Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޔުކްރެއިން-ޖަރުމަނު ގުޅުން

ޔުކްރެއިން އަށް ތިން ބިލިއަން ޔޫރޯގެ އެހީ ދިނުމަށް ޖަރުމަނުން ފާސްކޮށްފި

މި އެހީ އަކީ، ޖަރުމަނުން 2025 ވަނަ އަހަރަށް ރޭވިފައިވާ ހަތަރު ބިލިއަން ޔޫރޯގެ އެހީގެ އިތުރުން ދެވޭ އެހީއެއެއް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 މާރިޗު 2025 | ހޮނިހިރު 07:31
ޔުކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ، ޖަރުމަނަށް ވަޑައިގެންނެވި ދުވަހު އެ ޤައުމުގެ ބާލިން ގައި ޖަރުމަނު އަދި ޔުކްރެއިންގެ ދިދަ

ޔުކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ، ޖަރުމަނަށް ވަޑައިގެންނެވި ދުވަހު އެ ޤައުމުގެ ބާލިން ގައި ޖަރުމަނު އަދި ޔުކްރެއިންގެ ދިދަ

ރަޝިޔާ އިން ޔުކްރެއިން އަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން، ޔުކްރެއިން އަށް ތިން ބިލިއަން ޔޫރޯ ނުވަތަ 3.25 ބިލިއަން ޑޮލަރުގެ އެހީތެރިކަމެއް ދިނުމަށް ޖަރުމަނުން ފާސްކޮށްފި އެވެ.

މިއީ އެމެރިކާގެ މެދުވެރި ކަމާއެކު ރަޝިޔާ އަދި ޔުކްރެއިންއާ ދެމެދު ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލުމާ ގުޅޭ މަޝްވަރާތައް ފެށުމުގެ ކުރިން ދޭ އެހީއެކެވެ.

މި އެހީގެ ދަށުން ޔުކްރެއިން އަށް ހަނގުރާމައިގެ ހަތިޔާރާއި، ޑްރޯން އަދި ވައިގެ ދިފާއީ ނިޒާމުތައް ހޯދައި ދެވޭނެ އެވެ. މިއީ، މީގެ ކުރިން ޖަރުމަނުގެ ކޯލިޝަން ސަރުކާރުގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުން ތަކެއްގެ ސަބަބުން މަޑުޖެހިފައިވާ އެހީއެކެވެ.

ޔުކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ ވަނީ، މި އެހީއަށްޓަކައި ޖަރުމަނަށް ޝުކުރު އަދާ ކުރައްވާފައި އެވެ. ޒެލެންސްކީ ވިދާޅުވީ، މިއީ ޔުކްރެއިން އަށް އެންމެ ބޭނުން ވެފައިވާ އެހީ ކަމަށާއި، މީގެ ސަބަބުން ޔުކްރެއިންގެ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމަށެވެ.

މި އެހީ އަކީ، ޖަރުމަނުން 2025 ވަނަ އަހަރަށް ރޭވިފައިވާ ހަތަރު ބިލިއަން ޔޫރޯގެ އެހީގެ އިތުރުން ދެވޭ އެހީއެކެވެ. އަދި 2026 ވަނަ އަހަރުން، 2029 ވަނަ އަހަރަށް އިތުރު 8.3 ބިލިއަން ޔޫރޯ ދިނުމަށް ވެސް ވަނީ ރޭވިފައި އެވެ.

ޖަރުމަނަކީ އެމެރިކާ ފިޔަވައި، ޔުކްރެއިން އަށްއެންމެ ގިނަ އަސްކަރީ އެހީ ދޭ ޤައުމެވެ. ރަޝިޔާގެ ހަނގުރާމަ ފެށުނީއްސުރެ، ޖަރުމަނުން ވަނީ 28 ބިލިއަން ޔޫރޯގެ އެހީ ޔުކްރެއިން އަށް ދީފައި އެވެ.

ޖަރުމަނުގެ އައު ޗާންސެލަރ ފްރީޑްރިޗް މެރްޒް ވަނީ، ޔުކްރެއިން އަށް އެހީތެރިވުމަށް އިތުރު ސަތޭކަ ބިލިއަން ޔޫރޯގެ ޕެކޭޖެއް ހުށަހަޅުއްވާފައި އެވެ. އަދި މިހާރުގެ ޗާންސެލަރ އޯލަފް ޝޮލްޒް ވެސް ވަނީ ޔުކްރެއިން އަށް އެހީތެރިވަމުން ގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފައި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ

އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ

20 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު