Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގޮށްމުށުގެ ބާރުން ވެރިކަން ކުރުން

ސަރުކާރު ފާލުން ނެއްޓި ގާނޫނުއަސާސީ ބަދަލުކޮށް ވެރިކަން ކުރަނީ ގޮށްމުށުގެ ބާރުން - މާޒް

27 މާރިޗު 2025 | ބުރާސްފަތި 11:55

މުޢިއްޒުގެ ވިސްނުންފުޅަކަށްވީ ވެރިކަން ލިބި، ހުރިހާ ބާރުތަކެއް ޖަމާކޮށްފައި ގޮށްމުށުގެ ބާރުން ވެރިކަންކުރެއްވުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 މާރިޗު 2025 | ބުރާސްފަތި 11:55
މާޒް ސަލީމް ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ 26 މާޗް 2025

މާޒް ސަލީމް ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ 26 މާޗް 2025

ސަރުކާރު ފާލުން ނެއްޓި ގާނޫނުއަސާސީ ބަދަލުކޮށް ވެރިކަން ކުރަނީ ގޮށްމުށުގެ ބާރުން ކަމަށް މާޒް ސަލީމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ މާޒް ސަލީމް، ރާއްޖެ ޓީވީގެ ފަލަސުުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވވިދާޅުވީ ސަރުކާރު އޮތީ ފާލުން ނެއްޓި ޤާނޫނުއަސާސީ ލައްޕާފައި ބޭނުންގޮތަކަށް މަސައްކަތްކުރާ ގޮތަށް ކަމަށެވެ. އަދި ރައީސް މުޢިއްޒުގެ ވިސްނުންފުޅަކަށްވީ ވެރިކަން ލިބި، ހަމައެއާއެކީގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބި ވަޑައިގަތުމުން ހުރިހާ ބާރުތަކެއް ޖަމާކޮށްފައި، ޤާނޫނުއަސާސީއާ ޚިލާފަށް ގާނޫނުތައް ބަދަލުކޮށްގެން ގޮށްމުށުގެ ބާރުން ވެރިކަންކުރައްވަން ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް ރައްޔިތުންގެ ތެރޭގައި ގާނޫނުތައް ދަންނަ މީހުން ތިބޭނެ ކަމަށާއި، އެކަންކަން ދިރާސާކުރާ މީހުން ކަންކަ ބެލުމަށްފަހު ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަން ނުކުމެފައިވާ ކަމަށެވެ. މި ސަރުކާރުގެ އަނިޔާވެރިކަން ހުރި މިންވަރަކީ ރާއްޖެޓީވީ ކައިރީގައި ވެސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ބޭފުޅުން ދަންފަޅި ބަހައިގެން ތިބެނީ ޓީވީގައި ކިޔަނީ ކީކޭތޯ ބައްލަވަން ކަމަށެވެ. އަދި އެއީ މި ސަރުކާރުގެ އަނިޔާވެރިކަން ހުރި މިންވަރު ކަމަށާއި، މިއީ ދުވަހަކުވެސް ދިވެހިރާއްޖޭގައި މި ފަހުގެ ތާރީހުގައި ވެރިކަން ކުރިއިރު ފެނިވަޑައިގެންނެވި މަންޒަރެއް ނޫން ކަމަށް މާޒް ވިދާޅުވި އެވެ.

މިއާއެކު އެއްޗެއް ބުނެފައި އިނިއްޔާ ހުރިހާ ގާނޫނުތައް ބޯމައްޗަށް ލައިގެން މި ދުވަނީ އަޅުގަނޑުމެން ކުޑައިރުގައި އަޅުގަނޑުމެންނަށް އަޑުއިވޭ، އަޅުގަނޑުމެންނަށް ފެނޭ މަގުމަތީގައި އުޅޭނެ ކޭންސިންގ ކިޔާ މީހެއް. އޭނާ ދިމާލަށް ކޭންސިންގ ހަމަ ގޮވާލީ، ހަމަ ފަހަތުން އޭނަ އަންނާނެ. ހަމަ އެ ބީދައިން އިނގޭތޯ. މި ޤައުމުގެ ވެރިޔަކަށް ހުރި މީހާ އަޅުގަނޑުމެންނަށް މި ފެންނަނީ އެ ބީދައިން މަސައްކަތްކުރަމުންދާ ތަން. ބަޔަކު ޓީވީއެއް އަރައި ވާހަކައެއް ދައްކައިފި ނޫނީ ތަނެއްގައި ވާހަކަދައްކައިފި، ސަރުކާރު މި ވަނީ އެ ގޮތަށް.
މާޒް ސަލީމް

މާޒް ވިދާޅުވީ މި ސަރުކާރުގެ ކޮރަޕްޝަން ވެސް އޮތީ ހައްދުފަހަނައަޅާފައި ކަމަށާއި، ހުރިހާ ދިމާލަކުން އެންމެން އަންބާކިޔާ ވައްކަން ކުރަމުންދާ ކަމަށެވެ. ޤައުމުގެ ތިޖޫރީއަށް ނުބަލާ ކަމަށާއި، އެހެން ކަމަކަށް ނުބަލާ ކަމަށެވެ. އަދި ޖެހުނު ތާކުން، ޖެހުނު މީހަކު ވައްކަންކުރަމުން ދާ އިރު، ވައްކަންކުރާ މީހުންނަށް ހާސް ލައިސަންސެއް މި ސަރުކާރުން ދީފައި އޮންނަ ކަމަށެވެ.

ރައްޔިތަކަށް އެނގިއްޖިއްޔާމު، އެތަނަކުން ވަކިކޮށްފައި އަނެއްކާވެސް ކޮންމެވެސް އެހެން ތަނަކަށް ލަނީ އެތަނުގައި އެ އަޑު ކެނޑޭ ހިސާބަށް. އެއީ ކުރަމުންދާ ކަމަކީ. އެހެންވީމާ، މި ވާ ގޮތަކީ އަސްލުގެ ރައްޔިތުން ނުކުމެ މި އަޑު އުފުލާ ފަދައިން، ހުރިހާ މީހުން ނުކުމެ އަޑެއް ނުއުފުލާނެ. މީގެތެރޭގައި އެ އަޑު އުފުލަން ބަޔަކު ތިބޭނެ. އެކަމަކު ދެކޮޅަށް ވަކާލާތުކުރާ މީހުން ތިބޭނެ. އެ ތިބެނީ އަސްލުގެ ރައްޔިތުން ޙައްޤުގައި އެކަން ކުރަން ފެށިގެން ވާ ގޮތަކީ، މީނައަށް [ރައީސް މުއިއްޒު] ކަމުނުގޮސްގެން އަނިޔާދެނީ. ދެން ތި ވިދާޅުވާހެން އަޅުގަނޑު ވެސް ފުލުސް އޮފީހަށް ގެންދިޔައީ. ފުލުސް އޮފީހަށް ގެންގޮސް ނުވަތަ ދަޢުވާއަށް ކުރަން ފޮނުވައި ނުވަތަ ޖަލަށް ލާބަޔަކު ހެދިކަމުގައި ވީނަމަވެސް، އަސްލުގައި އެއަޑެއް ނުކެނޑޭނެ.
މާޒް ސަލީމް

މާޒް ވިދާޅުވީ ޤާނޫނުއަސާސީއާ ޚިލާފަށް ވެރިޔަކު ކަންކަން ކުރަމުން އަންނަ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ކަންކަން ކުރައްވަން ޖެހޭނީ ޤާނޫނުއަސާސީއާ އެއްގޮތަށް ކަމަށެވެ. ހުރިހާ ރައްޔިތުން ތިބެނީ ގާނޫނެއް ހަދައިގެން އެއަށް ތަބާވެގެން ކަމަށާއި، އެ ޤާނޫނުއަސާސީ ރައްޔިތުން ދެނީ ވެރިކަމަށް އަންނަ މީހާ އަށް ކަމަށެވެ.

ނަމަވެސް ގާނޫނުތައް ބައިޕާސްކޮށްފައި، ގާނޫނުތައް ބޭނުންގޮތަކަށް ބަދަލުކޮށް، ހަދަމުންދާއިރު، ބަދަލުކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން އަދި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަންޖެހޭ ކަންކަން ވެސް ހުންނާނެކަމަށް މާޒް ވިދާޅުވި އެވެ. ނަމަވެސް މިއިން އެއްވެސް ކަމަކަށް ބައްލަވާ ނުލައްވާ ރައީސް މުއިއްޒު ގެންދަވަނީ ހިތުހުރި ގޮތަކަށް އަމަލުކުރައްވަމުން ކަމަށް މާޒް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް