Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބާރުތައް އެއްކުރުން

ޓޫރިޒަމާއި ބެހޭ ގާނޫނަށް ގެންނަ އިސްލާހާއެކު ރައީސް ބޭނުންފުޅުވާ ކަމެއް، ބޭނުންފުޅުވާ ބަޔަކަށް އެ ރަށެއްގައި ކުރެވޭ ގޮތަށް ކަންކަން ބަދަލުވެގެންދާނެ

ޓޫރިޒަމާއި ބެހޭ ގާނޫނަށް ގެންނަ އިސްލާހާއެކު ކައުންސިލްތަކުގެ ބާރުތައް ކެނޑޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 މާރިޗު 2025 | ބުރާސްފަތި 07:00
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ރާއްޖެޓީވީ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަނީ - 12 މާޗް 2025

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ރާއްޖެޓީވީ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަނީ - 12 މާޗް 2025

ޓޫރިޒަމާއި ބެހޭ ގާނޫނަށް ގެންނަ އިސްލާހާއެކު ރައީސް ބޭނުންފުޅުވާ ކަމެއް، ބޭނުންފުޅުވާ ބަޔަކަށް އެ ރަށެއްގައި ކުރެވޭ ގޮތަށް ކަންކަން ބަދަލުވެގެންދާނެ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދިދީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އުންމީދުގެ ދައުރު ފެށުނީއްސުރެ މަޑުމަޑުން އެކި ބާރުތައް ނަންގަވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ފުރަތަމަ ސިސްޓަމުގެ ތެރެއިން މަޖިލިސް ބޭނުންކޮށްގެން މުށުތެރެއަށް މިނިވަން މުއައްސަސާތައް ގެންދެވި ކަމަށެވެ. އަދި އޭގެފަހުން ޓޫރިޒަމް ގާނޫނަށްވެސް ތިންފަހަރު މަތިން އިސްލާހު ގެނެސްފައިވާ ކަމަށާއި، މި ކަންކަމަކީ ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށަށް މުޅި ދައުލަތުގެ ހުރިހާ މުދަލަކާއި މިލްކިއްޔާތެއް ގެންނަން މަސައްކަތް ކުރެއްވުން ކަމަށް ދިދީ ވިދާޅުވިއެވެ.

Advertisement - newsAdvertisement
މީ ޙަޤީޤަތަކީ. ދިވެހިރާއްޖޭގައި އުފެދިފައި އޮތް އެމް.ޑީ.ޕީން ޤާއިމުކޮށްފައި މިއީ ލާމަރުކަޒީ ޑިމޮކްރެޓިކް ނިޒާމަކީ ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންގެ ބިންތަކާ އެއްޗެއް ބޭނުންކުރަން ރައްޔިތުން ހޮވާފައި ތިއްބެވީ ކައުންސިލުތައް މެދުވެރިކޮށް އެކަން ކުރަން އެގޮތަށް ބައްޓަންކުރެވިފައި އޮތް ސިސްޓަމެއް. އެހެންނަމަވެސް، މި ބޭފުޅުން އައިސް ފުރަތަމަ ވެސް ލާމަރުކަޒީ ނިޒާމާ ކުޅެ އޭގެ ބާރު ކަނޑުވާލަން މަސައްކަތް ކުރަނީ. ދެން މީގެތެރެއިން މިހާރު އޭގެ އެއްބޮޅު މި ފެނިގެން މި ދަނީ ޓޫރިޒަމްގެ ގާނޫނަށް މި ގެންނަ އިސްލާހު. މި ފަހަރުގެ ނިސްލާހުގެ ތެރެއިން މީގެ ކައުންސިލުތަކުގެ ބާރުގެ ދަށުގައި އޮންނަ ބިންތަކާއި، ފަޅުތަކާއި، ރަށްތައް ސީދާ ރައީސުލްޖުމްހޫރިއްޔާ ބޭނުންގޮތަކަށް ޓުއަރިޒަމްގެ ބޭނުމަށް ދޫކުރެވޭ ގޮތަށް މިއަދު މިއުޅެނީ.
މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދިދީ

ދިދީ ވިދާޅުވީ ކައުންސިލުތަކަށް މުތުލަގަށް ލިބިފައި އިން ބާރެއް މި އިސްލާހުގެ ސަބަބުން ކެނޑިގެންދާނެ ކަމަށެވެ. އަދި ރައްޔިތުންނަށް އޮތް ވަރަށް ބޮޑު އުއްމީދުތަކެއް މިކަމުގެ ސަބަބުން ގެއްލިގެންދާނެ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ކަމެއް، ބޭނުންފުޅުވާ ބަޔަކަށް އެ ރަށެއްގައި ކުރެވޭ ގޮތަށް ކަންކަން ބަދަލުވެގެންދާނެ ކަމަށެވެ.

ދީދީ ވިދާޅުވީ މީގެ ސަބަބުން ލާމަރުކަޒީ ނިޒާމު ވެސް ފުނޑިގެންދާނެ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތައް ބާރުވެރިކުރުވުމަށް ލިބިފައިވާ ފުރުސަތު ވެސް ގެއްލިގެން ދާނެ ކަމަށެވެ. ސަރުކާރުގެ މެންބަރުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން ދީދީ ވިދާޅުވީ ސަރުކާރުގެ މެންބަރުން ވަކާލާތުކުރަނީ، ރައީސުލްޖުމްހޫރިއްޔާ ހަމައެކަނި ނިންމަވަނީ ވަކި ރަށެއްގައި ޓޫރިސްޓް ހޮޓަލެއް ނޫނީ ރިސޯޓެއް ހަދަން ކަމަށާއި، ކައުންސިލަށް އެކަމެއް ނުކުރެވޭނެ ކަމަށެވެ.

ދީދީ ވިދާޅުވީ ސަރުކާރުގެ މެންބަރުން އެހެން ވިދާޅުވި ނަމަވެސް، ކައުންސިލްތަކުން މިހާރުވެސް އެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި، ރަށްރަށުގައި ބޮޑެތި ޓޫރިސްޓު ހޮޓާތައް އެޅި ޓޫރިސްޓުން އެއެތަންތަނަށް އަންނަ ކަމަށެވެ.

އެތަން އިހުތިސާސުގެ ތެރޭގައި އޮތަސް އަދި ރަށާއި ކުޑަކޮށް ދުރުގައި އޮތުމަކީ ކުރެވޭ ކަމަށް އެއްވެސް ބަދަލެއް އަންނަ ކަމެއް ނޫން. ހަމަ އެތަނަށް ވެސް އަންނާނީ ޓޫރިސްޓުން. އެހެންކަމުން، ގެންނަން އުޅޭ ބަދަލަކީ، ކައުންސިލުތަކަށް އޮތް ބާރު ކަނޑުވާލަން ކުރާ މަސައްކަތެއް. މީގެ ސަބަބުން ވަރަށް ބޮޑު އިންވެސްޓަރ ކޮންފިޑެންސް ވެސް ގެއްލިގެންދާނެ. ރައްޔިތުންގެ ބާރެއްގެ ތެރޭގައި ރައްޔިތުންގެ ކައުންސިލަކުން ބަޔަކަށް ގޮސް އިންވެސްޓަރުންނަށް ދައްކައިގެން އެކަން ކުރީމާ، އެ އިންވެސްޓަރުންނަށް ވެސް އެބަ އެނގޭ މި ކޮމިއުނިޓީގެ ކަމެއްކަން. ކޮމިއުނިޓީއަށް ތިމަންނަ މި ކުރާ އެންމެ ކަމެއްގެ ސަބަބުން ވަރަށް ބޮޑެތި ފައިދާތަކެއް އެބަ ވާކަން. އެހެންވީމާ، އޭރުމުން ދެކުމުގެ ފުރުޞަތު ވެސް އެބަވޭ. އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ކުރާ ކަމެއް ވެއްޖެއްޔާ މިކަން ގިނަ ފަހަރު ނުވެފައި އޮންނާނެ.
މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދިދީ

މެންބަރު ދިދީ ވިދާޅުވީ މިކަން މިއީ ދިގުލައިގެންގޮސް، ހަގީގަތަކަށް ނުވާނެ ކަންކަން ކަމަށާއި، މިއީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. ދީދީ ވިދާޅުވީ ޓޫރިޒަމް ގާނުނަށް އިސްލާހު ގެނައުމުގެ ބިލުގެ ތެރެއިން މި ސަރުކާރުން އަބަދުވެސް ގެންނާނީ ޑިސްކައުންޓު މާއްދާއެއް ކަމަށެވެ.

އޭނާ ވިދާޅުވީ ދިމާވާ ގޮތަކީ، ދިވެހިރާއްޖޭގައި ރިސޯޓުތައް ކުއްޔަށް ދެވިފައި ހުރި ގޮތުން، ސަރުކާރުން ބޭނުންވަނީ، ދިގު މުއްދަތަކަށް ކުއްޔަށް ހިފާފައި ހުރި ފަރާތްތަކުން، ފަންސާސް އަހަރަށް ހިފާފައި ހުރި ފަރާތްތަކުން 99 އަހަރަށް 6 ވެސް ތެރޭގައި މުއްދަތަު އިތުރުކުރާނަމަ ބޮޑު ޑިސްކައުންޓެއް ދޭގޮތަށް ކަމަށެވެ. ދީދީ ވިދާޅުވީ އާންމު ގޮތެއްގައި ދިވެހިރާއްޖޭގެ ރޭޓިންގައި އޮންނަ ގޮތުން ދިހަ ވަރަކަށް މިލިއަން ޑޮލަރުގެ އިންވެސްޓުމަންޓެއް ނޫނީ އިންކަމް ކެޕިޓަލް ދައުލަތަށް ލިބެން އޮތް ތަނަކުން ފަސް މިލިއަން ޑޮލަރު ލިބޭ ގޮތަށް 6 މަސް ދުވަހުގެ ތެރޭގައި ބަދަލުކުރާނަމަ އެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މިއީ ރައްޔިތުންނަށް ލިބިގެންދާ މާލި ބޮޑު ގެއްލުމެއް ކަމަށާއި، މިއީ ރައްޔިތުންނަށް ވީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ދީދީ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!

12 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ގާނޫނަށް ހުށަހެޅީ ޕީޕީއެމްގެ އުސޫލްތަކާ ހިލާފު އިސްލާހެއް:ޔުމްނާ

ގާނޫނަށް ހުށަހެޅީ ޕީޕީއެމްގެ އުސޫލްތަކާ ހިލާފު އިސްލާހެއް:ޔުމްނާ

08 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު