Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ސިޓީ ކަރަންޓުގެ މައްސަލަ

އައްޑޫ ރައްޔިތުން އަނދިރީގައި ތިއްބާ ބޮޑު ހަރަދުކޮށްގެން މާލެ ދިއްލުމާ އަޅުގަނޑު ދެކޮޅު: މުހައްމަދު އިބްރާހިމް

25 މާރިޗު 2025 | އަންގާރަ 19:58

ރޯދަ މަހަށް އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކޮށްދޭނެ ކަމަށް ފެނަކައިން ބުނި ނަމަވެސް ރޯދަ މަސް ނިމެންދާއިރު ވެސް ކަރަންޓުގެ މައްސަލަ އަށް ހައްލެއް ލިބިފައެއް ނުވޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 25 މާރިޗު 2025 | އަންގާރަ 19:58
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް: ވިދާޅުވީ އައްޑޫ ރައްޔިތުން ކަނު އަނދިރީގައި ތިއްބާ އީދަށް މާލެ ދިއްލާ ޒިނަތްތެރި ކުރުމާއި ދެކޮޅު ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް: ވިދާޅުވީ އައްޑޫ ރައްޔިތުން ކަނު އަނދިރީގައި ތިއްބާ އީދަށް މާލެ ދިއްލާ ޒިނަތްތެރި ކުރުމާއި ދެކޮޅު ކަމަށް

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ރައްޔިތުން ކަނު އަނދިރީގައި ތިއްބާ ކުރިއަށް އޮތް ފިތުރު އީދަށް މާލެ ސިޓީ ދިއްލުމާ މުޅިން ދެކޮޅު ކަމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ޕަވަރ ސްޓޭޝަނުގައި ބޭނުންކުރަމުންދާ ޖަނަރޭޓަރު ސެޓްތަކުގެ ތެރެއިން ތިން ޖެނެރޭޓަރު ސެޓަށް މައްސަލަތައް ދިމާވެ އިތުރު އެއް ޖެނެރޭޓަރު ސެޓް ވަނީ މަރާމާތު ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް ފެނަކައިން މިދިޔަ މަހު ވަނީ ބުނެފަ އެވެ. އަދި އެ މައްސަލަ ހައްލުކުރަން މި މަހުގެ 12 ދުވަހު އެއް މެގަވޯޓުގެ ޖެނެރޭޓަރެއް ގެންގޮސް އިންސްޓޯލްވެސް ކުރި އެވެ.

Advertisement - newsAdvertisement

އެހެން ނަމަވެސް ފެނަކައިން ހޯމަ ދުވަހު ބުނީ ކަރަންޓުގެ މައްސަލަަ ހައްލުކުރަން ތާވަލު ކުރެވުނު ގޮތަށް މަސައްކަތް ކުރަމުން ދަނިކޮށް 1،000ކ.ވ ގެ އިތުރު އިންޖީނަކަށް މައްސަލަ ދިމާވެ ހުއްޓިފައިވާ ކަމަށެވެ. އެހެންވެ ކަރަންޓު ކަނޑަން ޖެހޭ ވަގުތު އިތުރު ކުރަން ޖެހިފައިވާ ކަމަށް ފެނަކައިން ބުންޏެވެ.

ރޯދަ މަހަށް އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކޮށްދޭނެ ކަމަށް ފެނަކައިން ބުނި ނަމަވެސް ރޯދަ މަސް ނިމެންދާއިރު ވެސް ކަރަންޓުގެ މައްސަލަ އަށް ހައްލެއް ލިބިފައެއް ނުވެ އެވެ. އެގޮތުން އިއްޔެ އާއި މިއަދު ވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކުން އެކި ވަގުތުތަކުގައި އެއް ގަޑިއިރަށް ކަރަންޓު ކަނޑާފައިވެ އެވެ.

ފިތުރު އީދަށް ރަށްތައް ދިއްލުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާއިރު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުޑޫ ވިދާޅުވީ އައްޑޫ ރައްޔިތުން އަނދިރީގައި ތިއްބާ ބޮޑު ހަރަދުކޮށްގެން މާލެ ދިއްލުމާ ދެކޮޅު ކަމަށެވެ.

އައްޑޫ ރައްޔިތުން އަނދިރީގައި ތިއްބާ ބޮޑު ހަރަދުކޮށްގެން މާލެ ދިއްލުމާ އަޅުގަނޑު ދެކޮޅު! އީދު ފާހަގަކުރަން ވާނީ އެންމެހާ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށްފަހު.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ)

ކުޑޫ މިހެން ވިދާޅުވި އިރު އީދު ލައިޓު ހަރުކުރަން އެންގުމުގެ ކުރިން އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކޮށްދިނުމަށް އައްޑޫ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ވަނީ ސަރުކާރަށް ގޮވާލާފަ އެވެ. އަދި ކަރަންޓު މައްސަލަ އަށް އެކަށީގެންވާ ހައްލެއް ހޯދައިދެވިފައި ނުވާތީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މޭޖާ (ރިޓަޔާޑް) މުހައްމަދު ނަޖާހް އިސްތިއުފާ ދެއްވަން ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު އަޒާން ވަނީ ގޮވާލާފަ އެވެ.

އައްޑޫގެ ކަރަންޓުގެ މައްސަލައާ ގުޅިގެން ފެނަކައިގެ އިސްވެރިން މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށްދޭން މީގެކުރިން އަޒާން ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލައާ ގުޅިގެން ފެނަކައިގެ އިސްވެރިން ހާޒިރުކުރަން ފާސްކުރި ނަމަވެސް މިހާތަނަށް އެ ކުންފުނީގެ ވެރިން ކޮމިޓީއަށް ގެނެސްފައެއް ނުވެ އެވެ.

އައްޑޫގައި ދިރިއުޅޭ ރައްޔިތުންނާއި މަޖިލިސް މެންބަރުން ވެސް ދަނީ ސޯޝަލް މީޑިއާގައި އެކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންގެންދާއިރު، ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު، އިބްރާހިމް ނާޒިލް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގައި އޮތް ވެރިކަންކުރާ ޕީއެންސީގެ މެޖޯރިޓީން ވަނީ ބޭރުކޮށްލާފަ އެވެ.

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ހައްލު ހޯދުމަށް ކަމާއި ގުޅުންހުރި މުއައްސަސާތަކުން އެކަށީގެންވާ ގޮތަކަށް މަސައްކަތް ކުރަމުން ނުދާތީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ލިބެންޖެހޭ ހައްގު ލިބި ގަތުމަށް އިހްތިޖާޖް ކުރުން ނޫން އިތުރު ގޮތެއް ނެތް ކަމަށް އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވަނީ މިމަހުގެ ކުރީކޮޅު ވިދާޅުވެފަ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް