Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިސްރާއީލުގެ ޕާސްޕޯޓް މަނާކުރުން

އިސްރާއީލުގެ ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާކުރުން ލަސްވާތީ ހުށަހެޅި ކުއްލި މައްސަލަ ބަލަ އެއް ނުގަތް

7 އެޕްރީލު 2025 | ހޯމަ 06:10

މި މައްސަލަ އާއި މެދު މަޖިލީހުން އަވަހަށް ގޮތެއް ނިންމައިދިނުމަށް ގޮވާލާ، ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި ރައީސްގެ އިސްނެންގެވުމާއެކު އެކަން ކުރިއަށް ގެންގޮސްދެއްވުން އެދިވަޑައިގެންފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 7 އެޕްރީލު 2025 | ހޯމަ 06:10
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މަޖިލީހުގައި ވާހަކަދައްކަވަނީ

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މަޖިލީހުގައި ވާހަކަދައްކަވަނީ

އިސްރާއީލުގެ ޕާސްޕޯޓްގައި ދިވެހިރާއްޖެ އެތެރެވުން ހުއްޓުވުމަށް ހުށަހަޅައިފައިވާ ބިލާމެދު ގޮތެއް ނުނިމި ލަސްވަމުންދާތީ ހުށަހަޅާ ކުއްލި މައްސަލަ ބަލައިނުގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ނިންމައިފި އެވެ.

ހޯމަ ދުވަހު މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ހުށަހަޅުއްވާފައިވާ އެ މައްސަލައަކީ ކުއްލި މައްސަލައެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށެވެ.

Advertisement - newsAdvertisement

ނާޒިމް ވަނީ މަޖިލީހަށް ހުށަހަޅާ ކުއްލި މައްސަލައަކީ ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތަށް ސީދާ އަސަރު ކުރާފަދަ ބޮޑު ކަމެއް ކުއްލިއަކަށް ދިމާވުމުން އެކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅާ މައްސަލަ އެއް ކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން ސަރުކާރުން ކަމާއި މެދު އަޅާފައިވާ ނުވަަތަ އަޅާފައިނުވާ ފިޔަވަޅަކާމެދު ފާޑުކިޔުމަށް ހުށަހެޅިފައިވާ މައްސަލައަކަށް ވުމާއި މަޖިލީހުގައި ކުރިއަށް ދާ ބިލަކާއި ގުޅޭ ކަމަކަށް ނުވުން ކުއްލި މައްސަލައިގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.

މައުރޫފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައި ވަނީ ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، އިސްރާއީލުން ފަލަސްތީނު ރައްޔިތުންނާ މެދު ހިންގަމުންދާ ޤަތުލު އާންމުންގެ ތެރެއިން 2023 ވަނަ އަހަރު ދޭން ފެށި، ނަސްލު ނައްތައިލުމުގެ ހަމަލާތައް ދުވަސްކޮޅަކަށް މެދުކަނޑާލުމަށްފަހު، ފާއިތުވެދިޔަ މާރޗް މަހުގެ ތެރޭގައި، އަނެއްކާވެސް، އިސްރޭލުން ފަލަސްތީނުގެ މައުސޫމު ރައްޔިތުންނާ ދެކޮޅަށް ދެމުންދާ ހަމަލާތައް ފަށާފައިވާކަމަށެވެ. އަދި މި ގަތުލު އާންމު ފެށުނުފަހުން މިއަދާ ހަމައަށް 2 އަހަރާއި، 5 މަސް ފާއިތުވެގެން ދިޔައިރުވެސް، އެ މައްސަލައިގައި އިސްރާއީލު ކުށްވެރިން ކުރުން ފިޔަވައި މިކަމާ ގުޅިގެން ހަރުދަނާ އެއްވެސް ފިޔަވަޅެއް އެޅުމަށް ދިވެހި ސަރުކާރުން ވަނީ ނުކުޅެދިފަ ކަމަށް އެ ކުއްލި މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.

ހަމައެހެންމެ އިސްރާއީލުގެ ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އައުން މަނާކުރުމަށް، 2 ޖޫން 2024 ގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް އިމިގްރޭޝަން ޤާނޫނަށް އިޞްލާޙެއް ހުށަހެޅުމާއެކު، ހަމަ އެދުވަހުގެ ވަގުތެއްގައި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަވައި، އިސްރާއީލުގެ ޕާސްޕޯޓު މަނާ ކުރުމަށް ސަރުކާރުން ނިންމަވައިފައިވާކަމަށް އިއުލާނުކޮށްފައިވާކަން އެ ކުއްލި މައްސަލައިގައި ފާހަގަކޮށްދައިވެއެވެ. ނަމަވެސް، މިއަދާ ހަމައަށް މިކަމުގައި ޢަމަލީ ސިފަ ޖެއްސުމަށް ސަރުކާރުގެ ފަރާތުން އެއްވެސް މަސައްކަތެއް ކުރަމުންދާކަމަކަށް ނުފެންނަ ކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ.

10 ޖޫން 2024 ގައި އެ ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށް، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. ނަމަވެސް މިއަދާ ހަމައަށްވެސް މި ބިލާ ގުޅިގެން ކޮމިޓީގެ ބައްދަލުވުމެއްވެސް ބޭއްވިފައި ނުވާކަން މައުރޫފް ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، މި ބިލު ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ހުއްޓުވައިފައި އޮންނަތާ 9 މަސް ދުވަސް ވެގެން ދާއިރު، މި ސަރުކާރުން އަދި މި ސަރުކާރުގެ ފުރިހަމަ އަގުލަބިއްޔަތު އޮންނަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ އެތައް ބިލަކާއި އެހެނިހެން މަސައްކަތްތައް ހުށަހަޅައި، މަދު ގަޑިއިރެއްގެ ތެރޭގައި، ގިނަ ބިލުތަކެއް މި ފާއިތުވެދިޔަ ދުވަސްތަކުގައިވެސް މި މަޖިލީހުން ވަނީ ފާސްކޮށްފަކަން މައުރޫފްގެ ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

އިސްރާއީލުން ހިންގާ ޖަރީމާތަކާ ދެކޮޅަށް ތެދުވުމުގައި ކުޑަވެސް ފަސްޖެހުމެއް ނުހުންނާނެކަމަށް ބުނެ ސަރުކާރުން ތަކުރާރުކޮށް ވަކާލާތުކުރަމުން ދާއިރު، މައްސަލައިގައި ސަރުކާރުގެ ވެރިންގެ އަމަލުތަކުން ދޭހަވަނީ، ސަރުކާރުގެ ނުނިޔަތާއި، ކޮންމެ ކަމެއްގައިވެސް، ބަހާއި އަމަލާ ދިމާ ނުވާ މިންވަރު ކަމަށް މައުރޫފް ވިދާޅުވިއެވެ.

ދިވެހިރާއްޖެ އަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ވީހިނދު،ފަލަސްތީނުގައި، ދަރިފަސްކޮޅެއް ނައްތާލަން އިޒްރޭލުން ހިންގަމުންގެންދާ ޤަތުލު އާއްމުގައި ޝަހީދުވަމުންދާ އެތައް ސަތޭކަ މުސްލިމް އަޙުންނާއި އުޙްތުންގެ ހައްޤުގައި ތެދުވުމަކީ އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ ވާޖިބެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށް މައުރޫފް އެ ކުއްލި މައްސަލައިގައި ވިދާޅުވެފައިވެއެވެ.

މުޅި އިސްލާމީ އުއްމަތަށް އިސްރާއީލުން ޖައްސަމުން މިދާ ގިލަންވެރިކަމާއި އާފާތް ކުށްވެރިކޮށް އަޅުގަނޑުމެން އެކަމާއި ކަނޑައެޅިގެން ދެކޮޅުވެރިކަން ހާމަކޮށްދިނުމަށް ޓަކައި، ކޮންމެހެން ކުރަންޖެހޭ ކަމަކަށް، އިތުރު ލަސްތަކަކާ ނުލައި، އިސްރާއީލުގެ ޕާސްޕޯޓް މިހާރުން މިހާރަށް މަނާކުރުމަށް އެ ކުއްލި މައްސަލައިގައި ގޮވާލާފައިވެއެވެ. މި މައްސަލަ އާއި މެދު މަޖިލީހުން އަވަހަށް ގޮތެއް ނިންމައިދިނުމަށް ގޮވާލާ، ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި ރައީސްގެ އިސްނެންގެވުމާއެކު އެކަން ކުރިއަށް ގެންގޮސްދެއްވުން އެދިވަޑައިގެންފައިވެ އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް