Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ހިއްސާގެ އަގު ބޮޑުތަނުން ވެއްޓި، އިންވެސްޓަރުންގެ ކަންބޮޑުވުން!

2023 އަހަރަކީ ބޭންކަށް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދުނު އަހަރު

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 24 މާރިޗު 2025 | ހޯމަ 09:48
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)

ބޭންކް އޮފް މޯލްޑިވްސް ހިއްސާގެ މޫނުމަތީ އަގު ބޮޑުތަނުން ދަށްވެ އިންވެސްޓަރުން ކަންބޮޑުވުން އިންތިހާއަށް ގޮސްފިއެވެ.

ރާއްޖޭގެ މައި ބޭންކް ކަމަށްވާ ބީއެމްއެލްއަކީ ހިއްސާދާރުންނަށް ބޮޑެތި ފާއިދާތަކެއް ވަމުން އަންނަ ކުންފުންޏެއް ކަމަށްވާއިރު، ހިއްސާގެ މޫނުމަތީ އަގު ބޮޑުތަނުން ދަށަށް ދިޔައީ ސަރުކާރުން ބީއެމްއެލްގެ ބޯޑަށް ނުފޫޒު ފޯރުވައި، ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން ނިންމުމުގައި ރައީސް އޮފީހުން ނިންމުންތައް ނިންމަމުންދާތީ ކަމަށް އިތުބާރުހުރި ގޮތަކަށް ރާއްޖެއެމްވީއަށް މަޢުލޫމާތުލިބިފައިވެ އެވެ.

Advertisement - newsAdvertisement

ރައްޔިތުން ހިއްސާވާ ދިވެހިންގެ ބޭންކަށް ރައްޔިތުންގެ އިތުބާރު ގެއްލި ހިއްސާގެ ދަށަށްދާން ފެއްޓުމަކީ ބީއެމްއެލްގެ އިންވެސްޓަރުން ނުހަނު ކަންބޮޑުވުން ފާޅުކުރަމުންދާ ކަމެކެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ރާއްޖެއެމްވީ އާއި ވާހަކަދެއްކި ބައެއް އިންވެސްޓަރުން ބުނެފައިވަނީ މިފަދަ ގޮތަކަށް ސަރުކާރުގެ ނުފޫޒު ބީއެމްއެލްއަށް ފޯރުމުން މިއީ އިންވެސްޓަރުންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

ސްޓޮކް މާރކެޓް އެކްސްޗޭންޖްގެ ތަފާސް ހިސާބުތަކަށްބަލާއިރު، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އެވްރެޖްކޮށް 750ރ. އިން މަތީގައި ހުރި ހިއްސާގެ އަގުތައް މިސަރުކާރު އައި ހިސާބުން، ހިއްސާގެ މޫނު މަތީ އަގު ދުވަހަކަށްވުރެ ދުވަހެއް ދަށްވަމުންގޮސް މިހާރު ހުރީ 670ރ. އަށް ދަށަށް ގޮސްފައެވެ. އެހެންކަމުން މިއީ ހިއްސާދާރުންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށް ގިނަ ހިއްސާދާރުންދަނީ ބުނަމުންނެވެ.

2023 އަހަރަކީ ބޭންކަށް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދުނު އަހަރު ކަމުން އެއަހަރު ހިއްސާދާރުންނަށް ހިއްސާ އަކަށް 50ރ. ބަހަން ވަނީ ނިންމާފަ އެވެ.

2023 އަހަރު ޓެކުހަށް ކެނޑުމަށް ފަހު ބީއެމްއެލްގެ ފައިދާގެ ގޮތުގައި 2.07 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއާ އެކު ހިއްސާ އަކަށް ބަހަން ކަނޑައެޅި 50ރ. އަކީ މިހާތަނަށް އެ ބޭންކުން ހިއްސާ ދާރުންނަށް ފައިދާގެ ގޮތުގައި ބަހާ އެންމެ ބޮޑު އަދަދު ކަމަށް ބޭންކުން ވަނީ ބުނެފަ އެވެ.

ބޭންކުގެ އެންމެ ބޮޑު ހިއްސާދާރަކީ ސަރުކާރު ކަމަށާއި މި ނަތީޖާއާ އެކު ހިއްސާގެ ފައިދާގެ ގޮތުގައި 136.6 މިލިއަން ރުފިޔާ އަދި 2023 ވަނަ އަހަރުގެ ޓެކުހުގެ ގޮތުގައި އިތުރު 628 މިލިއަން ރުފިޔާ ބޭންކުން ސަރުކާރަށް ދައްކާފައިވެ އެވެ.

މިނަތީޖާ މިހެން އޮތް އިރު، 2024 ވަނަ އަހަރުގެ ބޭންކްގެ ހިއްސާ ދަށްވުމާއި ގުޅިގެން ހިއްސާއަކަށް ޖެހޭނެ މިންވަރު އަދި އަންދާޒާކޮށް ބުނަންވެސް ވަނީ ދަތިވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ

ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ

22 ފެބުރުއަރީ 2017
ސައުދީ އެމްބަސީން ވެސް  ހާފިޒް ނަބީހުގެ އަގުވަޒަންކޮށްފި

ސައުދީ އެމްބަސީން ވެސް ހާފިޒް ނަބީހުގެ އަގުވަޒަންކޮށްފި

19 ފެބުރުއަރީ 2017
ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި

ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި

15 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު

13 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު