Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ތުރުކީގެ ސިޔާސީ މަޝްރަހު

އުރުދުޣާންގެ ވާދަވެރިޔާ ހައްޔަރު ކުރުމާއެކު، ތުރުކީގެ ސިޔާސީ މަޝްރަހު ހޫނުވެ، ޤައުމު ބޮޑު ހަމަ ނުޖެހުމެއްގެ ތެރެއަށް

މިކަމާ ގުޅިގެން ތުރުކީގައި ވަނީ ފަސް ރެއަށް ވިދި ވިދިގެން މުޒާހަރާތައް ކޮށްފައި. އާދީއްތަ ދުވަހު އޭނާ ރަސްމީކޮށް ހައްޔަރު ކުރެވި، ކުށުގެ ޖަމާޢަތެއް އުފައްދައި ހިންގުމާއި، ރިޝްވަތު ހިފުމާއި، މަޖުބޫރު ކުރުވުމާއި، ޤާނޫނާ ޚިލާފަށް އަމިއްލަ މަޢުލޫމާތު ރެކޯޑު ކުރުމާއި، ބިޑު ހެދުމުގެ ދަޢުވާ ވަނީ އުފުލާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 މާރިޗު 2025 | ހޯމަ 15:05
ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންގެ އަދި އޭނާގެ އެންމެ ބޮޑު ސިޔާސީ ވާދަވެރިޔާ، އިސްތަންބޫލްގެ މޭޔަރު އެކްރާމް އިމާމުގްލޫ

ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންގެ އަދި އޭނާގެ އެންމެ ބޮޑު ސިޔާސީ ވާދަވެރިޔާ، އިސްތަންބޫލްގެ މޭޔަރު އެކްރާމް އިމާމުގްލޫ

ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންގެ އެންމެ ބޮޑު ސިޔާސީ ވާދަވެރިޔާ، އިސްތަންބޫލްގެ މޭޔަރު އެކްރާމް އިމާމުގްލޫގެ މައްޗަށް ކޮރަޕްޝަންގެ ދަޢުވާ އުފުލައި ރަސްމީކޮށް ހައްޔަރު ކޮށްފި އެވެ.

އިސްތަންބޫލްގެ މޭޔަރު އިމާމުގްލޫ އަކީ, އާދީއްތަ ދުވަހު ބާއްވަން އޮތް ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) ގެ 2028 ގެ ރިޔާސީ ކެންޑިޑޭޓަކަށް ހޮވުމަށް ހަމަޖެހިފައިވާ ފަރާތެވެ. އަދި އޭނާ ހައްޔަރު ކޮށްފައި ވަނީ ރިޔާސީ ޓިކެޓު ހަވާލު ކުރަން ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށެވެ.

އިމާމުގްލޫ ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކޮށް، އެއީ ސިޔާސީ މަގުސަދެއް އޮވެގެން ކުރެވޭ ތުހުމަތުތަކެއް ކަމަށް ބުނެފައި އެވެ. އޭނާ ބަންދަށް ގެންދިޔުމުގެ ކުރިން އެކްސްގައި ލިޔުއްވާފައި ވަނީ، "އަޅުގަނޑު ދުވަހަކު ވެސް ބޯނުލަނބާނެ" ކަމަށެވެ.

އިމާމުގްލޫ ހައްޔަރުކުރުމާ ގުޅިގެން ފާއިތުވި 10 އަހަރުގެ ތެރޭގައި ތުރުކީގައި ނުފެންނަ ވަރުގެ އެންމެ ބޮޑެތި މުޒާހަރާތަތައް ވަނީ ފެނިފަ އެވެ. އަދި ތުރުކީގައި ވަނީ ހަމަނުޖެހުންތައް އުފެދި، ޤައުމު ހަލަބޮލިވެފައި އެވެ.

އުރުދުޣާން ވަނީ އެ މުޒާހަރާތައް ކުށްވެރިކޮށް، "އަމާންކަން ނަގާލައި އަދި ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެއްދުމަށް" ސީއެޗްޕީން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާފައި އެވެ.

އިމާމުގްލޫ އަކީ އެ ޤައުމުގެ އެހެން ސިޔާސީ ފަރާތްތަކާއި، ނޫސްވެރިންނާއި ވިޔަފާރިވެރިން ހިމެނޭ ގޮތަށް، ބުދަ ދުވަހު ހިންގުނު ތަޙުޤީޤެއްގެ ދަށުން ހައްޔަރު ކުރެވުނު މީހުންގެ ތެރެއިން މީހެކެވެ.

މިކަމާ ގުޅިގެން ތުރުކީގައި ވަނީ ފަސް ރެއަށް ވިދި ވިދިގެން މުޒާހަރާތައް ކޮށްފަ އެވެ. އާދީއްތަ ދުވަހު އޭނާ ރަސްމީކޮށް ހައްޔަރު ކުރެވި، ކުށުގެ ޖަމާޢަތެއް އުފައްދައި ހިންގުމާއި، ރިޝްވަތު ހިފުމާއި، މަޖުބޫރު ކުރުވުމާއި، ޤާނޫނާ ޚިލާފަށް އަމިއްލަ މަޢުލޫމާތު ރެކޯޑު ކުރުމާއި، ބިޑު ހެދުމުގެ ދަޢުވާ ވަނީ އުފުލައިފަ އެވެ.

ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރު ކޮށްފައިވެ އެވެ. މީޑިއާ ތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އޭނާ ގެންދެވިފައި ވަނީ ސިލިވްރީގެ ޖަލަކަށެވެ.

ތުރުކީގެ ދާޚިލީ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އިމާމުގްލޫ މޭޔަރުކަމުގެ މަޤާމުން އެއް ފަރާތް ކުރެވިފައިވާ ކަމަށެވެ.

ބައެއް މީޑިއާ ތަކުގައި، އިމާމުގްލޫ ހައްޔަރު ކުރުން ސިފަ ކޮށްފައި ވަނީ، ޑިމޮކްރަސީގެ ކަޅު ލަކުނެއްގެ ގޮތުގައި އެވެ އަދި އޭނާ ހައްޔަރު ކުރުމަށް ފާޑުކިޔައި، ޝަރުޢީ އިޖުރާއަތުތައް ނުހިންގޭ ކަމަށް ބުނެފައިވެ އެވެ.

އާދީއްތަ ދުވަހުގެ ލަސް ވަގުތެއްގައި އޭނާގެ ވަކީލުން މެދުވެރިކޮށް އެކްސްގައި ޙިއްސާ ކުރި މެސެޖެއްގައި، އިހުތިޖާޖު ކުރާ މީހުންނަށް ސަލާމް ފޮނުވައި، ވޯޓު ދިން މީހުން އުރުދުޣާންއާ މެދު "ފުދުނީ" ކަމަށް އިމާމުގްލޫ ބުނެފައިވެ އެވެ.

އެއްވުންތައް މަނާ ކޮށްފައި އޮތް ނަމަވެސް، އިހުތިޖާޖުތައް ފަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ އެވެ އިސްތަންބޫލްގެ ސިޓީ ހޯލް ކައިރީގައި ބަޔަކު އެއްވެ، ފުލުހުންގެ ކުރިމަތީގައި ތުރުކީ ދިދަ ނަގައި އަޑު ގަދަކޮށް، ހަޅުތާލު ކުރަމުންދާ މަންޒަރު ފެނިފައިވެ އެވެ.

މުޒާހަރާ ކުރާ ބައެއް މީހުންނަށް ފުލުހުން ވޯޓަރ ކެނަން ޖަހައި، ސްޕްރޭ ބޭނުން ކުރި މަންޒަރު ވެސް ފެނިފައިވެ އެވެ. އިމަމޯގުލު އަކީ ސީ.އެޗް.ޕީގެ ރިޔާސީ ކެންޑިޑޭޓު ހޮވުމުގައި ވާދަކުރި ހަމައެކަނި ފަރާތެވެ.

އިމާމުގްލޫ ހައްޔަރު ކުރުމުން އޭނާ ރިޔާސީ ކެންޑިޑޭޓު ކަމަށް އަދި ރައީސް ކަމަށް އިންތިޚާބު ވުމަށް ހުރަހެއް ނޭޅޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް އޭނާއާ ދެކޮޅަށް ކުރެވިފައިވާ ދައުވާ ތަކުން އޭނާ ކުށްވެރިވެއްޖެ ނަމަ، އިންތިޚާބުގައި އޭނާ އަށް ވާދައެއް ނުކުރެވޭނެ އެވެ.

އިމާމުގްލޫގެ ސީއެޗްޕީ ޕާޓީން ބުނި ގޮތުގައި އާދީއްތަ ދުވަހު ގާތް ގަނޑަކަށް 15 މިލިއަން މީހުން ވޯޓުލާފައިވެ އެވެ. ސީއެޗްޕީން ބުނި ގޮތުގައި 1.6 މިލިއަން ވޯޓަކީ އެ ޕާޓީގެ މެންބަރުން ދިން ވޯޓެވެ. އަދި ބާކީ ވޯޓުތައް ލީ، އިމާމުގްލޫ އަށް އެއްބާރުލުން ދިނުމުގެ ގޮތުން އެހެން ވޯޓު ފޮށިތަކަށް ޕާޓީގެ މެންބަރުން ނޫން ފަރާތްތަކުންނެވެ.

މި އަދަދުތަކުގެ ޞައްޙަކަން ބީބީސީ އަށް ވަކިން ކަށަވަރު ކުރެވިފައި ނުވާ ކަމަށް ބުނެފައިވެ އެވެ. ގިނަ އަހަރުތަކެއް ވަންދެން ބޮޑު ވަޒީރުކަން އަދި ރައީސްގެ މަޤާމުގައި ހުންނެވި އުރުދުޣާންގެ އެންމެ ވަރު ގަދަ ވާދަވެރިޔެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ޖަލުގައި ހުރި އިމާމުގްލޫ އެވެ.

ނަމަވެސް، ޤާނޫނު އަސާސީ އިސްލާހު ނުކުރާހާ ހިނދަކު، މުއްދަތުގެ ސަބަބުން އުރުދުޣާން އަށް 2028 ގައި އިންތިޚާބުގައި ވާދަ ނުކުރެވޭނެ އެވެ. ނަމަވެސް، މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އުރުދުޣާން ނިސްބަތްވާ ޕާޓީން ޤާނޫނު އަސާސީ އިސްލާހު ކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

މި ހައްޔަރު ކުރުންތަކަކީ ސިޔާސީ ބޭނުމަކަށް ކުރެވޭ ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. އަދި މި ހައްޔަރު ކުރުންތަކާއި، އުރުދުޣާންއާ ގުޅުވައި ވާހަކަ ދައްކާ ފަރާތްތަކަށް މިނިސްޓްރީ އޮފް ޖަސްޓިސް އިން ފާޑުކިޔާފައިވެ އެވެ.

އާދީއްތަ ދުވަހު، ގްލޯބަލް ގަވަރމަންޓް އެފެއާޒް ޑިޕާޓްމަންޓުން ބުނެފައި ވަނީ، ތުރުކީގެ ސިޔާސީ ފަރާތްތަކާއި، ނޫސްވެރިންގެ އެކައުންޓްތައް ހިމެނޭ ގޮތަށް 700 އަށްވުރެ ގިނަ އެކައުންޓް ބްލޮކް ކުރުމަށް ތުރުކީގެ މުވާސަލާތީ ރެގިއުލޭޓަރުން ނެރުނު "ގިނަ ކޯޓު އަމުރުތަކަކާ" ދެކޮޅު ހަދާ ކަމަށެވެ.

އެކްސް އިން ބުނެފައި ވަނީ އެއީ ހަމައެކަނި ޤާނޫނާ ޚިލާފު ކަމެއް ނޫން ކަމަށާއި، އެއީ ޤައުމުގެ ޚަބަރާއި ސިޔާސީ ވާހަކަތައް ދެއްކުމާއި، ޚިޔާލުފާޅު ކުރުމުން މިލިއަނެއްހާ މީހުން މަހުރޫމު ކުރުން ކަމަށެވެ.

އިސްތަންބޫލް ޔުނިވަރސިޓީން ބުނެފައި ވަނީ އިމާމުގްލޫގެ ޑިގްރީ ބާތިލު ކުރި ކަމަށާއި، އެއީ އޭގައި ހުރި ނުބައި ކަންތައްތަކުގެ ސަބަބުން ކަމަށެވެ. މިކަން ދެމެހެއްޓިއްޖެ ނަމަ، އޭނާ އަށް ރައީސް ކަމަށް ކުރިމަތިލެވޭނެ ކަމާމެދު ސުވާލު އުފެދޭނެ އެވެ.

ސަބަބަކީ ތުރުކީގެ ޤާނޫނު އަސާސީގައި ބުނެފައިވާ ގޮތުން، ރައީސް ކަމުގެ މަޤާމު ފުރުމަށް މަތީ ތަޢުލީމު ފުރިހަމަ ކޮށްފައި ވާން ޖެހެ އެވެ.

އިމާމުގްލޫގެ ވަކީލުން ބުނެފައި ވަނީ، ޑިގްރީ ބާތިލު ކުރުމުގެ މައްސަލަ ކޮންސްޓިޓިއުޝަނަލް ކޯޓަށާއި، ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސް ގައި އިސްތިއުނާފު ކުރާނެ ކަމަށެވެ. އިމާމުގްލޫ އަކީ ކެންޑިޑޭޓެއްގެ ޝަރުތު ފުރިހަމަވާ މީހެއްތޯ ނިންމާނީ ސުޕްރީމް އިލެކްޝަން ކައުންސިލުން ކަމަށް ވެސް ބުނެފައިވެ އެވެ.

މި އިހްތިޖާޖުތައް ފެށުނީއްސުރެ 700 އަށްވުރެ ގިނަ މީހުން ހައްޔަރު ކުރެވިފައިވާ ކަމަށް ތުރުކީގެ އިދާރާ ތަކުން ބުނެ އެވެ.

ހޮނިހިރު ދުވަހު މޭޔަރުގެ އޮފީސް ކައިރީގައި ހުރެ، ކަޅު ހެދުމެއް ލައިގެން މޫނު ނިވާކޮށްގެން ހުރި އަންހެނަކު ބީބީސީ އަށް ބުނީ، އޭނާ މުޒާހަރާ ކުރަނީ ސިޔާސީ ސަބަބަކަށްޓަކައި، ނުވަތަ އިދިކޮޅު ފަރާތްތަކަށް ތާއީދު ކުރާތީ ނޫން ކަމަށެވެ. އަދި އޭނާ މުޒާހަރާ ކުރަނީ ދިމިޤްރާތީ ނިޒާމް ހިމާޔަތް ކުރުމަށް ކަމަށް ވެސް ބުނެފައިވެ އެވެ.

އެހެން އަންހެނަކު، އޭނާގެ 11 އަހަރުގެ ދަރިފުޅު މުޒާހަރާ އަށް ގެނެސްފައިވާ އިރު، ދަރިފުޅުގެ މުސްތަގުބަލާ މެދު ކަންބޮޑުވާތީ އޭނާ ބޭނުން ވަނީ އޭނާގެ ދަރިފުޅު މިކަމުގައި ބައިވެރިކުރަން ކަމަށް ބުނެފައިވެ އެވެ.

އޭނާާ ބުނީ ދުވަހަކުން ދުވަހަށް، ތުރުކީގައި ދިރިއެޅެން އުނދަގޫ ވަމުން އަންނަ ކަމަށެވެ. އަމިއްލަ ދިރިއުޅުމަށް އެއްވެސް ބާރެއް ނުފޯރުވޭ ކަމަށާއި، ރައްޔިތުން ބޭނުންވާ މީހުން އިންތިޚާބު ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ތުރުކީގައި މިހާރު އެއްވެސް އިންސާފެއް ނެތް ކަމަށް އޭނާ ބުނެފައި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާޅޮހުން ހައްޔަރުކުރީ ހައްމާދަށް ހަމަލާދިން އާސިފުގެ ބަފައިބެ!

މާޅޮހުން ހައްޔަރުކުރީ ހައްމާދަށް ހަމަލާދިން އާސިފުގެ ބަފައިބެ!

28 ޑިސެމްބަރު 2019
މިއީ ބޮޑު ޖަރީމާއެއް! އަޑީގައި ތިބި ބަޔަކު ހިފާ ހައްޔަރުކުރޭ

މިއީ ބޮޑު ޖަރީމާއެއް! އަޑީގައި ތިބި ބަޔަކު ހިފާ ހައްޔަރުކުރޭ

19 އޮކްޓޯބަރު 2019
ހޯހޯ. ކޯޓު އަމުރަކާ ނުލާ މީހުން ހައްޔަރުކުރުން ގޯސް!

ހޯހޯ. ކޯޓު އަމުރަކާ ނުލާ މީހުން ހައްޔަރުކުރުން ގޯސް!

12 ސެޕްޓެމްބަރު 2019
ބޮޑެތި ތުހުމަތުގައި ހައްޔަރުކުރާ މީހުން ދޫކުރަން ފެށުން، ދޫކޮށްލެވޭނެ ކަމެއް ނޫން!

ބޮޑެތި ތުހުމަތުގައި ހައްޔަރުކުރާ މީހުން ދޫކުރަން ފެށުން، ދޫކޮށްލެވޭނެ ކަމެއް ނޫން!

06 ޖޫން 2019
އަރީފް ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާކުރާއިރު، ސައުދީ ހައްޔަރުކޮށް ދައުވާނުކުރީ ކީއްވެ؟

އަރީފް ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާކުރާއިރު، ސައުދީ ހައްޔަރުކޮށް ދައުވާނުކުރީ ކީއްވެ؟

05 މެއި 2018

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު