Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިއްހީ ޚިދުމަތް ފުޅާކުރުން

އައިޖީއެމްއެޗްއަށް 75 އެނދުގެ އިތުރު ކުރުމުގެ މަޝްރޫއު ނިންމައި، އަންނަ މަހު ޚިދުމަތް ދޭން ފަށަނީ

2 އެޕްރީލު 2025 | ބުދަ 10:29

ސަރުކާރުގެ މަރުކަޒުތަކުގެ ޚިދުމަތްތައް ފުޅާ ކުރުމަށް އިސްކަންދެން

އަމްނާ އިމާދު
އަމްނާ އިމާދު | 2 އެޕްރީލު 2025 | ބުދަ 10:29
އައިޖީއެމްއެޗް

އައިޖީއެމްއެޗް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް)ގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯދުމުގެ ގޮތުން ކުރިއަށް ގެންދިޔަ 75 އެނދުގެ މަޝްރޫއު ނިންމައި، އަންނަ މަހު ޚިދުމަތް ދޭން ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ކުރިއަށް ގެންދިޔަ ''ރައްޔިތުންނާއެކު ރައީސުލްޖުމްހޫރިއްޔާ ޕޮޑްކާސްޓް'' ގައި ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުގެ މަރުކަޒުތަކުގެ ޚިދުމަތްތައް ފުޅާ ކުރުމަށް އިސްކަންދޭ ކަމަށާއި، ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައެއްހާ މީހުން ދިރިއުޅެމުންދަނީ މާލެ ސަރަހައްދުގައި ކަމަށްވާއިރު، މާލެ ސަރަހައްދަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ. އެއީ ވަކި ރަށެއް ތަފާތު ކުރުން ނޫން ކަމަށާއި، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ސިއްހީ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކާއި ހަސްފަތާލުތައް ގާއިމު ކުރެވި، ތަރައްގީ ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement - newsAdvertisement

އައިޖީއެމްއެޗަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އައިޖީއެމްއެޗަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯދުމުގެ ގޮތުން 75 އެނދުގެ މަޝްރޫއެއް ނިންމަވައި، މެއި މަހު ޚިދުމަތް ދޭން ފެށޭނެ ކަމަށެވެ. އަދި މި މަޝްރޫއުގައި ޖެނެރަލް ވޯޑުގެ ގޮތުގައި އިތުރު ކުރެވޭ 44 އެނދާއި، ހައި ޑިޕެންޑަންސީ ޔުނިޓް (އެޗް.ޑީ.ޔޫ) އެނދުގެ ގޮތުގައި އިތުރު ކުރެވޭ 15 އެނދާއި، 14 ޕްރައިވެޓް ޔުނިޓް ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އޭރުން ވަރަށް ބޮޑުތަނުން ޖާގަ ބޮޑުވެގެން އެބަދޭ. އެތަން ހުޅުވިގެންދިޔާމަ މިހާރު އައިޖީއެމްއެޗަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ވަރަށް ބޮޑުތަނުން ހައްލު ވެގެން އެބަދޭ. އެ ޕްރޮޖެކްޓް އަޅުގަނޑުގެ ރިޔާސީ ބަޔާނުގައި ވެސް ދެންނެވިން. އެތަން ހުޅުވިގެންދާނެ ވާހަކަ. މެއި މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އެތަން ހުޅުވޭނެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ޓާޝަރީ ފެންވަރުގެ ޚޮސްޕިޓަލްތަކާ ގުޅޭގޮތުން ރައީސް މުއިއްޒު ވިދާޅުވީ ހުޅުމާލޭ ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތައް ތަރައްގީ ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، ޗައިނާއިން ފޯރުކޮށްދޭ ހިލޭ އެހީގެ ތެރެއިން، ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން، ރައީސް މުއިއްޒު ވިދާޅުވީ މާލެ ސަރަހައްދުގައި ވަކިވަކި ކަންކަމަށް ޚާއްސަ ހަސްފަތާލުތައް ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ކެންސަރ ހޮސްޕިޓަލުގެ މަސައްކަތާއި، ތެލަސީމިއާއަށް ޚާއްސަކޮށްގެން ހުޅުމާލޭގައި ތަރައްގީ ކުރާ ހަސްފަތާލާއި، އަންހެނުންނާއި ކުޑަކުދިންނަށް ޚާއްސަ ހަސްފަތާލެއްގެ މަސައްކަތްތައް މި ދައުރުގެ ތެރޭގައި ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުންދަނީ ވަށައިޖެހޭ ސިއްހީ ޚިދުމަތުގެ ސިޔާސަތެއް ކަމަށެވެ.

ނަމަވެސް، އަދުގެ ހާލަތު އޮތް ގޮތުން ރާއްޖެއިން ބޭރަށް ގޮސް ސިއްހީ ޚިދުމަތް ހޯދަންޖެހޭ ހަލަތްތައް މެދުވެރިވާ ކަމަށާއި، ބަލިޖެހޭ ހިސާބުން ރާއްޖޭގައި ތިބެގެން ފަރުވާ ކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައި އޮންނަންޖެހޭ ކަމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް

22 ޖެނުއަރީ 2017
މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް