Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދައުލަތުގެ ބަޖެޓުން ކުރާ ހަރަދުތައް

މި އަހަރުގެ ބަޖެޓް 20 ބިލިއަނުން ޑެފިސިޓް ވެގެންދާނެ - ޔައުގޫބް

4 އެޕްރީލު 2025 | ހުކުރު 08:25

2025 ވަނަ އަހަރުގެ ބަޖެޓަކީ ދައުލަތަށް އެންމެ ބުރަ ބޮޑު ބަޖެޓް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 4 އެޕްރީލު 2025 | ހުކުރު 08:25
ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ

ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ

2025 ވަނަ އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓް 20 ބިލިއަން ރުފިޔާއިން ޑެފިސިޓް ވެގެންދާނެ ކަމަށް ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޔައުގޫބް ވިދާޅުވީ މި އަހަރު ނިމިގެންދާއިރު، މި އަހަރު ފާސްކުރި ބަޖެޓް، 20 ބިލިއަނުން ޑެފިސިޓްވެގެންދާނެ ކަމަށެވެ. ޔައުގޫބު ވިދާޅުވީ މިއީ ޑެފިސިޓް ވާން އެންމެ ކުޑަ މިންވަރު ކަމަށެވެ. އަދި މިހާރު ފެންނަނީ އެ މަގަށް އެކަން ދާތަން ކަމަށާއި، ސަބަބަކީ ރިކަރަންޓް ޚަރަދު އަތް ނުފޯރާ ހިސާބެއްގައި ހުރުން ކަމަށެވެ. ޔައުގޫބް ވިދާޅުވީ 2025 ވަނަ އަހަރުގެ ބަޖެޓަކީ ރާއްޖޭގެ މިހާ ހިސާބަށް އައިއިރު، ދައުލަތަށް އެންމެ ބުރަ ބޮޑު ބަޖެޓެއްވެގެންދާނެ ކަމަށެވެ.

Advertisement - newsAdvertisement

ޔައުގޫބް ވިދާޅުވީ މި ފާއިތުވި ހަފުތާތަކުގައި ފިނޭންސް މިނިސްޓްރީން އާންމުކުރި ރިޕޯޓުތަކަށް ބަލާއިރު ފެންނަނީ އާމްދަނީ އިތުރުވާތަން ކަމަށާއި، ކަންބޮޑުވާ ކަމަކީ، އާމްދަނީ އިތުރުވަނީ އާއްމު ރައްޔިތު މީހާ އަތުން ނަގާ ޓެކްސްއިން ކަމަށެވެ. ނަމަވެސް ތަރައްގީގެ އެއްވެސް މަސައްކަތެއް ކުރާތަން ނުފެންނަ ކަމަށެވެ.

މިސާލަކަށް، އިންކަމް ޓެކްސް ވިޔަސް، ކޯޕަރޭޓް އިންކަމް ޓެކްސް ވިޔަސް، ވިތްހޯލްޑިންގ ޓެކްސް ވިޔަސް ހަމަ އެއާއެއްކޮށް ޖީ.އެސް.ޓީ.އާއި، ޓީ.ޖީ.އެސް.ޓީ.އާއި، ގްރީން ޓެކްސްއާ، މިހެންގޮސްއަށް އެއަރޕޯޓް ޑިވެލޮޕްމަންޓް، މިހުރިހާ އެއްޗަކަށް ބަލާއިރު، ދިވެހިންގެ އަތުން، މައިގަނޑު ގޮތެއްގައި، ޓީ.ޖީ.އެސް .ޓީ. ނޫނީ މައިގަނޑު ގޮތެއްގައި މިހިރަ ހުރިހާ އެއްޗަކީ ސީދާ ދިވެހި ރައްޔިތު މީހާ އަތުން ޖީބުންދާ އެއްޗެއް. އެ ހުރިހާ ޓެކްސްއަށް ބޮޑުވެގެން، ހުރިހާ ޓެކްސްއަކުން ލިބިފައި މި އާމްދަނީ އިތުރުވަމުންދާ ތަން މި ފެންނަނީ، ހަފުތާއަކުން. އެކަމަކު ޚަރަދަށް ބަލާއިރަށް، ރާއްޖޭގެ ތަރައްޤީގެ އެއްވެސް ކަމެއް އޭގެން ކުރާ ތަނެއް ނުފެނޭ. ޕީ.އެސް.އައި.ޕީ މަހުން މަހަށް، ހަފުތާއެއް، ހަފުތާއަށް ދަށްވަމުންދާ ތަން މި ފެންނަނީ.
ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ

ޔައުގޫބު ވިދާޅުވީ ޕީ.އެސް.އައި.ޕީ އަށް ކުރަން އޮތް ޚަރަދު ސަރުކާރުން ކުރަނީ ސިޔާސީ މުވައްޒަފުންގެ މުސާރަ ދިނުމަށް ކަމަށެވެ. ރިޕޯޓްތަކަށް ބަލާއިރު ހަފްތާއިން ހަފްތާއަށް 10 ޕަސެންޓް، 15 ޕަސެންޓް އިތުރުވަމުންދާ ތަން ފެންނަނީ ސީދާ މުސާރަ ދިނުމަށް ކަމަށާއި، މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

ޔައުގޫބް ވިދާޅުވީ މުސާރަ ބޮޑުވާނަމަ އެކަމުން އެނގެނީ ކޮންމެ ހަފުތާއަކު، ކޮންމެ ދުވަހަކު ސިޔާސީ ގޮތުން މުވައްޒަފުން އިތުރުކުރަމުންދާ ތަން ކަމަށެވެ. އަދި ރައްޔިތުން ދައްކާ ޓެކްސް ފައިސާ ސީދާ ގޮތުގައި ދަނީ މި ސަރުކާރަށް ސަނާކިޔަން ނަގައި، ޢައްޔަންކުރާ ސިޔާސީ މުވައްޒަފުންގެ މުސާރައަށް ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

ޔައުގޫބް ވިދާޅުވީ ރައްޔިތުންގެ އަތުން ފައިސާ ޓެކްސްއެއްގެ ގޮތުގައި ވިޔަސް އަދި އެހެން ގޮތުގައި ވިޔަސް ނެގުމުގެ ބޭނުމަކަށް އޮންނާނީ، ޤައުމު ހަމައަކަން އަޅުވާ ޤައުމު ބިނާކުރުން ކަމަށެވެ. އަދި ރައްޔިތުންގެ ބޯހިޔާވަހިކަމާއި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރަން ޖެހޭ ކަމަށާއި، އެހެންނަމަވެސް، އޭގެ އެއްވެސް ކަމެއް ނުކޮށް ހުރިހާ ފައިސާއެއް ތަޅާ ބުރުވާލަނީ ސިޔާސީ މުވައްޒަފުންނަށް ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

އެމްއެންޔޫ އިން މި އަހަރުގެ މާދަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަވީރެއް ބާއްވަނީ

24 ފެބުރުއަރީ 2017
އެމްއެންޔޫ އިން މި އަހަރުގެ މާދަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަވީރެއް ބާއްވަނީ
20 ފެބުރުއަރީ 2017

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި
19 ފެބުރުއަރީ 2017

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް