Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުދިއްޖެ، ފުނޑިއްޖެ ލަވައިގެ މައްސަލަ

ބްރޯޑްކޮމް އިން ބަލަމުންދާ މައްސަލައިގައި ހިމެނޭ ލަވަ އެއީ ޚަބަރާ މައުލޫމާތު ކެޓަގަރީގައި ހިމެނޭ ކޮންޓެންޓެއްތޯ ސާފުކޮށްދިނުމަށް އެދިއްޖެ

ރާއްޖެޓީވީން ބުނާ ބްރޯޑްކާސްޓްކުރި ލަވައަކީ ޚަބަރާ މައުލޫމާތު ކެޓަގަރީގައި ހިމެނޭ ކޮންޓެންޓެއްކަން ބްރޯޑްކާސްޓިން ކޮމިޝަނުން ސާފުކޮށް ދޭން އެދިފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 13 މާރިޗު 2025 | ބުރާސްފަތި 08:22
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބަލަމުންދާ މައްސަލައިގައި ހިމެނޭ ލަވަ "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުން ދެން ފުދިއްޖެއޭ" އެއީ ޚަބަރާ މައުލޫމާތު ކެޓަގަރީގައި ހިމެނޭ ކޮންޓެންޓެއްތޯ ސާފުކޮށްދިނުމަށް އެދިއްޖެއެވެ.

"ފުދިއްޖެ، ފުނޑިއްޖެ" ޚާއްސަ ކަވަރޭޖަށް ރާއްޖެ ޓީވީން ތައްޔާރުކުރި "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުން ދެން ފުދިއްޖެއޭ" ލަވައިގެ މައްސަލަ އަށް ޖަވާބުދާރިވުމަށް ދީފައިވާ ފުރުސަތުގައި ރާއްޖެޓީވީން އެ ކޮމިޝަނަށް ވަނީ ބުރާސްފަތި ދުވަހު ސިޓީއެއް ފޮނުވާފައެވެ.

މޯލްޑިވްސް ބްރޮޑްކާސްޓިންގ ކޮމިޝަންގެ ރައީސް ސޮފާ ޝަފީގަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި ރާއްޖެޓީވީން ބުނެފައިވަނީ މޯލްޑިވްސް ބްރޮޑްކާސްޓިންގ ކޮމިޝަންގެ ސިޓީގައި ބަޔާންކުރެވިފައިވާ ރާއްޖެޓީވީން ބްރޯޑްކާސްޓްކުރި ލަވަ، ސިޓީގައި ބަޔާންކޮށްފައިވާ ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފަސްވަނަ ހަމައިގެ (1) އާއި ޚިލާފުވާކަމަށް ވިދާޅު ވެފައިވާއިރު، އެ ހަމަ ކަމަށް ވިދާޅުވެފައިވަނީ ޚަބަރާ ކަރަންޓް އެފެއާޒް ގެނެސްދިނުން ކަމަށްވާތީ މަތީގައި ބަޔާން ކުރެވިފައިވާ ކޮންޓެންޓް އެއީ ޚަބަރެއްތޯ ނުވަތަ ރިޕޯޓެއްތޯ ސާފުކޮށް ދެއްވުމަށެވެ.

އަދި ސިޓީގައި ބަޔާންކޮށްފައިވާ ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފަސްވަނަ ހަމައިގެ (4) އާއި ކޮންޓެންޓް ޚިލާފުވާ ކަމަށް ވިދާޅު ވެފައިވާއިރު، އޭގައި ވަނީ "ކަމެއް ހިނގިގޮތް ސާބިތުނުވާ ހާލަތެއްގައި، އެކަމެއް ހިނގިކަމަށް ލިބޭ މައުލޫމާތު ހާމަކުރާއިރު މުޢުތަބަރުކަމަށް ޔަޤީންކުރެވޭ މަސްދަރެއްގެ މައްޗަށް ބިނާކޮށް އެކަމެއް ގެނެސްދިނުމާއި" ޚިލާފުވާ ކަމަށެވެ. މިއީ ވެސް ބަޔާން ކުރެވިފައިވާ ޚަބަރާ މައުލޫމާތު ގެނެސްދިނުމުގައި އަމަލުކުރަން ޖެހޭ ގޮތް ކަމަށްވާއިރު، ރާއްޖެޓީވީން ބްރޯޑްކާސްޓްކުރި ކޮންޓެންޓަކީ، ކޯޑް އޮފް ޕްރެކްޓިސްގެ ފަސްވަނަ ހަމައިގެ (1) ގައި ބުނާ ފަދަ ޚަބަރާ މައުލޫމާތު ކެޓަގަރީގައި ހިމެނޭ ކޮންޓެންޓެއް ކަމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ކަނޑައަޅާ އަންގަވައިފި ނަމަ، މި މާއްދާއާއި ކޮންޓެންޓް ޚިލާފުވާ ކަމަށް ވިދާޅުވެފައި އޮތް އޮތުމަށް ޖަވާބެއް ދިނުމުގައި ފަސޭހަވާނެތީ، ކޮމިޝަނުން ބަލަމުންދާ މައްސަލައިގައި ހިމެނޭ ލަވަ އެއީ ޚަބަރާ މައުލޫމާތު ކެޓަގަރީގައި ހިމެނޭ ކޮންޓެންޓެއްތޯ ސާފުކޮށް ދެއްވުމަށް ރާއްޖެ ޓީވީން އެދިފައިވެއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަމުން ދާ މައްސަލަ އަށް ޖަވާބުދާރީވުމަށް އަންގާ 15 ދުވަހުގެ މުއްދަތެއް ބްރޯޑްކޮމް އިން ފުރަތަމަ ދީފައިވަނީ 11 ފެބްރުއަރީގައެވެ. ނަމަވެސް "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުން ދެން ފުދިއްޖެއޭ" ލަވައިގެ މައްސަލައަކީ މުޅިން އައު ޒާތުގެ މައްސަލައަކަށް ވެފައި އަދި ދުނިޔޭގެ އެއްވެސްތާކުން ވެސް ބްރޯޑްކާސްޓަރެއްގެ މައްޗަށް ވެސް މި ބާވަތުގެ މައްސަލައެއް ބެލިކަން އަދި ފެންނަން ނެތުމާއެކު، މިހާރު މިކަމުގައި އަމަލުކުރާ ގޮތުން ޕްރެސިޑެންޓެއް ކަނޑައެޅޭނެތީ މިކަމާއި މެދު އިތުރަށް ވިސްނަން ވަގުތު ބޭނުންވާ ކަމަށް އެއިރު އެދުނެވެ. އަދި އެ މުއްދަތު ބްރޯޑްކޮމް އިން ބުރާސްފަތި ދުވަހާ ހަމައަށް އިތުރުކޮށްދިނެވެ.

މި މައްސަލަ ބަލަން ފެށީ 30 ޖެނުއަރީ 2025 ގައެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު