Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއުރީދޫ ދިވެހި ޕްރިމިއާ ލީގު

މާޒިޔާއާއި ތިނަދޫ އެއްވަރުވެއްޖެ

މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 24 އޯގަސްޓު 2017 | ބުރާސްފަތި 03:48
މާޒިޔާއާއި ތިނަދޫ ވާދަކުރި މެޗުގެ ތެރެއިން

މާޒިޔާއާއި ތިނަދޫ ވާދަކުރި މެޗުގެ ތެރެއިން

އުރީދޫ ޕްރިމިއާ ލީގުގައި މާޒިޔާއާއި ތިނަދޫ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ބުދަ ދުވަހުގެ ރޭ މާޒިޔާއާއި ތިނަދޫ ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ހަމަހަމަ ކުޅުމެކެވެ.

ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތު ލިބިފައި ވަނީ މާޒިޔާގެ އިސްމާއިލް އީސަ (މެސީ) އަށެވެ. އުމައިރު ނަގައިދިން ކޯނަރަކުން އޭރިއާތެރެއިން ހުސްކޮށް ބޯޅަ ލިބުމުން މެސީ ފޮނުވާލި ހަމަލާ ދިޔައީ އަރިމަތިން ބޭރަށެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 0-0 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ތިނަދޫއިން ވަނީ މާޒިޔާގެ ހާފުގައި ބޯޅަ ހިފަހައްޓައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި ތިނަދޫގެ އަހުމަދު ރިޒުވާން (ރިޒޭ) ފޮނުވާލި ދެ ހަމަލާގެވެސް ހުރަކަށްވީ މާޒިޔާގެ ކީޕަރު މަހްމޫދެވެ.

މެޗުގެ 82 ވަނަ މިނުޓުގައި ތިނަދޫއަށް ލީޑު ނަގައިދިނީ ތަޖުރިބާކާރު މިޑްފީލްޑާ އަހުމަދު ނިޔާޒް (ނިޔާ) އެވެ. މި ގޯލު އޭނާ ކާމިޔާބުކޮށްދީފައި ވަނީ ރިޒޭ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މި ލަނޑަކީ ލީގުގައި މާޒިޔާ ކޮޅަށް ވަން ފުރަތަމަ ލަނޑެވެ. މި ލަނޑާއި އެކު މާޒިޔާ ޕްރެޝަރަށް ވެއްޓިގެން ދިޔައިރު މެޗުގެ 84 ވަނަ މިނުޓުގައި ތިނަދޫގެ ބިދޭސީ ކުޅުންތެރިޔާ އެލެކްޒެންޑާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއާއިއެވެ.

މެޗުގެ އިތުރު ވަގުތުގައި މާޒިޔާއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ހުސައިން ނިޔާޒް (ބޮކުރީ) އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު ބުނީ މެޗަށް ނުކުތީ މޮޅުވާން ކަމަށާއި އެހެން ނަމަވެސް ޕޮއިންޓެއް ލިބުމުން ވެސް ހިތްހަމަޖެހޭކަމަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ މެޗުގައި ޓީމުގެ ފަރާތުން އެދެވޭ ކުޅުމެއް ދެއްކިފައި ނުވާ ކަމަށާއި އަނިޔާގެ ސަބަބުން މެޗުގައި ނުކުޅެވުނު އަސަދުﷲ ނެތްތަން އެޓޭކުން ދެއްކި ކަމަށެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ތިނަދޫގެ ކޯޗު ބުނެފައިވަނީ މެޗުގައި ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނުމުން އުފާވާ ކަމަށާއި އެހެން ނަމަވެސް ތިން ޕޮއިންޓު ނުލިބުމުން ވަރަށް ދެރަވާ ކަމަށެވެ. އަދި ކުރިޔަށް ހުރި މެޗުތަކުގައި ތިނަދޫއަށް ނަތީޖާ ނެރެވޭނެ ކަމަށާއި އެހެން ޓީމުތަކާއި ވާދަކުރުމުގެ ފެންވަރު ތިނަދޫގައި ހުރިކަން މެޗަށް ފަހު އެންމެންނަށްވެސް އެގިގެން ގޮސްފިކަމަށް ތިނަދޫގެ ކޯޗު ބުނެފައިވެއެވެ.

މާޒިޔާ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ލިބުނު 10 ޕޮއިންޓާއިއެކު ތާވަލުގެ އެއްވަނައިގައެވެ. ތިނަދޫ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާއިއެކު ތާވަލުގެ ފަސް ވަނައިގައެވެ.

އިތުރަށް ކިޔާލަން

21 ޖޫން 2017

މިނިވަން ޗެމްޕިއަންޝިޕް: ފައިނަލް ބުރު ކުޅުދުއްފުށި އަދި ތިނަދޫގައި ކުޅޭ ގޮތަށް ހަމަޖައްސައިފި

21 ޖޫން 2017
މިނިވަން ޗެމްޕިއަންޝިޕް: ފައިނަލް ބުރު ކުޅުދުއްފުށި އަދި ތިނަދޫގައި ކުޅޭ ގޮތަށް ހަމަޖައްސައިފި
12 ޖޫން 2017

ވާރލްޑްކަޕް ކޮލިފައިން: ސްޕެއިން މޮޅުވިއިރު، ވޭލްސް އެއްވަރުވެއްޖެ

12 ޖޫން 2017
ވާރލްޑްކަޕް ކޮލިފައިން: ސްޕެއިން މޮޅުވިއިރު، ވޭލްސް އެއްވަރުވެއްޖެ
24 މެއި 2017

މިނިވަން ޗެމްޕިއަންޝިޕް: ނިލަންދޫ ބަލިކޮށް ތިނަދޫ އިން ޒޯން ހަތެއްގެ ޗެމްޕިއަންކަން ހޯދައިފި

24 މެއި 2017
މިނިވަން ޗެމްޕިއަންޝިޕް: ނިލަންދޫ ބަލިކޮށް ތިނަދޫ އިން ޒޯން ހަތެއްގެ ޗެމްޕިއަންކަން ހޯދައިފި
18 މެއި 2017

ގދ. އަތޮޅުގެ ޗެމްޕިއަންކަން ތިނަދޫއިން ހޯދައިފި

18 މެއި 2017
ގދ. އަތޮޅުގެ ޗެމްޕިއަންކަން ތިނަދޫއިން ހޯދައިފި
15 މެއި 2017

މިނިވަން ޗެމްޕިއަންޝިޕް: ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ތިނަދޫ ފައިނަލަށް

15 މެއި 2017
މިނިވަން ޗެމްޕިއަންޝިޕް: ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ތިނަދޫ ފައިނަލަށް
24 އެޕްރީލު 2017

ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި

24 އެޕްރީލު 2017
ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި
06 އެޕްރީލު 2017

ޕްރެމިއާ ލީގު: އާސެނަލް އަދި ޓޮޓެންހަމް މޮޅުވިއިރު، ލިވަޕޫލް އެއްވަރުވެއްޖެ

06 އެޕްރީލު 2017
ޕްރެމިއާ ލީގު: އާސެނަލް އަދި ޓޮޓެންހަމް މޮޅުވިއިރު، ލިވަޕޫލް އެއްވަރުވެއްޖެ
27 މާރިޗު 2017

މިނިވަން ޗެމްޕިއަންޝިޕް: ކެނދިކުޅުދޫ އަދި ޅޮހި އެއްވަރުވިއިރު، ފިނޭ އަދި ނޮޅިވަރަންފަރުވެސް އެއްވަރުވެއްޖެ

27 މާރިޗު 2017
މިނިވަން ޗެމްޕިއަންޝިޕް: ކެނދިކުޅުދޫ އަދި ޅޮހި އެއްވަރުވިއިރު، ފިނޭ އަދި ނޮޅިވަރަންފަރުވެސް އެއްވަރުވެއްޖެ
05 މާރިޗު 2017

ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ

05 މާރިޗު 2017
ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު