑުން ކެމަލް ނަތީޖާ ހަމަހަމަ ކުރި އެވެ.

މެޗުގައި ކެމަލް އިން ލީޑު ނެގީ ވެސް އަހުސާމް ޖެހި ލަނޑުންނެވެ. އެ ޓީމުގެ ފަހު ދެ ލަނޑު ޖެހީ އަލޫފް ޢަބްދުﷲ އަދި ފަވާޒް ޢަބްދުﷲ އެވެ. މެޗުގައި ޑީޓެންގެ ފަހު ލަނޑު ޖެހީ އާދަމް ޢަބްދުﷲ އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކެމަލް އަށް ދެ ލަނޑު ޖަހައިދިން އަހުސާމް އެވެ.

ފަރުކަން އަދި ކެމަލް ބައްދަލު ކުރާ ފައިނަލް މެޗު އޮންނާނީ ހުކުރު ދުވަހުގެ ހަވީރު އެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
12 ޖެނުއަރީ 2017

އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި

12 ޖެނުއަރީ 2017
އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
07 ޖެނުއަރީ 2017

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު