Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްޑީއެސް

އެފްޑީއެސް ފުޓުބޯޅަ މުބާރާތް: ޑީޓެން އިން ނައިޓް ކިންގްސް ބަލިކޮށްފި

ފަސް ޓީމު ވާދަކުރާ މުބާރާތުގެ ފައިނަލަށް ދާނީ، ލީގު ބުރުގެ އެއް ވަނަ އަދި ދެ ވަނަ ޓީމެވެ. ފައިނަލްގެ ޖާގަ ލިބޭ ދެ ޓީމު ކަށަވަރު ވާނީ މުބާރާތުގެ ފަހު ދެ މެޗުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 އެޕްރީލު 2025 | ހޯމަ 14:06
މުބާރާތުގައި ޑީޓެން އެކްސްޕްރެސް އަދި ނައިޓް ކިންގްސް ބައްދަލު ކުރި މެޗުގެ ތެރެއިން

މުބާރާތުގައި ޑީޓެން އެކްސްޕްރެސް އަދި ނައިޓް ކިންގްސް ބައްދަލު ކުރި މެޗުގެ ތެރެއިން

ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީ (އެފްޑީއެސް) އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ ފުޓުބޯޅަ މުބާރާތުގައި، ނައިޓް ކިންގްސްއާ ދެކޮޅަށް ކުޅުނު މެޗުން ޑީޓެން އެކްސްޕްރެސް މޮޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ހަވީރު ފީއަލީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗު ޑީޓެން އިން ކާމިޔާބު ކުރީ 6-2 ގެ ނަތީޖާ އަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޑީޓެން އިން ދެ ލަނޑު ޖެހިއިރު، ނައިޓް ކިންގްސް އިން ވެސް ލަނޑެއް ޖެހި އެވެ. ޑީޓެން އިން އެ ޓީމުގެ އަނެއް ހަތަރު ލަނޑު ދެ ވަނަ ހާފުގައި ޖެހިއިރު، މި ހާފުގައި ނައިޓް ކިންގްސް އިން ވެސް ލަނޑެއް ޖެހި އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ޑީޓެން އަށް ލީޑު ނަގައިދިނީ އިސްމާއީލް ނަސީރު (އިއްސެ) އެވެ. އޭގެ ފަހުން އެ ޓީމުންް ލީޑު ފުޅާ ކުރީ އާދަމް ޢަބްދުﷲ ޖެހި ލަނޑުންނެވެ. ފުރަތަމަ ހާފުގައި ނައިޓް ކިންގްސްގެ ހަމައެކަނި ލަނޑު ޖެހީ މަސީހު އަޙުމަދު އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން 22 ވަނަ މިނެޓުގައި އިޒްދާން އުސްމާން ޖެހި ލަނޑުން ޑީޓެން ވަނީ ލީޑު އިތުރަށް ފުޅާ ކޮށްފަ އެވެ. އޭގެ ފަހުން ނައިޓް ކިންގްސްގެ އައްސަދު ވަނީ ލަނޑެއް ޖަހައިފަ އެވެ.

މެެޗުގައި ޑީޓެންގެ ހަތަރު ވަނަ ލަނޑު ޖެހީ އިއްސެ އެވެ. އޭގެ ފަހުން އެ ޓީމުގެ ޢަބްދުﷲ ޒަމީރު ވަނީ އެ ޓީމުގެ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ. މެޗުގައި ޑީޓެންގެ ހަ ވަނަ ލަނޑު ޖަހައި އިއްސެ ވަނީ މެޗުގައި ހެޓްރިކް ހަމަކޮށްފަ އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް އިއްސެ އެވެ.

ފަސް ޓީމު ވާދަކުރާ މުބާރާތުގެ ފައިނަލަށް ދާނީ، ލީގު ބުރުގެ އެއް ވަނަ އަދި ދެ ވަނަ ޓީމެވެ. ފައިނަލްގެ ޖާގަ ލިބޭ ދެ ޓީމު ކަށަވަރު ވާނީ މުބާރާތުގެ ފަހު ދެ މެޗުންނެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
31 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން
31 ޖެނުއަރީ 2017

އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި

31 ޖެނުއަރީ 2017
އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
12 ޖެނުއަރީ 2017

އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި

12 ޖެނުއަރީ 2017
އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
07 ޖެނުއަރީ 2017

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު