Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްްޑޫ ކަރަންޓްގެ މައްސަލަ

އަލަށް ހޯދި އިންޖީނު އައްޑޫއަށް ގެންދިއުމުންވެސް، ކަރަންޓްގެ މައްސަލައަށް ހައްލެއް ނުލިބޭ!

އައްޑޫ ސިޓީން އިން ކަރަންޓު ކެނޑި މައްސަލަ ހައްލުނުވެ ރަމަޟާން މަހުގެ ދަތިތަކާއި ރައްޔިތުންގެ އަސާސީ ދިރިއުޅުމުގެ ހާލަތަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 14 މާރިޗު 2025 | ހުކުރު 13:09
ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ޖެނެރޭޝަން ކެޕޭސިޓީ އިތުރު ކުރުމަށް އަލަށް ހޯދި 1،000ކ.ވ ގެ އިންޖީނު އައްޑޫ އަށް ގެންދިއުން - 12-03-2025

ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ޖެނެރޭޝަން ކެޕޭސިޓީ އިތުރު ކުރުމަށް އަލަށް ހޯދި 1،000ކ.ވ ގެ އިންޖީނު އައްޑޫ އަށް ގެންދިއުން - 12-03-2025

ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ޖެނެރޭޝަން ކެޕޭސިޓީ އިތުރު ކުރުމަށް އަލަށް ހޯދި 1،000ކ.ވ ގެ އިންޖީނު އައްޑޫ އަށް ގެންގޮސްފައިވާއިރު، ކަރަންޓްގެ މައްސަލައަށް ހައްލު ނުލިބި އަނެއްކާވެސް ހުކުރު ދުވަހު ކަރަންޓްގެ ޚިދުމަތް މެދުކެނޑިއްޖެ އެވެ.

ފެނަކައިން ބުނެފައިވަނީ އިންޖީނުގެއަށް ދިމާވި މައްސަލައަކާއި ގުޅިގެން ހުކުރު ދުވަހުގެ މެންދުރު ފަހުން ފެށިގެން ދެ ގަޑިއިރަށް ކަރަންޓް ކަނޑާފައެވެ.

Advertisement - newsAdvertisement

ފެނަކައިން ބުނީ މިހާރު ވަނީ އިންޖީނު، ސެންޓްރަލް ޕަވަރ ސްޓޭޝަނަށް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައި ކަމަށެވެ. ނަމަވެސް ލޯޑް މަތިވުމުގެ ސަބަބުން އެކި ސަރަހައްދުތަކުން ހަވީރު 17:00 އިން ފެށިގެންވެސް ވަނީ ކަރަންޓް ކަނޑާފަ އެވެ.

ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ގިނަ ދުވަސްވެފައިވާއިރު، ސޯޝަލް މީޑިއާގައި ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެ އެވެ.

އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުން އެ ސިޓީގެ ރައްޔިތުންގެ އަސާސީ ދިރިއުޅުމަށް ދަތިވާ ވަރަށް ކަރަންޓު ކެނޑެމުންދާތީ މިދިޔަ އަންގާރަ ދުވަހު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާޙިމް ނާޒިލް ހުށަހެޅުއްވި ކުއްލި މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފަ އެވެ.

އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލަ އެއީ މާބޮޑުކަމެއް ކަމަށް ނުދެކި، އައްޑޫ ސިޓީއަށް ނިސްބަތްވާ ޕީއެންސީގެ މެންބަރުން ކުއްލި މައްސަލަ ބޭރުކޮށްލަން ވަނީ ވޯޓުދީފަ އެވެ.

އައްޑޫގައި ކަރަންޓް ކެނޑި މައްސަލަ ހައްލުނުވެ ރަމަޟާން މަހުވެސް އެ ސިޓީގެ ރައްޔިތުން އަންނަނީ ތަކުލީފުތަކާއި ކުރިމަތިލަމުންނެވެ. އެގޮތުން ވަކި އެންގުމެއްނެތި ކަރަންޓް ކެނޑުމުގެ ސަބަބުން ގޭގައި ހިފާ ގެންގުޅޭ ކަރަންޓު އާލާތްތައް ހަލާކުވެ ރައްޔިތުން ވަނީ މި ރަމަޟާން މަހު މުޒާހަރާއަށްވެސް ނުކުމެފަ އެވެ.

ރަމަޟާން މަސް ފެށެންވާއިރަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެހެންނަމަވެސް ސަރުކާރުން އައްޑޫ ސިޓީ އަށް ކަރަންޓު ފޯރުކޮށްދިނުމުގައި އިހުމާލުވަމުންދާ ދިއުމުގެ ސަބަބުން މި ރަމަޟާން މަހު އެ ސިޓީގެ އާއްމުންގެ އަސާސީ ދިރިއުޅުމުގެ ހާލަތަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.

އިތުރަށް ކިޔާލަން

13 މެއި 2017

ފެނަކައަށް ކަރަންޓްގެ ޙިދުމަތް ނުދެވޭނަމަ، ކައުންސިލާއި އިންޖީނުގެތަށް ހަވާލުކުރޭ: ގަމު ކައުންސިލް

13 މެއި 2017
ފެނަކައަށް ކަރަންޓްގެ ޙިދުމަތް ނުދެވޭނަމަ، ކައުންސިލާއި އިންޖީނުގެތަށް ހަވާލުކުރޭ: ގަމު ކައުންސިލް
22 އެޕްރީލު 2017

ރައީސް ނަޝީދުގެ ވެރިކަމުގައި އަޅާފައިވާ އާ އިމާރާތަށް ފިޔޯރީ އިންޖީނުގެ ބަދަލު ކުރަން ނިންމައިފި

22 އެޕްރީލު 2017
ރައީސް ނަޝީދުގެ ވެރިކަމުގައި އަޅާފައިވާ އާ އިމާރާތަށް ފިޔޯރީ އިންޖީނުގެ ބަދަލު ކުރަން ނިންމައިފި
22 އެޕްރީލު 2017

ފިޔޯރީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ޒުވާނާ ވަޅުލައިފި

22 އެޕްރީލު 2017
ފިޔޯރީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ޒުވާނާ ވަޅުލައިފި
21 އެޕްރީލު 2017

ގދ.ފިޔޯރީ އިންޖީނުގޭގައި ރޯވެ މީހަކު މަރުވެއްޖެ

21 އެޕްރީލު 2017
ގދ.ފިޔޯރީ އިންޖީނުގޭގައި ރޯވެ މީހަކު މަރުވެއްޖެ
03 އެޕްރީލު 2017

ށ. ނަރުދޫ އިންޖީނު ގޭގައި ރޯވެއްޖެ

03 އެޕްރީލު 2017
ށ. ނަރުދޫ އިންޖީނު ގޭގައި ރޯވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު