Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްޑީއެސް

އެފްޑީއެސް ވޮލީ ބޯޅަ މުބާރާތް: ޑްރީމަރސް ބަލިކޮށް ފަރުކަން އިން ޗެމްޕިއަންކަން ހޯދައިފި

މުބާރާތުގެ ލީގު ބުރުގައި ވެސް މި ދެ ޓީމު ވަނީ ބައްދަލު ކޮށްފަ އެވެ. ތިން ސެޓު އެއް ސެޓުން އެ މެޗު ކާމިޔާބު ކުރީ ޑްރީމާސް އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 އެޕްރީލު 2025 | އަންގާރަ 07:07
އެފްޑީއެސް އަންހެން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފަރުކަން ޓީމަށް ޗެމްޕިއަން ޓްރޮފީ ހަވާލު ކުރަނީ

އެފްޑީއެސް އަންހެން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފަރުކަން ޓީމަށް ޗެމްޕިއަން ޓްރޮފީ ހަވާލު ކުރަނީ

ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީ (އެފްޑީއެސް) އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ، އެފްޑީއެސް އަންހެން ވޮލީ ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފަރުކަން ސްޕޯޓްސް ކުލަބުން ހޯދައިފި އެވެ.

ހޯމަ ދުވަހުގެ ރޭ ފީއަލީ އެއް ނަންބަރު ވޮލީ ކޯޓުގައި ކުޅުނު ފައިނަލް މެޗު ފަރުކަން އިން ކާމިޔާބު ކުރީ ތިން ސެޓު އެއް ސެޓުންނެވެ.

މުބާރާތުގެ ލީގު ބުރުގައި ވެސް މި ދެ ޓީމު ވަނީ ބައްދަލު ކޮށްފަ އެވެ. ތިން ސެޓު އެއް ސެޓުން އެ މެޗު ކާމިޔާބު ކުރީ ޑްރީމަރސް އެވެ.

ފައިނަލް މެޗުގެ ފުރަތަމަ ސެޓު ކާމިޔާބު ކުރީ ފަރުކަން އިންނެވެ. ނަމަވެސް، ވާދަވެރި ކުޅުމަކަށްފަހު ޑްރީމަރސް އިން ވަނީ ދެ ވަނަ ސެޓު ކާމިޔާބު ކޮށްފަ އެވެ.

ކޮންމެ ޓީމެއް އެއް ސެޓު ކާމިޔާބު ކުރިއިރު، ދެން ކުޅުނު ދެ ސެޓު ވެސް ފެނުނީ ވާދަވެރި ކޮށެވެ. ތިން ވަނަ ސެޓާއި، ހަތަރު ވަނަ ސެޓުގައި ކުރި ހޯދައި ފަރުކަން އިން ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފަރުކަންގެ ނަރީމާ އިދުރީސް އެވެ.

މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނީ ޗެމްޕިއަން ފަރުކަން ގެ ނަރީމާ، ވަރުދާ، ޝާހިރާ މުޙައްމަދުގެ އިތުރުން، ޑްރީމަރސް ގެ ލީމް އަޙުމަދު، އަހުލާމާ އަދި ކެމަލްގެ އިބާ ޢަބްދުﷲ އެވެ. މުބާރާތުގެ އެންމެ މޮޅު ލިބަރޯ އަކަށް ހޮވުނީ ޑްރީމަރސް ގެ އައިޝަތު ޝިޔާ އެވެ.

މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ކެމަލް ގެ ރިވާ ޖަލީލް އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޑްރީމަރސް ގެ އައިޝަތު ރީމާ އެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޗެމްޕިއަން ފަރުކަންގެ ވިސާމް އަޙުމަދު އެވެ.

މުބާރާތުގެ ފެއާ ޕްލޭ ޓީމަކަސް ހޮވުނީ ނައިޓް ކުއީންސް އެވެ.

އެފްޑީއެސް އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ އަންހެން ވޮލީ މުބާރާތުގައި ހަތަރު ޓީމު ވަނީ ބައިވެރިވެފަ އެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
12 ޖެނުއަރީ 2017

އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި

12 ޖެނުއަރީ 2017
އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި
11 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތުއި ސާދަ ޓީމަކުން ބައިވެރިވެއްޖެ

11 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތުއި ސާދަ ޓީމަކުން ބައިވެރިވެއްޖެ
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
07 ޖެނުއަރީ 2017

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ
07 ޖެނުއަރީ 2017

ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)

07 ޖެނުއަރީ 2017
ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު