Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކުރަން ގޮވާލުން

މެންބަރުންގެ މުސާރަ ކުޑަކޮށް އިނާޔަތްތައް ކުޑަކުރަން ގޮވާލާ ޕެޓިޝަނެއް

1 އެޕްރީލު 2025 | އަންގާރަ 08:42

މުސާރަ ކުޑަކުރުމުގެ އިތުރުން ވެސް ބައެއް ކަންކަމަށް އެ ޕެޓިޝަންގައި ވަނީ ޑިމާންކޮށްފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 1 އެޕްރީލު 2025 | އަންގާރަ 08:42
ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރު ދައުރުން ބޭރުން ބޭއްވި ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރު ދައުރުން ބޭރުން ބޭއްވި ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަކޮށް އިނާޔަތްތައް ކުޑަކުރަން ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އާންމު ބައެއްގެ އިސްނެގުމާއި އެކު އެކުލަވާލާފައިވާ މި ޕެޓިޝަނާއި އެކު މީސްމީޑިއާގައި އާއްމުން ދަނީ އެ ޕެޓިޝަން އަށް ތާއީދުކޮށް ވާހަކަދައްކަމުންނެވެ.

Advertisement - newsAdvertisement

އެ ޕެޓިޝަންގައި ބުނެފައި ވަނީ ރާއްޖޭގެ އިޤްތިޞާދަށް މާލީ ބުރަ ބޮޑު ވެފައި ވާއިރު، ރާއްޖޭގެ ކަންކަމާއި މެދު ކަންބޮޑުވާ ރައްޔިތުންގެ ހައިސިއްޔަތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ ބޮޑު މުސާރަ އާއި، ކޮމިޓީ އެލަވަންސް އާއި، ޕްރީމިއަމް ހެލްތު އިންޝުއަރެންސްގެ އިނާޔަތްތަކާއި މެދު ކަންބޮޑުވާ ކަމަށެވެ.

ދިވެހިންގެ ޤައުމީ ދަރަނި ބޮޑުވުމާއި، ބަޖެޓް ޑެފިސިޓް ބޮޑުވުން ހިމެނޭ ގޮތަށް، ބޮޑެތި އިޤްތިޞާދީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ މި ފަދަ ދަނޑިވަޅެއްގައި، ސަރުކާރުން ކޮންމެހެން ކުރަން ނުޖެހޭ ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުން ކޮންމެހެން ބޭނުންތެރި ކަމަށް ޤަބޫލުކުރާ ކަމަށް އެ ޕެޓިޝަންގައި ވަނީ ބުނެފައެވެ.

މިވަގުތު މަޖިލިސް މެމްބަރުންނަށް މުސާރައިގެ އިތުރުން ބޮޑެތި ކޮމިޓީ އެލަވަންސްތައް ލިބެމުންދާ އިރު އެކަމުގެ ސަބަބުން މެމްބަރުންގެ ޖުމްލަ އާމްދަނީ ވަރަށް ބޮޑަށް އިތުރުވެގެންދާ ކަމަށް އެ ޕެޓިޝަންގައި ވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުން އާންމު ރައްޔިތުންނަށް ލިބޭ އާސަންދަ ސްކީމަށް ވުރެ ރަނގަޅު މޮޅު ޕްރީމިއަމް ހެލްތު އިންޝުއަރެންސް ޕެކޭޖެއް ވެސް އެމީހުންނަށް ލިބޭނެކަން އެ ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމަށް ވާއިރު މި ތަފާތަކީ އިންސާފުވެރި ނޫން އަދި ހަމަޖެހޭ ކަމެއް ނޫން ކަމަށާއި ހާއްސަކޮށް އާދައިގެ ދިވެހިންގެ ދިރިއުޅުމުގެ ހަރަދު ބޮޑުވުމާއި މާލީ ނުތަނަވަސްކަމާ ކުރިމަތިލާން ޖެހިފައިވާ ވަގުތުތަކުގައި އެއީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް އެ ޕެޓިޝަންގައި ވަނީ ބުނެފައެވެ.

މުސާރަ ކުޑަކުރުމުގެ އިތުރުން ވެސް ބައެއް ކަންކަމަށް އެ ޕެޓިޝަންގައި ވަނީ ޑިމާންކޮށްފައެވެ.

އޭގެ ތެރެއިން ފުރަތަމަ ކަމަކީ މެމްބަރުންނަށް މިހާރު ކޮމިޓީ އެލަވަންސް އުވާލުމެވެ. އެ ޕެޓިޝަންގައި ބުނެފައި ވަނީ މަޖިލިސް މެންބަރުންގެ މަސައްކަތަށް މިހާރުވެސް ރަނގަޅު މުސާރަ އެއް ލިބޭ ކަމަށެވެ. އަދި ކޮމިޓީގައި ބައިވެރިވުމަށް ދޭ އިތުރު އެލަވަންސަކީ ކޮންމެހެން ކުރަން ނުޖެހޭ ހަރަދެއް ކަމަށާއި އެކަން ނައްތާލަން ޖެހޭ ކަމަށް އެ ޕެޓިޝަންގައި ބުނެފައިވެއެވެ.

ދެވަނަ ކަމަކީ ހެލްތު އިންޝުއަރެންސްގެ އިނާޔަތްތައް ހަމަހަމަކުރުމެވެ. އެ ޕެޓިޝަންގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވެސް އާންމު ރައްޔިތުންނަށް ލިބޭ އާސަންދަ ހެލްތު އިންޝުއަރެންސް ސްކީމް އެއް ހައްގުވާ ކަމަށެވެ. އަދި އިންތިޚާބުވެފައިވާ މަންދޫބުންނަށް އެމީހުން ހިދުމަތްދޭ ރައްޔިތުންނަށް ނުލިބޭ ޕްރީމިއަމް ހެލްތްކެއާ ކަވަރޭޖް ލިބުމުގެ އެއްވެސް ހަމަޖެހޭ އުސޫލެއް ނެތް ކަމަށް އެ ޕެޓިޝަންގައި ބަޔާންކޮށްފައިވެއެވެ.

އެ ޕެޓިޝަންގައި ވަނީ ކުރީގެ މަޖިލިސް މެންބަރުންގެ އިނާޔަތްތައް ހުއްޓުވަން ވެސް ގޮވާލާފައެވެ.

މީގެ އިތުރުން މި ސިޔާސަތުތައް އިސްލާހުކޮށް، އާންމު ފައިސާ އިތުރަށް ޒިންމާދާރުކަމާ އެކު ދޫކުރެވޭތޯ ބެލުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ގޮވާލާފައެވެ. ހުރިހާ ދިވެހިންނަށް މިއަށްވުރެ ހަމަހަމަ އަދި ދެމެހެއްޓެނިވި މުސްތަޤްބަލެއް ބިނާކުރުމަށް އެކުގައި މަސައްކަތް ކުރުމަށް ވެސް އެ ޕެޓިޝަންގައި ވަނީ ގޮވާލާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

09 މާރިޗު 2017

މެންބަރުންގެ އެއްވެސް ބާރެއް މިހާރު ނެތް: ފާރިސް

09 މާރިޗު 2017
މެންބަރުންގެ އެއްވެސް ބާރެއް މިހާރު ނެތް: ފާރިސް
14 ފެބުރުއަރީ 2017

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

14 ފެބުރުއަރީ 2017
ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި
02 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް