Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

"އެމްއެމްއޭ މެދުވެރިކޮށް ފައިސާ ޗާޕުކުރުމަކީ މުޅި މާލީ ނިޒާމުގެ އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމެއް"

މިކަމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ދަށް ވާނެ ކަމަށާއި ބޭރު ފައިސާގެ އަގު އިންތިހާއަށް މަތިވާނެ ކަމަށް އޭނާ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 7 އެޕްރީލު 2025 | ހޯމަ 08:13
ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ފައިސާ ޗާޕުކުރުމަކީ މުޅި މާލީ ނިޒާމުގެ އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށް މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ޑރ. ޝަމްހީދު އެ ޤަރާރު ހުށަހަޅުއްވަމުން ވިދާޅުވެފައި ވަނީ އެއީ ޤާނޫނުއަސާސީ އާއި، ކަމާގުޅޭ ޤާނޫނުތަކާއި އަދި މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓާއި ހިލާފަށް، ސަރުކާރާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކުރަމުންގެންދާ ކަންކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާ ޤާރާރެއް ކަމަށެވެ.

Advertisement - newsAdvertisement

އެ ގަރާރުގައި ޑރ.ޝަމްހީދު ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި، ޤާނޫނު ނަންބަރު 6/81 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު) އާއި، ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އާއި، ޤާނޫނު ނަންބަރު 30/2024 (ދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނު) ގައި އެކަށައަޅާފައިވާ މާލީ އުސޫލުތަކާއި ހަމަތަކާ ހިލާފަށް، އަދި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ، 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓާ ހިލާފަށް އަމަލުކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ސަރުކާރާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކުރަމުންގެންދާ ކަންކަމާ މެދު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށް އެ ގަރާރު ހުށަހަޅުއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ.ޝަމްހީދު އެ ގަރާރުގައި އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ނ) ގައި، ރައްޔިތުންގެ މަޖިލީހުން ހުއްދަލިބިގެން މެނުވީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައިވާ މިންވަރަށްވުރެ ޚަރަދު އިތުރުކޮށްގެނެއް ނުވާނެކަމަށާއި، އަދި ބަޖެޓުގައި ވަކި ކަމަކަށް ޚަރަދެއްކުރުމަށް ކަނޑައަޅައިފައިވާނަމަ އެ ޚަރަދެއް ކުރާންވާނީ އެކަމަކަށް އެކަނި ކަމަށް، ބަޔާންކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ޤާނޫނު ނަންބަރު 6/81 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު) ގެ -16 ވަނަ މާއްދާގައި، އެ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މައިގަނޑު މަސައްކަތާއި ބާރުގެ ތެރޭގައި ބަޔާންކޮށްފައި ވަނީ، މަނިޓަރީ ސިޔާސަތުތައް އެކަށައަޅައި ފާސްކުމާއި، މަނިޓަރީ މަޤްސަދުތަކާއި، މައިގަނޑު އިންޓްރެސްޓް ރޭޓްތަކާއި، ދިވެހިރާއްޖޭގައި ފައިސާ ލިބެންހުންނާނެ ގޮތް ހެދުމާއި، އެކަންކަމާ ގުޅޭގޮތުން އެއިރަކަށް އެކަށީގެންވާ ނިންމުންތައް ކަނޑައެޅުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު)ގެ 47 ވަނަ މާއްދާގެ (ށ) ގައި، މި ޤާނޫނުގައި، ނުވަތަ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތްނޫން ގޮތަކަށް ދައުލަތުގެ ފައިސާއިން ޚަރަދުކުރުން، ނުވަތަ ދައުލަތުގެ މުދަލެއް ވިއްކާލުން، ނުވަތަ ނައްތާލުން، ނުވަތަ ދޫކޮށްލުން، އެއީ ހުއްދަނޫން ޢަމަލެއް ކަމުގައި މި ޤާނޫނުގެ ދަށުން ބެލެވޭނެ ކަމަށް ޑރ.ޝަމްހީދު ވިދާޅުވިއެވެ.

އެހެންކަމަށް ވާއިރު ދައުލަތުގެ މަރުކަޒީ ބޭންކް (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ) އިން ފައިސާ ނެގުމުގެ ބޭނުމުގައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މިލްކިއްޔާތުގައިވާ ބިމެއް ދައުލަތުގެ މަރުކަޒީ ބޭންކަށް ގަތުމުގެ މުއާމަލާތެއް ހިންގުމަށްފަހު، އެ ފައިސާ އެޗްޑީސީ މެދުވެރިކޮށް ސަރުކާރަށް ދިނުމަށް ޓަކައި، ހުޅުމާލެއިން ބިން ގަތުމަށް ދައުލަތުގެ މަރުކަޒީ ބޭންކުގެ ޑިރެކްޓަރުންގެ ބޮޑުން ނިންމައިފިކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށް ވެސް އެ ގަރާރުގައި ވިދާޅުވެފައިވެއެވެ.

ދައުލަތުގެ މަރުކަޒީ ބޭންކުން (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ) ގެ އޮފީސް ހިންގުމަށް ކޮންމެހެން ބޭނުންވާ މިންވަރަށްވުރެ އިތުރަށް، އިމާރާތްތަކާއި ބިންތައް ހޯދާންޖެހޭނެ އެއްވެސް މަގުބޫލު ސަބަބެއް ނޯންނާނެކަން ކަށަވަރުވާ ކަމަށާއި މި ކަމުގެ ފަހަތުގައި ފޮރުވިފައިވާ ކޮންމެވެސް ކަންތައްތަކެއް އޮތްކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށް ޑރ.ޝަމްހީދު ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން އެ ފަދަ މުއާމަލާތެއް ހިންގައިގެން ދައުލަތުގެ މަރުކަޒީ ބޭންކުން ސަރުކާރަށް ފައިސާ ނެގުމަކީ، ދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނުގައި ކަނޑައަޅައިފައިވާ ހަމަތަކާއި އުސޫލުތައް އެއްފަރާތްކޮށް، އެ ހަމަތަކާއި އުސޫލުތަކާ ކަނޑައެޅިގެން ހިލާފަށް، ދައުލަތުގެ މަރުކަޒީ ބޭންކުން ސަރުކާރަށް ފައިސާ ނެގުންކަމަށް ވެސް ޑރ.ޝަމްހީދު ވަނީ ވިދާޅުވެފައެވެ.

ޑރ.ޝަމްހީދު ވިދާޅުވީ މި ކަމަކީ، ދައުލަތުގެ މަރުކަޒީ ބޭންކުގެ މިނިވަންކަން ގެއްލި، އެކަމުގެ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖޭގެ މުޅި މާލީ ނިޒާމުގެ އިތުބާރު ގެއްލިގެން ހިނގައިދާނެފަދަ ކަމެއް ކަމަށެވެ.

މި ކަމަކީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ، 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި، ދައުލަތަށް ފައިސާ ހޯދާނެ ކަމަށް މިނިސްޓަރ އޮފް ފިނޭންސް ބަޔާންކޮށްފައިވާ ކަންކަމާ ހިލާފަށް އެކަންކަމުގެ ބޭރުން، ރައްޔިތުންގެ މަޖިލީހުގެ ހުއްދަ ހޯދުމަކައި ނުލައި ނުވަތަ ރައްޔިތުންގެ މަޖިލީހަށް އެންގުމަކައި ނުލައި ކުރާ ކަމެއް ކަމަށްވީ ހިނދު؛

އަދި މިކަމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ދަށް ވާނެ ކަމަށާއި ބޭރު ފައިސާގެ އަގު އިންތިހާއަށް މަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މުދަލާއި ހިދުމަތުގެ އަގުތައް ނުހަނު ބޮޑަށް އުފުލުމަކީ އެކަށީގެންވާ ކަމެއްކަމަށް ވެސް ޑރ.ޝަމްހީދު ވަނީ އެ ގަރާރު ހުށަހަޅުއްވަމުން ވިދާޅުވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު