Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުން

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

8 އެޕްރީލު 2025 | އަންގާރަ 09:24

ފުލުހުން ވަނީ ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން ނޫޅޭ ކަމަށް ބުނެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 8 އެޕްރީލު 2025 | އަންގާރަ 09:24
ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް

ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް

މި ސަރުކާރުގެ ފުރަތަމަ ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލްގެ ގެކޮޅަށް ފުލުހުން ރެއިޑްކުރަން އުޅުނު ކަމަށް ދެކެވޭ ވާހަކަތަކައް ފުލުހުން ދޮގުކޮށްފިއެވެ.

ހޯމަ ދުވަހު، ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ރެއިޑްކުރަން އުޅުނީ މާލޭގައި ފައިސަލް ދިރިއުޅުއްވި ގެކޮޅެވެ. އަދި ރެއިޑްކުރަން އުޅުނީ ޓުއަރިޒަމް މިނިސްޓަރުގެ މަގާމުން ޖެނުއަރީ 28، ގައި ފައިސަލް ވަކި ކުރުމަށްފަހު ކަމަށް ވެސް އެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

Advertisement - newsAdvertisement

އެކަމާއި ގުޅިގެން ފައިސަލް އަށް ވަޓްސްއެޕް އިންނާއި ފޯނުން ގުޅާ، މެސެޖު ކުރި ނަމަވެސް ފައިސަލް ފޯނަށް ޖަވާބު ނުދެއްވާތީ މިކަމާއި މެދު ފައިސަލްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ފައިސަލް އާއި ގުޅުންހުރި އެއްވެސް މައްސަލަ އެއް ފުލުހުން ބަލަމުންދޭތޯ ސުވާލުކުރުމުން ފުލުހުން ވަނީ އެކަން ދޮގުކޮށްފައެވެ. އަދި ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނު ކަމަށް ބުނާ ވާހަކަ ވެސް ދޮގުކޮށްފައިވެއެވެ.

އެހެންނަމަވެސް ނަންހާމަ ނުކުރުމަށް ޝަރުތުކޮށް އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީ އަށް މައުލޫމާތު ދިން ގޮތުގައި ފައިސަލްގެ ގެކޮޅަށް ރެއިޑްކުރުމަށް މަސައްކަތް ކޮށްފައި ވަނީ ފުލުހުންގެ އިދާރާގައި ތިބި ސަރުކާރަށް އިތުބާރު ކުރެވޭ ބައެއް އޮފިސަރުންނާއި، އެ އޮފިސަރުންނަށް އިތުބާރު ކުރެވޭ ވަކި ފުލުހުންތަކެއް މެދުވެރިކޮށް ވަރަށް ސިއްރުންނެވެ. އަދި ފައިސަލް ދިރިއުޅުއްވާ ގެކޮޅު ރެއިޑްކުރުމަށް ކޯޓު އަމުރު ހޯދުމަށް ބައެއް ފަނޑިޔާރުންނާއި މުއާމަލާތު ކުރި ކަމަށް އެނގިފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ ބުނި ގޮތުގައި އެކަން ނުވީ ފަނޑިޔާރުންގެ ފަރާތުން އެއްބާރުލުން ނުލިބުމުން ކަމަށް ފުލުހުންގެ އިދާރާގެ އެތެރޭގައި އަޑު ފެތުރިފައިވެއެވެ. އަދި ފައިސަލްގެ ބައްޕާފުޅު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ސަމާލުކަމަށް ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅޭކަން އައުމުން، ފައިސަލްގެ ގެކޮޅަށް ރެއިޑް ނުކުރެވުނީ ކަމަށް ވެސް ފުލުހުންގެ އިދާރާގެ އިސް ބައެއް މީހުން މި މައްސަލައިގައި ވާހަކަދައްކަމުން ބުނެފައިވާ ކަމަށް އޭނާ ހާމަކުރިއެވެ.

އެހެންނަމަވެސް ރަސްމީކޮށް މިކަމާއި ގުޅޭގޮތުން ފުލުހުން ވަކި އެއްޗެއް ހާމަ އެއް ނުކުރެއެވެ. އެހެންކަމުން ފައިސަލްގެ މައްސަލަ އެއް ފުލުހުން ބަލާކަމެއް، އަދި އޭނާ އަށްކުރަނީ ކޮން ތުހުމަތުތަކެއް ކަން ސާފެއް ނޫނެވެ. ކުއްލި ގޮތަކަށް ފައިސަލް މަގާމުން ވަކި ކުރި ރަސްމީ ސަބަބު ރައީސް ޑރ.މުހައްމަދު މުއިއްޒު ވެސް އަދި ސަރުކާރުން ވެސް ހާމަ އެއް ނުކުރައްވައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

04 ޖޫން 2017

ފޭރުމާ ގުޅޭގޮތުން ދެކެވޭ ވާހަކައިގާ ހަޤީގަތެއް ހުރީ ދެކަމެއްގައި: ފުލުހުން

04 ޖޫން 2017
ފޭރުމާ ގުޅޭގޮތުން ދެކެވޭ ވާހަކައިގާ ހަޤީގަތެއް ހުރީ ދެކަމެއްގައި: ފުލުހުން
21 މެއި 2017

އަމީން ފައިސަލްގެ ޝަރީޢަތް: ޔާމީން ދޫނުކުރާނެ ކަމަށް ނަޝީދު ވިދާޅުވި، ދިފާއީ ހެއްކެއްގެ ގޮތުގައި ޔާމީން

21 މެއި 2017
އަމީން ފައިސަލްގެ ޝަރީޢަތް: ޔާމީން ދޫނުކުރާނެ ކަމަށް ނަޝީދު ވިދާޅުވި، ދިފާއީ ހެއްކެއްގެ ގޮތުގައި ޔާމީން
17 މެއި 2017

ފަނޑިޔާރަކު އަވަހާރަ ކޮށްލަން އުޅުނުކަމަށް ބުނެ ހައްޔަރުކުރި ހަނީފް ގޭބަންދަށް ބަދަލުކޮށްފި

17 މެއި 2017
ފަނޑިޔާރަކު އަވަހާރަ ކޮށްލަން އުޅުނުކަމަށް ބުނެ ހައްޔަރުކުރި ހަނީފް ގޭބަންދަށް ބަދަލުކޮށްފި
08 މެއި 2017

ޔާމީން ބަންދުކުރި މައްސަލަ: އަމީން ފައިސަލްގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލުކޮށްފި

08 މެއި 2017
ޔާމީން ބަންދުކުރި މައްސަލަ: އަމީން ފައިސަލްގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލުކޮށްފި
01 މެއި 2017

ފަނޑިޔާރަކު އަވަހާރަ ކޮށްލަން އުޅުނުކަމަށް ބުނެ ހައްޔަރުކުރި ހަނީފްގެ ބަންދު އަނެއްކާވެސް އިތުރުކޮށްފި

01 މެއި 2017
ފަނޑިޔާރަކު އަވަހާރަ ކޮށްލަން އުޅުނުކަމަށް ބުނެ ހައްޔަރުކުރި ހަނީފްގެ ބަންދު އަނެއްކާވެސް އިތުރުކޮށްފި
13 އެޕްރީލު 2017

އަމީން ފައިސަލްގެ އަޑުއެހުން ކެންސަލް!

13 އެޕްރީލު 2017
އަމީން ފައިސަލްގެ އަޑުއެހުން ކެންސަލް!
12 އެޕްރީލު 2017

ޔާމީން ބަންދުކުރި މައްސަލަ: އަމީން ފައިސަލްގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްތި ދުވަހު!

12 އެޕްރީލު 2017
ޔާމީން ބަންދުކުރި މައްސަލަ: އަމީން ފައިސަލްގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްތި ދުވަހު!
26 މާރިޗު 2017

ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ އަމީން ފައިސަލްގެ އަޑުއެހުން ކެންސަލް!

26 މާރިޗު 2017
ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ އަމީން ފައިސަލްގެ އަޑުއެހުން ކެންސަލް!
17 މާރިޗު 2017

ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ

17 މާރިޗު 2017
ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ
26 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

26 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް