Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މިނިވަން ޗެމްޕިއަންޝިޕް

މިނިވަން ޗެމްޕިއަންޝިޕް: ކެނދިކުޅުދޫ އަދި ޅޮހި އެއްވަރުވިއިރު، ފިނޭ އަދި ނޮޅިވަރަންފަރުވެސް އެއްވަރުވެއްޖެ

ު ފިނޭ އަދި ނޮޅިވަރަންފަރު ބައްދަލުކުރި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 27 މާރިޗު 2017 | ހޯމަ 20:24
މިނިވަން ޗެމްޕިއަންޝިޕްގެ ތެރެއިން

މިނިވަން ޗެމްޕިއަންޝިޕްގެ ތެރެއިން

މިނިވަން ޗެމްޕިއަންޝިޕްގައި ނ. ކެނދިކުޅުދޫ އަދި ނ.ޅޮހި އެއްވަރުވިއިރު، ހދ.ފިނޭ އަދި ނޮޅިވަރަންފަހު ކުޅުނު މެޗު އެއްވަރުވެއްޖެ އެވެ.

ހޯމަ ދުވަހު ހަވީރު ކެނދިކުޅުދޫ އަދި ޅޮހި ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ކެނދިކުޅުދޫ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ ކެނދިކުޅުދޫއިންނެވެ. އެގޮތުން އެޓީމުން ވަނީ 39 ވަނަ މިނެޓުގައި މެޗުގެ ލީޑު ނަގާފައެވެ.

މި ލަނޑަށްފަހުވެސް އެޓީމުން ދިޔައީ ޅޮހި ޓީމުގެ ގޯލަށް ނުރައްކާކޮށް ހަމަލާ އުފައްދަމުންނެވެ. އެހެންނަމަވެސް ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއަކުން ޅޮހީގެ މައްޗަށް ކެނދިކުޅުދޫ ކުރިހޯދައިގެންނެވެ.

ދެވަނަ ހާފް ފެށިގެން ޅޮހިން މެޗުގެ ކުޅުން ރަނގަޅުކޮށް ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްފައިވާއިރު، ކެނދިކުޅުދޫ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ޑިފެންސިވް ކުޅުމެކެވެ.

ޅޮހި ޓީމުން މެޗުގެ ނަތީޖާ ހަމަހަމަކުރީ 64 ވަނަ މިނެޓުގައި އިބްރާހިމް އަފްސަލް ކާމިޔާބުކުރި ލަނޑުންވެ. މި ލަނޑަށްފަހު އެޓީމަށް ވަނީ މެޗުގެ ލީޑު އިތުރަށް ފުޅާކުރަންވެސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޅޮހި ޓީމުގެ އިބްރާހިމް އަފްސަލް އެވެ. އޭނާ ވަނީ މި މެޗުގައި ލަނޑެއްވެސް ކާމިޔާބުކޮށްފައެވެ.

ހޯމަ ދުވަހު ހަވީރު ފިނޭ އަދި ނޮޅިވަރަންފަރު ބައްދަލުކުރި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

ކުޅުދުއްފުށި ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުންދިޔައީ ފިނޭއިންނެވެ. އެގޮތުން އެޓީމުން ވަނީ 39 ވަނަ މިނެޓުގައި މުހައްމަދު އާރިފް ކާމިޔާބުކުރި ލަނޑުން މެޗުގެ ލީޑު ނަގާފައެވެ.

މި ލަނޑަށްފަހުވެސް އެޓީމަށް ވަނީ ލީޑު ފުޅާކުރުމަށްވެސް ފުރުސަތުތަކެއް ލިބިފައެވެ. މީގެއިތުރުން ނޮޅިވަރަންފަރަށްވެސް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ފުރުސަތުތަކެއް ލިބިފައެވެ.

ދެވަނަ ހާފް ފެށިގެން ނޮޅިވަރަންފަރުން ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅެފައިވާއިރު، ފުލުފުލުގައި ލަނޑު ޖެހުމަށް އެޓީމަށް ވަނީ ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން 57 ވަނަ މިނެޓުގައި އެޓީމުން ވަނީ މުހައްމަދު ރިޔާޒްގެ ލަނޑުން ނަތީޖާ ހަމަހަމަކަށްފައެވެ.

އެހެންނަމަވެސް ނޮޅިވަރަންފަރުން ރަނގަޅަށް ކުޅެމުން ދަނިކޮށް 69 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗގެ ލީޑު އަނބުރާ ހޯދާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ޝާމް ޝަރީފް އެވެ.

އެހެންނަމަވެސް އޭގެ މިނެޓެއް ފަހުން ހުސެއިން ނިޝާން ވަނީ މެޗުގެ ނަތީޖާ ދެވަނަ ފަހރަށް ހަމަހަމަކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީޓީ ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް މުހައްމަދު ޒީސްތު އަދި އަންހެން ޗެމްޕިއަނަކަށް ރަފާ

ޓީޓީ ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް މުހައްމަދު ޒީސްތު އަދި އަންހެން ޗެމްޕިއަނަކަށް ރަފާ

22 ފެބުރުއަރީ 2017
މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު