Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން އެމެރިކާ މަޝްވަރާތައް

އެމެރިކާއާއި ސީދާ މަޝްވަރާތައް ކުރުމަކީ މާނައެއް ނެތްކަމެއް - އީރާނުގެ ފޮރިން މިނިސްޓަރު

އެމެރިކާ އާއެކު އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ޓްރަމްޕް މިދިޔަ މަހު ގޮވާލެއްވި ނަމަވެސް ޑިޕްލޮމަސީ ފެއިލްވެއްޖެ ނަމަ އީރާނަށް ބޮން އަޅާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 6 އެޕްރީލު 2025 | އާދީއްތަ 14:26
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ

އެމެރިކާއާ އެކު ސީދާ މަޝްވަރާތައް ކުރުމުގެ "މާނައެއް ނެތް" ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެ އެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވަނީ އެމެރިކާއާ އެކު ސީދާ މަޝްވަރާތަކަށް އިސްކަން ދެއްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން އެމެރިކާއާ އެކު ސީދާ މަޝްވަރާތައް ކުރުމަކީ "މާނައެއް ނެތް" ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާ އާއެކު އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ޓްރަމްޕް މިދިޔަ މަހު ގޮވާލެއްވި ނަމަވެސް ޑިޕްލޮމަސީ ފެއިލްވެއްޖެ ނަމަ އީރާނަށް ބޮން އަޅާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފަ އެވެ.

ބުރާސްފަތި ދުވަހު އެމެރިކާގެ ރައީސް ވަނީ އީރާނާ އެކު "ސީދާ މަޝްވަރާ" ކުރުމަށް އިސްކަން ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް އާދީއްތަ ދުވަހު އަރަގްޗީ ވިދާޅުވެފައިވަނީ އދގެ ޗާޓަރާއި ހިލާފަށް ބާރުގެ ބޭނުން ކުރާނެ ކަމުގެ އިންޒާރު އަބަދުވެސް ދެމުން ގެންދާ އަދި އެމެރިކާގެ އެކި އޮފިޝަލުން ދެކޮޅު ހިޔާލުފާޅުކުރާ އިރު ސީދާ މަޝްވަރާތަކަކީ މާނައެއް ނެތް މަޝްވަރާތަކެއް ކަމަށެވެ.

އަދި ޑިޕްލޮމަސީއަށް އަޒުމް ކަނޑައަޅައި ނުސީދާ މަޝްވަރާތަކުގެ މަގަށް މަސައްކަތް ކުރަން ތައްޔާރަށް ތިބި ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

އަރަގްޗީ ވިދާޅުވީ އީރާނުން ދެމިއޮންނާނީ ކުރިމަތިވެދާނެ ކޮންމެ ހާދިސާއަކަށް ނުވަތަ ދިމާވެދާނެ ހުރިހާ ހާދިސާއަކަށް ތައްޔާރަށް ކަމަށާއި ޑިޕްލޮމަސީ އާއި މަޝްވަރާތަކުގައި އީރާނުން ސީރިއަސްވާ ފަދައިން އެ ގައުމުގެ ގައުމީ މަސްލަހަތާއި އިސްތިގުލާލު ދިފާއު ކުރުމުގައި ވެސް އީރާނުން ވަރަށް ބޮޑަށް ނިންމައި ސީރިއަސްވާނެ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވީ އެމެރިކާއާއެކު "ހަމަހަމަ ކަމާއެކު" މަޝްވަރާކުރަން އެގައުމުން ތައްޔާރަށް އޮތް ކަމަށެވެ. އަދި މަޝްވަރާއަށް ގޮވާލުމުގައި ވޮޝިންޓަންގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފައްދަވަމުން އޭނާ ވިދާޅުވީ "މަޝްވަރާކުރަން ބޭނުންނަމަ އިންޒާރު ދިނުމުގެ ބޭނުމަކީ ކޮބައިތޯ؟" ކަމަށެވެ.

އެމެރިކާ އިސްވެ ހަރަކާތްތެރިވާ ހުޅަނގުގެ ގައުމުތަކުން ވަނީ އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދަން މަސައްކަތް ކުރާ ކަމަށް އެތައް ޒަމާނެއް ވަންދެން ތުހުމަތުކޮށްފަ އެވެ. އީރާނުން އެ ތުހުމަތު ދޮގުކޮށް، އެ ގައުމުގެ ނިއުކްލިއާ ހަރަކާތްތައް ހިންގަނީ ހަމައެކަނި މަދަނީ ބޭނުމަށް ކަމަށް އީރާނުން ދަނީ ބުނަމުންނެވެ.

ހޮނިހިރު ދުވަހު އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ވެރިޔާ ހުސައިން ސަލާމީ ވިދާޅުވީ އެ ގައުމު އޮތީ ހަނގުރާމައަށް ތައްޔާރަށް ކަމަށެވެ. ހަނގުރާމައާ މެދު އެއްވެސް ވަރަކަށް ކަންބޮޑުވެވަޑައެއް ނުގަންނަވާ ކަމަށާއި، ހަނގުރާމަ ފަށައިގަންނަ ބަޔަކަށް ނުވާނެ ކަމަށެވެ. އެހެން ނަމަވެސް ތިބީ ކޮންމެ ހަނގުރާމައަކަށް ވެސް ތައްޔާރަށް ކަމަށް އިރްނާގެ ނިއުސް އެޖެންސީން އޭނާ އާ ހަވާލާދީ ބުނެފައިވެ އެވެ.

އީރާނުން 2015 ވަނަ އަހަރު ވަނީ އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުން ކަމަށްވާ އެމެރިކާ، ފަރަންސޭސިވިލާތް، ޗައިނާ، ރަޝިއާ އަދި އިނގިރޭސިވިލާތުގެ އިތުރުން ޖަރުމަނުވިލާތާއެކު ނިއުކްލިއާ ހަރަކާތްތައް ރެގިއުލޭޓް ކުރުމަށް ތާރީޚީ އެއްބަސްވުމަކަށް އައިސްފަ އެވެ.

ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) ގެ ނަމުން ރަސްމީކޮށް މަޝްހޫރުވެފައިވާ 2015 ވަނަ އަހަރުގެ އެއްބަސްވުމުގެ ދަށުން އީރާނަށް ނިއުކްލިއާ ހަތިޔާރު ނުއުފެއްދޭނެ ކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަށް ހުރަސް އެޅުމުގެ ބަދަލުގައި ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ލިބުނެވެ.

ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި 2018 ވަނަ އަހަރު އެމެރިކާ އިން ވަނީ އެ އެއްބަސްވުމުން ވަކިވެ، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އިއާދަކޮށްފަ އެވެ.

އޭގެ އަހަރެއްހާ ދުވަސް ފަހުން އީރާނުން ވަނީ އެ އެއްބަސްވުމުގެ ދަށުން ވެފައިވާ ވައުދުތައް އަނބުރާ ގެންދަން ފަށައި ނިއުކްލިއާ ޕްރޮގްރާމް ހަލުވިކޮށްފަ އެވެ.

މިދިޔަ ހޯމަ ދުވަހު އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އަރިސް އެޑްވައިޒަރެއް ކަމަށްވާ އަލީ ލާރިޖާނީ ވަނީ އީރާނުން ނިއުކްލިއާ ހަތިޔާރު ބޭނުން ނުކުރާ އިރު، އެމެރިކާއިން އެގައުމާ ދެކޮޅަށް ހަމަލާއެއް ދީފި ނަމަ އެކަން ކުރުން ނޫން ގޮތެއް ނޯންނާނެ ކަމުގެ އިންޒާރު ދީފަ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމެރިކާއާއި އިނގިރޭސިންނަށް ބަރޯސާވެވޭކަށް ޔޫރަޕަކަށް ނެތް: މާކެލް

އެމެރިކާއާއި އިނގިރޭސިންނަށް ބަރޯސާވެވޭކަށް ޔޫރަޕަކަށް ނެތް: މާކެލް

29 މެއި 2017
މެންޗެސްޓަރ އެރީނާއަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި، ނަމަވެސް ހަމަލާ ދިނުމަށް ސީދާ އަމުރު ދިންކަން ޔަގީނެއް ނޫން

މެންޗެސްޓަރ އެރީނާއަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި، ނަމަވެސް ހަމަލާ ދިނުމަށް ސީދާ އަމުރު ދިންކަން ޔަގީނެއް ނޫން

23 މެއި 2017
މުއައްސަސާތަކަށް ސީދާ ހަމަލާތަކެއް އަމާޒުވެފައިވޭ: ކްލެޕަރ

މުއައްސަސާތަކަށް ސީދާ ހަމަލާތަކެއް އަމާޒުވެފައިވޭ: ކްލެޕަރ

15 މެއި 2017
މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި

މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި

24 އެޕްރީލު 2017
 ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ

ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ

28 މާރިޗު 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު