Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

މުއިއްޒުގެ ޓަރޝަރީ ފެންވަރުގެ ފައިސާ ޗާޕުކުރުން

13 މާރިޗު 2025 | ބުރާސްފަތި 08:57

ސަރުކާރުން ކުރިން ދެއްކި ވާހަކަތަކާއި މިހާރު ދައްކާ ވާހަކަތަކާ ދިމާ ނުވާ ކަމަށް ބުނެ، ރައްޔިތުން ވަނީ ރައީސް މުއިއްޒަށް "ބަހުލޫލް" އަދި ކައްޒާބަށް ގޮވާފައެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 13 މާރިޗު 2025 | ބުރާސްފަތި 08:57
މުއިއްޒު ގެ ފޮޓޯ ޖަހާފައިވާ ޚިޔާލީ ރުފިޔާ ތަކެއް - ފައިސާ ޗާޕު ނުކުރާނެ ކަމަށް ތަކުރާރުކޮށް މުއިއްޒު ވަނީ ވިދާޅުވެފައި

މުއިއްޒު ގެ ފޮޓޯ ޖަހާފައިވާ ޚިޔާލީ ރުފިޔާ ތަކެއް - ފައިސާ ޗާޕު ނުކުރާނެ ކަމަށް ތަކުރާރުކޮށް މުއިއްޒު ވަނީ ވިދާޅުވެފައި

މިސަރުކާރާމެދު ލައްކަ މީހުން ލައްކަ ވާހަކަ ދައްކައެވެ. ސަރުކާރަށް އަންނަން ދެއްކި ވާހަކަތަކާ ދިމާ އިދިކޮޅަށް ކަންކުރާތީއެވެ. އޭރުގެ ބަސްމަގާއި މިހާރުގެ އެބަސްމަގުގެ ރާގު ބަދަލުވިލެއް ބޮޑުކަމުންނެވެ. ވެރިކަމަށް އައިސްވެސް ދެންވެސް ދެއްކި ވާހަކަތަކާއި އެވާހަކަތަކުގެ ދިމާއިދިކޮޅު އަމަލުތަކުންނެވެ.

ސަރުކާރާ ދިމާލަށް "ކައްޒާބޭ"، "ބަހުލޫލް ސަރުކާރޭ" "އުނބޭ" ގޮވަނީ ސަރުކާރުގެ ކަންކަން އެހުރިގޮތުންނެވެ. އޭރާ މިހާރުގެ މިސާލުތައް އަދި ދެއްކިފައިހުރި ވާހަކަތަކާއި ކުޅެވިފައިހުރި ޑްރާމާތަކުގެ ވީޑިއޯ ފުޓޭޖްތައްވެސް ހިމަނައިގެންނެވެ. މިއީ ދޮގޭ ނުބުނެވޭހާ ސާފު ރީތިކޮށް ހަގީގަތް ބުނެދީގެންނެވެ.

އެބީދައިން ބަލާއިރު ނުކުރާނެ ކަމަށް ބުނި ކޮންމެ ކަމެއް މިހާރު އެވަނީ ކުރަންފަށާފައެވެ. ކަމަކަށްފަހު ކަމެއްކޮށް އެދަނީ އޭރު އެދެއްކީ ދޮގުވާހަކަ ތަކެއް ކަމަށް އަމިއްލައަށް ސާބިތު ކޮށްދެމުންނެވެ. ކައްޒާބޭ ގޮވާމީހުން އެގޮވަނީ އެހެންވެގެންނެވެ.

ސަރުކާރުން ކަންކަން ކުރުމުގައި އެގެންގުޅޭ މަކަރުވެރި ގޮތަކީވެސް ސަރުކާރުން ކިތައްމެ ނޫންކަމަށް ހެދުނަސް ބޮލެއް މައްޗަށްހުރި ކޮންމެ މީހަކަށް އެނގި ސާފު ކަމެކެވެ. އެކަމުގައި ގެންގުޅޭ ހީލަތްތެރި ގޮތަކީ އޮޅުވާލެވެން އޮތްއެއްޗެއް ނޫނެވެ. ބަހުލޫލޭ ގޮވަނީ އެކަމަށް ރިއާޔަތްކޮށެވެ.

އެބީދައިން ބަލާއިރު ސަރުކާރުން މިހާރު އެކުރަން އުޅޭ ފައިސާ ޗާޕުކުރަން ނިންމި ނިންމުމަކީ އޭގެ ދިރިހުރި މިސާލެކެވެ. އަޑަށް ބާރުލައިފާ ނުކުރާނެކަމަށް ބުނި އެކަން ކުރަން އެވަނީ ދަމާ އެއްރޮއްޖަކަށް ފޫގަޅައިގެން އެންމެބޮޑު މީހާވެސް ނުކުމެ ވަތައް ފައިބައިގެން މަސައްކަތް ފަށާފައެވެ. ފޮނިވެލާފައި ގައުމު މިހިންގީ ރުފިޔާ ފައިސާ ޗާޕު ނުކޮށޭ ދެންވެސް އެކަންކުރާނީ އެގޮތަށޭ ވިދާޅުވެ ކެނޑި ފޮންޏާއި ބައިސާތައް އެހެން ގޮތަކަށް އަނބުރާލައިގެން އެކަން ކުރަން އެއުޅެނީ ހީލަތްތެރި ގޮތަކަށެވެ. ފައިސާދީގެން ގެންގުޅޭ ނޫސްތަކާއި ފުށްޖަހާ ރީތިކޮށްދޭން ވަޒީފާ ދީފައިތިބި ސޯޝަލް މީޑިޔާ ގުރޫޕްތައް ލައްވައި ކިތައްމެ ރީތި އަނދުނެއް އެޅުވިއަސް ކުރަން އުޅޭ ކަމަކީ ނެތްފައިސާ ޗާޕުކުރުމެވެ. އަނެއްކާވެސް ޔޫޓާން އެއް ނަގާފައި ނުކުރާން ބުނި އެކަން އެވަނީ ކުރަން ނިންމާފައެވެ. ބަހުލޫލެއްހެން މަކަރާ ހީލަތުން އުނބަށް ޖަހައި ރުފިޔާ ފައިސާ ޗާޕުކުރަން އެދަނީ މަރުފަލި ޖަހަމުންނެވެ. ގައުމުގެ އިގްތިސޯދު އެނގިތިބި އަދި އެކަމުގެ އާޖުފާޖު ދަންނަ މީހުން އެކަންކުރަން ދެކޮޅުހެދީމާ މަޖްބޫރުން ބޭރުކޮށްގެންނެވެ.

ކޮންމެއަކަސް ސަރުކާރުން ބުނެއުޅޭ ވާހަކައެއް އޮވެއެވެ. ތިމަންމެން ކަންކުރާނީ ޓަރޝަރީ ފެންވަރަށެވެ. ހުޅުމާލެ ހޮސްޕިޓަލް ޓަރޝަރީ ކުރި ގޮތަށެވެ. 400 މިލިއަން ލިބޭ ގޮތައް ޓަރޝަރީ ފެންވަރުގައި ބަންކަރިން ފެށިގޮތަށެވެ. ހަމައެގޮތައް މަކަރާ ހީލަތާ ދެއްކިވާހަކައާއި ދިމާއިދިކޮޅަށް ފައިސާވެސް އެޗާޕު ކުރަނީ މުޅިން އެހެން ނަމެއްގައި ޓަރޝަރީ ފެންވަރަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

14 ސެޕްޓެމްބަރު 2017

ސާފު ފައިސާގެ 5000000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ޓެލެތޯނެއް: ކުޑަޓީމެއްގެ ލައްކަ މަސައްކަތް

14 ސެޕްޓެމްބަރު 2017
ސާފު ފައިސާގެ 5000000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ޓެލެތޯނެއް: ކުޑަޓީމެއްގެ ލައްކަ މަސައްކަތް
16 އޯގަސްޓު 2017

ރައީސް ޔާމީނަށް ފައިސާ ލިބިވަޑައިގެންނެވި ފަސް ގޮތް!

16 އޯގަސްޓު 2017
ރައީސް ޔާމީނަށް ފައިސާ ލިބިވަޑައިގެންނެވި ފަސް ގޮތް!
16 އޯގަސްޓު 2017

ގ. ދޫވެއްސަށް ވެއްދި ހަލާލު ނޫން ފައިސާ!

16 އޯގަސްޓު 2017
ގ. ދޫވެއްސަށް ވެއްދި ހަލާލު ނޫން ފައިސާ!
17 ޖުލައި 2017

ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!

17 ޖުލައި 2017
ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!
15 ޖުލައި 2017

އެމްއެމްޕީއާރުސީ ފައިސާގެ 80 އިންސައްތަ!

15 ޖުލައި 2017
އެމްއެމްޕީއާރުސީ ފައިސާގެ 80 އިންސައްތަ!
12 ޖުލައި 2017

އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

12 ޖުލައި 2017
އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!
02 އެޕްރީލު 2017

ފައިސާ ގޯނީގެ އިއުތިރާފް އޮއްވާ، ގާސިމް ދެއިރު ދެދަޅަޔަށް ފުލުހަށް!

02 އެޕްރީލު 2017
ފައިސާ ގޯނީގެ އިއުތިރާފް އޮއްވާ، ގާސިމް ދެއިރު ދެދަޅަޔަށް ފުލުހަށް!
24 މާރިޗު 2017

ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ

24 މާރިޗު 2017
ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ
04 މާރިޗު 2017

އަލް ސައުދުގެ އާއިލާ: ދީނާއި، އަޙުލާގާއި، ފައިސާ

04 މާރިޗު 2017
އަލް ސައުދުގެ އާއިލާ: ދީނާއި، އަޙުލާގާއި، ފައިސާ
02 ފެބުރުއަރީ 2017

ރެކޯޑް އަދަދަކަށް ދައުލަތަށް ފައިސާ ވަންނައިރު، މުސާރަނުދެވޭ

02 ފެބުރުއަރީ 2017
ރެކޯޑް އަދަދަކަށް ދައުލަތަށް ފައިސާ ވަންނައިރު، މުސާރަނުދެވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް