Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ

އައްޑޫގެ ކަރަންޓުގެ މައްސަލައިގައި ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސްކުރަން ފުރުސަތު ނުދީ ބޭރުކޮށްލައިފި

10 މާރިޗު 2025 | ހޯމަ 06:32

އެ މައްސަލަ ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާޙިމް ނާޒިލް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 10 މާރިޗު 2025 | ހޯމަ 06:32
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުން އެ ސިޓީގެ ރައްޔިތުންގެ އަސާސީ ދިރިއުޅުމަށް ދަތިވާ ވަރަށް ކަރަންޓު ކެނޑެމުންދާތީ ހުށަހެޅި ކުއްލި މައްސަލަ ޕީއެންސީގެ މެޖޯރިޓީ ބޭނުންކޮށްގެން މަޖިލީހުން ބޭރުކޮށްލައިފިއެވެ.

އެ މައްސަލަ ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާޙިމް ނާޒިލް އެވެ.

Advertisement - newsAdvertisement

އެ މައްސަލަ ބޭރުކޮށްލާފައި ވަނީ އެ މައްސަލަ އަށް ބަހުސްކުރަން ނުފެންނަ ކަމަށް 47 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. އެ ކުއްލި މައްސަލަ އަށް ބަހުސްކުރަން ފެންނަ ކަމަށް 13 މެމްބަރަކު ވަނީ ވޯޓުދެއްވާފައެވެ.

އެ މައްސަލައިގައި ބުނެފައި ވަނީ އައްޑޫގެ ހިތަދޫ، މަރަދޫ، މަރަދޫ – ފޭދޫ އަދި ފޭދޫ އަކީ މާލެ ފިޔަވާ އެންމެ ބޮޑު އާބާދީ އެއް އޮތްތަން ކަމަށެވެ. އެހެންކަމަށް ވީ ނަމަވެސް އެ ސީޓީ އަށް ކަރަންޓުގެ ޚިދުމަތް ދިނުމުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ނާޒިލް ވިދާޅުވިއެވެ.

ރަމަޟާން މަސް ފެށެންވާއިރަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެހެންނަމަވެސް ސަރުކާރުން އައްޑޫ ސިޓީ އަށް ކަރަންޓު ފޯރުކޮށްދިނުމުގައި އިހުމާލުވަމުންދާ ދިއުމުގެ ސަބަބުން މި ރަމަޟާން މަހު އެ ސިޓީގެ އާއްމުންގެ އަސާސީ ދިރިއުޅުމުގެ ހާލަތަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ނާޒިލް ފާހަގަކުރެއްވިއެވެ.

އައްޑޫގެ ކަރަންޓުގެ ޚިދުމަތް އެންމެ އަސާސީ މިންވަރަށް ފޯރުކޮށްދިނުމަށް ވެސް ސަރުކާރުން ނުކުޅެދިފައިވާކަމަށް ވެސް ނާޒިލް ވިދާޅުވިއެވެ. އެގޮތުން ތަކުރާރުކޮށް، އެ ރަށްތަކުން ކަރަންޓު ކެނޑުމުގެ ސަބަބުން ބޮޑެތި ދަތިތަކެއް ދިމާވެ، އެ ރަށްރަށުގެ ގޭގެއިންނާއި، އޮފީސްތަކާއި، ފިހާރަތަކުން ދޭން ޖެހޭ ޚިދުމަތް ވެސް އާއްމުންނަށް ނުދެވޭ ކަމަށް ނާޒިލް ވިދާޅުވިއެވެ.

މީގެ އިތުރުން ކަރަންޓު ކެނޑުމުގެ ސަބަބުން، ޓީވީ، އޭސީ، ފްރިޖްފަދަ އަގުބޮޑު ސާމާނުތައް ހަލާކުވަމުންދާ ކަމަށް ވެސް ނާޒިލް ވިދާޅުވިއެވެ. މި މައްސަލަ އަށް ސަރުކާރުން އެއްވެސް ހައްލެއް ހޯދާ ނުދިނުމުން އައްޑޫގެ ރައްޔިތުން ދިރިއުޅެމުން ދަނީ ހާސްކަމާއި އުނދަގުލުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެކަންކަން ބަލައި ނުގަނެވޭ ކަމަށް ފާހަގަކޮށް ނާޒިލް ވަނީ މި މައްސަލައިގައި ހުރި ކަންބޮޑުވުންތައް ކުއްލި މައްސަލައިގައި ހިއްސާކުރައްވާފައެވެ. އެގޮތުން ކަރަންޓުގެ މައްސަލަ ދިމާ ވަނީ އައްޑޫގެ ސެންޓްރަލް ޕަވަރ ސްޓޭޝަންގައި ހުރި 3 ޖެނެރޭޓަރ ސެޓް މަރާމާތު ނުކުރެވިގެން ކަމަށް ވެސް ނާޒިލް ވިދާޅުވިއެވެ. އެ ސެޓްތައް މަރާމާތު ނުކުރެވޭ ސަބަބަކީ މަރާމާތުކުރަން ބޭނުންވާ ސްޕަރ ޕާރޓްސް ފެނަކައިގެ މާލޭ ހެޑް އޮފީހުން ފޮނުވާ ނުދީގެން ކަމަށް ނާޒިލް ވަނީ ވިދާޅުވެފައެވެ.

އެ ކުއްލި މައްސަލައިގައި ނާޒިލް އިތުރަށް ވިދާޅުވީ މި މައްސަލަ ވަގުތީގޮތުން ހައްލުކުރުމަށް މި ވަގުތަށް ވެސް 3 މެގަވޯޓްގެ ދެ ޖެނެރޭޓަރ ސެޓް ބޭނުންވާ ކަމަށެވެ. އެކަން އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަނުން ފާހަގަކުރަމުން ދަނިކޮށް އައްޑޫ އަށް ގެންދިޔައީ 1.8 މެގަވޯޓްގެ އެންމެ ޖެނެރޭޓަރ ސެޓެއް ކަމަށް އެ މައްސަލައިގައިވެއެވެ. އެއީ އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ ކެޕޭސިޓީ އެއް ނޫން ކަމަށް ވެސް ނާޒިލް ވަނީ ވިދާޅުވެފައެވެ.

ޔުޓިލިޓީ ރެގިއުލޭޓްރީ އޮތޯރިޓީގެ ޤާނޫނު ބުނާގޮތުން އާއްމު ބޭނުންތަކާއި ޚިދުމަތްތަކަކީ ރާއްޖޭގެ އެންމެންނަށް ހަރުދަނާ ކަމާއި އެކު ދޭން ޖެހޭ އިތުބާރު ހުރި ޚިދުމަތަކަށް ސަރުކާރުން ހަދަން ޖެހޭ ކަމަށާއި އެ މަހްފޫމާއި އެއްގޮތަށް ސަރުކާރުން އަމަލު ނުކުރާ ކަމަށް ނާޒިލް ވިދާޅުވިއެވެ. އެހެންކަމުން އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އަދާކުރުމަށް އެ ކުއްލި މައްސަލައިގައި ގޮވާލާފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް