Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް ވެޓަރަންސް ލީގު

ސެމީ ފައިނަލްގައި ވިލިމާލެ އާއި ޕޮލިސް އަދި މުއިވެޔޮ އާއި ހުޅުމާލެ

ފުރަތަމަ ސެމީ ފައިނަލް މެޗު އޮތީ ހޯމަ ދުވަހުގެ ހަވީރު އެވެ. އަދި ދެ ވަނަ ސެމީ ފައިނަލް މެޗު އޮތީ އަންގާރަ ދުވަހުގެ ހަވީރު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 މާރިޗު 2025 | އާދީއްތަ 05:13
އެފްއޭއެމް ވެޓަރަންސް ލީގުގައި މުއިވެޔޮ އަދި ޕޮލިސް ކުލަބު ބައްދަލު ކުރި މެޗުގެ ތެރެއިން

އެފްއޭއެމް ވެޓަރަންސް ލީގުގައި މުއިވެޔޮ އަދި ޕޮލިސް ކުލަބު ބައްދަލު ކުރި މެޗުގެ ތެރެއިން

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ވެޓަރަންސް ލީގުގެ ސެމީ ފައިނަލްގައި ވިލިމާލެ ޔުނައިޓެޑާއި ޕޮލިސް ކުލަބު ބައްދަލު ކުރަން ޖެހުނުއިރު، އަނެއް ސެމީ ފައިނަލްގައި މުއިވެޔޮ އާއި ހުޅުމާލެ ވެޓަރަންސް ބައްދަލު ކުރަން ޖެހިއްޖެ އެވެ.

މިއަހަރުގެ ވެޓަރަންސް ލީގު ކުރިއަށް ދާނީ މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއަހަރުގެ މުބާރާތުގައި ޖުމުލަ 10 ޓީމަކުން ބައިވެރިވެ އެވެ.

މުބާރާތް ކުރިއަށް ގެންދަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގުރޫޕު އޭގައި އޮތީ ދިވެހި ސިފައިންގެ ކުލަބު، ވިލިމާލެ ޔުނައިޓެޑު، ހުޅުމާލޭ ވެޓަރަންސް ކުލަބު، ޒެލޮޓް އަދި ހުއްރިއްޔާ އެވެ. ގުރޫޕު ބީ ގައި ހިމެނެނީ ޕޮލިސް ކުލަބު، ސްޓެލްކޯ، ކުލަބު އީގަލްސް، މުއިވެޔޮ އަދި ދަ ގްރާންޑޭ އެވެ.

މުބާރާތުގެ ގުރޫޕު ސްޓޭޖުގެ ކުޅުން ނިމުނުއިރު، ގުރޫޕު އޭގެ އެއް ވަނައިގައި ސެމީ ފައިނަލްގެ ފުރުސަތު ހޯދީ ވިލިމާލެ ޔުނައިޓެޑެވެ. ސެމީ ފައިނަލްގައި އެ ޓީމު ނިކުންނަނީ ގުރޫޕު ބީގެ ދެ ވަނަ ޕޮލިސް ކުލަބާ ދެކޮޅަށެވެ. މި މެޗު އޮތީ ހޯމަ ދުވަހުގެ ހަވީރު އެވެ.

ގުރޫޕު ބީގެ އެއް ވަނައިގައި ސެމީ ފައިނަލްގެ ފުރުސަތު ހޯދީ މުއިވެޔޮ އެވެ. ސެމީ ފައިނަލްގައި އެ ޓީމު ބައްދަލު ކުރާނީ ގުރޫޕު އޭގެ ދެ ވަނަ ހުޅުމާލެ ވަޓަރަންސްްއާ އެވެ. މި މެޗު އޮތީ އަންގާރަ ދުވަހުގެ ހަވީރު އެވެ.

މާފަންު ޓާފު ދަނޑުގައި ކުރިއަށް ދާ މުބާރާތުގެ ފައިނަލް މެޗު އޮތީ ބުރާސްފަތި ދުވަހުގެ ހަވީރު އެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން

27 ޖެނުއަރީ 2017
ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު