Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެ ޗައިނާ ގުޅުން

ރާއްޖެ އާއި ޗައިނާ އާއި އޮންނަ ގުޅުމާ މެދު އަލުން ވިސްނަން ޖެހޭ - ނަޝީދު

އިންޑިއާ އާއިއެކު އެފްޓީއޭއެއް ގާއިމްކުރުމުގެ ކުރިން ޗައިނާގެ އެފްޓީއޭ އާއިމެދު ގޮތެއް ނިންމަންޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 27 މާރިޗު 2025 | ބުރާސްފަތި 09:04
ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަދި ކުރީގެ ރައީސް ޞާލިހާ އެކު، ނަޝީދު ވަނީ ރާއްޖެއިން ޗައިނާއެކު ބާއްވާ ގުޅުމާއި ގުޅޭގޮތުން ވިސްނުމަށް އެދިވަޑައިގެންފައި - ފައިލް

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަދި ކުރީގެ ރައީސް ޞާލިހާ އެކު، ނަޝީދު ވަނީ ރާއްޖެއިން ޗައިނާއެކު ބާއްވާ ގުޅުމާއި ގުޅޭގޮތުން ވިސްނުމަށް އެދިވަޑައިގެންފައި - ފައިލް

ރާއްޖެ އާއި ޗައިނާ އާއި އޮންނަ ގުޅުމާ މެދު އަލުން ވިސްނަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވި އިންޑިއާގެ އޭބީޕީ ލައިވްއަށް ދެއްވި ބަސްދީގަތުމެއް ގައެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒުގެ ސަރުކާރަށް މިވީ ދުވަސްތަކުގައި ވަނީ ޗައިނާ އާއި ދިމާލަށް ވަރަށް ބޮޑަށް މިސްރާބު ޖަހާފަ އެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ޗައިނާ އަށް ވަޑައިގެންނެވިއިރު، ޗައިނާ މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕް (2024-2028) އުފައްދަން ދެ ގައުމުން ވެސް ވަނީ އިއުލާނުކޮށްފަ އެވެ.

މުއިއްޒުގެ ސަރުކާރުން ވަނީ 2017 ވަނަ އަހަރު ރާއްޖެ އާއި ޗައިނާ އާއި ދެމެދު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށާނެ ކަމުގެ ޔަގީންކަން ވެސް ދީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އަމަލުކުރަން ފަށާފައެވެ. އަދި މިކަމުގެ ސަބަބުން ރާއްޖެއަށް މާލީ ގޮތުން އިތުރު ބުރައެއް ކުރިމަތިވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާުވީ އެފްޓީއޭގެ ސަބަބުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބޭ ޓެރިފް އާމްދަނީ ރާއްޖެއަށް ގެއްލެން ފަށާފައިވާއިރު، ޗައިނާގެ ގިނަ އަދަދެއްގެ މުދާ ވެސް ރާއްޖެ ގެންނަމުންދާ ކަމަށެވެ. އަދި ޗައިނާއަށް މާ ގިނައިން އެކްސްޕޯޓްކޮށް އިތުރަށް އިމްޕޯޓު ނުކުރާ ކަމަށެވެ.

އަޅުގަނޑުމެން އެކްސްޕޯޓްކުރާ މަހުގެ ބާވަތްތައް ވެސް މައިގަނޑު ގޮތެއްގައި ސްރީލަންކާ، އިންޑިޔާ އަދި ޔޫރަޕަށް މިއަންނަނީ، އަޅުގަނޑުމެންނަށް ރާއްޖެއަށް ލިބޭ މަހުގެ ބާވަތުގެ ސަބަބުން. އެހެންވީމާ، ޗައިނާއަށް މަސް އެކްސްޕޯޓެއް ވެސް ނުކުރޭ. އެހެންވީމާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ އެއްވެސް ފައިދާއެއް އަޅުގަނޑުމެން ނަކަށް ނުލިބޭ
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ދިވެހި ސަރުކާރުން މިހާރު އިންޑިއާ އާއި ވާހަކަ ދައްކަނީ އެފްޓީއޭއެއް އޮތުމާ ގުޅޭ ގޮތުން ކަމަށެވެ. އެކަމަކު ރާއްޖޭގެ ހާލަތު މިފެންނަނީ ކިހިނެއްތޯ ބަލާއިރު، ޗައިނާގެ މުދާ ރާއްޖެއަށް ޖެއްސުމަށްފަހު އޭގެ ފަހުން އިންޑިއާ އަށް ގެންދާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ މިއީ ޙަޤީޤަތުގައި ރާއްޖެއިން އިންޑިއާ އަށް ދާ ވިޔަފާރިއެއް ނޫން ކަމަށާއި، ޓްރާންސިޓް ބަނދަރެއްގެ ގޮތުގައި ރާއްޖެ ބޭނުން ކުރަމުން އަންނަ ކަމަށެވެ. އަދި މި ޓްރާންސިޓް ޕޯޓް ގެ ވިޔަފާރި އިތުރުކޮށްފިނަމަ، ރާއްޖެއަށް ފައިދާއެއް ވެދާނެ، އެހެންނަމަވެސް އޭގެ ސަބަބުން ޤައުމަށް މާބޮޑު ފައިދާއެއް ކުރާނެ ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އިންޑިއާއާ އެކު އެފްޓީއޭ އެއް ބޭއްވުމުގެ ކުރިން ޗައިނާ އެފްޓީއޭ އާއި މެދު ގޮތެއް ނިންމަންޖެހޭ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، މި ސަރުކާރުން އިންޑިއާ އާއި ދެކޮޅު ވިސްނުމެއް ގެންގުޅުއްވި ނަމަވެސް، އިންޑިއާއިން ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. ޓްރެޜަރީ ބޮންޑުގެ ޒަރިއްޔާއިން އިންޑިއާއިން މާލީ އެހީތެރިކަން ލިބެމުން އަންނައިރު، 500 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ދީފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ސަރުކާރުގެ ފިސްކަލް ސްޕޭސް ލިބި، ލޯނުތައް ޑިފޯލްޓްވުން ހުއްޓިފައިވާ ކަމަށާއި، މިއީ ބޮޑު ލުޔެއް ކަމަށް ރައީސް ނަޝީދު ސިފަކުރެއްވިއެވެ.

މުއިއްޒުގެ ވެރިކަމުގައި 2024 ވަނަ އަހަރު ބޮޑު ޑިޕްލޮމެޓިކް ކޯޅުމެއް އުފެދުނު ނަމަވެސް އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެގެން ދިޔަ ކަން ހާމަކުރައްވަމުން ނަޝީދު ވިދާޅުވީ، ކޮންމެ އިންތިހާބަކާއެކު ވެސް ރާއްޖޭގެ ހާރިޖީ ސިޔާސަތު އިންޑިޔާ ފަސްޓް އިން ޗައިނާ އާއި ދިމާލަށް އެނބުރެމުންދާ ހާލަތެއް ދިމާވާ ކަމަށެވެ. ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބަދަލުވުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށާއި، އެކަމަކު ނަސީބަކުން މިފަހަރު އިންޑިއާއަށް ސަރުކާރާ އެކު މި މަޝްވަރާ ކުރެވުނީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާއި ތަނަވަސްކަން މާ ބޮޑަށް ބަރޯސާވަނީ އިންޑިއާ އާއި އެކު ރަނގަޅު ގުޅުމެއް ބާއްވަން ކަން ރާއްޖެއަށް ވިސްނިގެން ކަމަށް ނަޝީދު ވިދާޅުވިއެވެ.

އަދި ރައީސް މުއިއްޒުގެ ސަރުކާރުން އެންމެ ފަހުން ޔޫޓާން ނަގައި އިންޑިއާ އާއި އެކު މަސައްކަތް ކުރަން ފެށުމުން އޭގެ ފައިދާ ދިވެހި ރައްޔިތުންނަށާއި ސަރުކާރަށް ވެސް ލިބުނު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން ޗައިނާގެ ދަރަނި ދެއްކުމުގައި ރާއްޖެއަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި އެއީ ދެ ބިލިއަން ޑޮލަރުގެ ބޮޑު ދަރަންޏެއް ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް ވިސްނައިދޭން ޖެހޭ ކަމަކީ ހަގީގަތުގައި ޗައިނާ އާއި ގުޅުން ބާއްވައިގެން ލިބުނު އެއްޗެއް. މުޅިން ވެސް އިންފްރާސްޓްރަކްޗަރ އެބަހުރި، އެ އިންފްރާސްޓްރަކްޗަރ ގެ ސަބަބުން ވަރަށް ބޮޑު ދަރަނީގެ ބުރައެއް އެބައޮތް. އަޅުގަނޑުމެން އަދިވެސް ދަރަނި ދައްކަމުން މިގެންދަނީ، އަދިވެސް ދެ ބިލިއަން ޑޮލަރަށްވުރެ މައްޗަށް ގޮސް، އަޅުގަނޑުމެން މި ދައްކަނީ ނިމުމެއް ނެތް ގޮތުގައި،
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ޗައިނާގެ ދަރަންޏާ އަޅާ ބަލާއިރު، އިންޑިއާ އާއި އެކު ރާއްޖެއަށް އޮތް ދަރަންޏާ އަޅާބަލާއިރު، އޭގެ ތެރެއިން ބޮޑު ދަރަންޏަކީ ލައިން އޮފް ކްރެޑިޓް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން އެއީ އެއް މާނައެއްގައި ޕްރައިވެޓް ސެކްޓަރ ކަމަށާއި، ސަރުކާރުން ޖެހޭނީ އަންޑަރައިޓް ކޮށް، އަނބުރާ ވެސް ފައިސާ ދައްކަން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް ޗައިނާއިން ރާއްޖެއަށް ލިބުނު އަގަށް ވުރެ އިންޑިއާ އާއި އެކު ހިންގާ ޕްރޮޖެކްޓްތަކުގެ އަގު މާ އެކަށީގެންވާ ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި އިންޑިއާގެ ދަރަނީގެ ބޮޑު ބައެއް އޮތީ ބަޖެޓް ސަޕޯޓަށް ކަމަށާއި މަޝްރޫއުތަކަށް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމުގެ ސަބަބުން ސަރުކާރުގެ ބަޖެޓުގައި ޑެފިސިޓެއް ހިންގުމުގެ ފުރުސަތު އެބައޮތް ކަމަށާއި، އެހެންކަމުން އެކަމުގެ ސަބަބުން ސަރުކާރަށް ޚަރަދުކުރަންޖެހޭ ކަމަށް އެބޭފުޅުން ދެކެވަޑައިގަންނަވާ ދާއިރާތަކުގައި ލެޓިޓިއުޑް ލިބިވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އިންޑިއާ ގެ ކްރެޑިޓް މާ ހިތްގައިމު ކަމަށާއި، ޗައިނާއިން ބަޖެޓް ސަޕޯޓްގެ ގޮތުގައި ނުވަތަ ޓްރެޝަރީ ބޮންޑް ނުގަންނަ ކަމަށާއި، މިހާތަނަށް އެއްޗެއް ދީފައިވަނީ ޕްރޮޖެކްޓްތަކަށް އެކަނި ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ޔަގީނުން ވެސް މި ދަރަނިތަކަކީ ބޮންޑުގައި އޮންނާނެ އެއްޗެއް ކަމަށާއި، ބޮންޑުގެ އިންޓަރެސްޓް ދައްކަން ޖެހޭނެ ކަމަށެވެ. ނަމަވެސް ގިނަ ފަހަރަށް އިންޑިއާ އިން ލުއިތައްދިނުމުގެ ސަބަބުން އެކަމުގެ ފައިދާ ކުރާ ކަމަށާއި، ވަކިން ޚާއްސަކޮށް ބަޖެޓް ސަޕޯޓްގެ ގޮތުގައި ފައިސާ ލިބޭތީ، ސަރުކާރަށް އެކަމުގެ ފައިދާ ބޮޑުވާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު