Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ ކުއްލި އެއްވުން

ފެންނަމުން މިދަނީ ރާއްޖެ އަށް ގެނެސްފައިވާ އިސްލާހީ ނިޒާމް ފަނުފުލުންދާ މަންޒަރު - ބިގޭ

15 މާރިޗު 2025 | ހޮނިހިރު 18:55

އާޢްމު ރައްޔިތުންގެ ބާރު ރާއްޖެއިން ކެނޑެމުންދާ ކަމަށް އޭނާ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 15 މާރިޗު 2025 | ހޮނިހިރު 18:55
އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެމްޑީޕީގެ މުޒާހަރާގައި ވާހަކަދައްކަވަނީ - 15.03.2025

އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެމްޑީޕީގެ މުޒާހަރާގައި ވާހަކަދައްކަވަނީ - 15.03.2025

ރާއްޖެ އަށް ގެނެސްފައިވާ އިސްލާހީ ނިޒާމް މިހާރު ދަނީ ފަނު ފުލުންދާ މަންޒަރު މިހާރު ފެންނަމުންދާ ކަމަށް އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި މުޒާހަރާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރާއްޖޭގައި ދުލާއި ގަލަމުގެ މިނިވަންކަން ހޯދާ، ބާރުތައް ވަކިވެފައިވާ ނިޒާމެއް ޤާއިމް ކުރީ ވަރަށް ގިނަ ބައެއްގެ މަސައްކަތުން ކަމަށް އޭނާ ވިދާޅުވި އެވެ. އެތައް ދުވަހެއްގެ މަސައްކަތުން އާއްމުން ހާސިލްކުރި ހައްގުތައް މިހާރު ނިގުޅައިގަންނަމުންދާ ކަމަށް ބިގޭ ވަނީ ވިދާޅުވެފައެވެ. މީގެ ކުރިން ޚިޔާލުފާޅުކުރުމުންނާއި ސަރުކާރާއި ދެކޮޅަށް ބަސްބުނުމުން އާއްމުން ޖަލަށް ލާފައިވާ ކަމަށާއި އެ އުސޫލު އަލުން އިއާދަވާން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގައުމު މިހާރު ދަނީ ފަހަތަށް ކަމަށް ފާހަގަކުރައްވާ އޭނާ ވަނީ ގައުމުގެ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އާޢްމު ރައްޔިތުންގެ ބާރު ރާއްޖެއިން ކެނޑެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެ ދަނީ ގަރުނެއް ފަހަތަށް. މިކަމުގަ މި މިނިވަންކަން ހޯދަން ކުރި ބުރަ މަސައްކަތް އެނގިވަޑައިގަންނަވާތޯ؟ ރާއްޖެއިން ބޭރުގައި އަރުވާލެވިގެން ތިބެގެންނާ އެ ނޫން ގޮތް ގޮތަށް ކުރި މަސައްކަތް؟
އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

އެމްޑީޕީން މަގުމައްޗަށް އެއްވެ މުޒާހަރާ ކުރަމުން ދަނީ ރާއްޖޭގައި އޮތް މިނިވަންކަން އެގޮތުގައި ދަމަހައްޓަން ކަަމަށް ވެސް ބިގޭ ވިދާޅުވިއެވެ. އަދި ޤައުމު އޮޔާ ދާތަން ބަލަން އެމްޑީޕީ އިން ނުތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެމްޑީޕީ އަކީ އެއަށް ވުރެ ބޮޑަށް ހައްގުތައް ހޯދާ ހައްގުތައް ހިމާޔަތްކުރާ ޕާޓީ އެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ބިގޭ ވަނީ މިއަދު ރާއްޖޭގެ ހުރިހާ ސިނާއަތެއް ފުނޑާލާ، މުޅި ގައުމުގެ ހުރިހާ މުއައްސަސާއަކަށް ރައީސްގެ ނުފޫޒު ފޯރުވާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން އާއްމުން ތިބީ ނިކަމެތިވެފައި ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް