Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާ އިން ކަރަންޓު ކަނޑާލުމަށް އިސްރާއީލުން ނިންމައިފި

10 މާރިޗު 2025 | ހޯމަ 05:37

އެ ބްލޮކޭޑްގައި ކަރަންޓު، ފެން އަދި ކާބޯތަކެތި ކަނޑާލުން ހިމެނޭ. ކޯހެންގެ ވީޑިއޯ މެސެޖެއްގައި އޭނާ ވިދާޅުވީ، "ޣައްޒާ އަށް ކަރަންޓު ފޯރުކޮށްދިނުން ވަގުތުން ހުއްޓާލުމަށް އަމުރުކޮށް، ސޮއިކޮށްފި" ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 މާރިޗު 2025 | ހޯމަ 05:37
އިސްރާއީލުގެ ހަމަލާއެއްގައި ނައްތާލެވިފައިވާ ގެތައް ފެންނަ ޑްރޯން ފޮޓޯއެއް

އިސްރާއީލުގެ ހަމަލާއެއްގައި ނައްތާލެވިފައިވާ ގެތައް ފެންނަ ޑްރޯން ފޮޓޯއެއް

ޣައްޒާ އިން ކަރަންޓު ކަނޑާލުމަށް، ހައްދުފަހަނަ އެޅި އިސްރާއީލްގެ އެނަރޖީ މިނިސްޓަރު އެލީ ކޯހެން އަމުރު ކުރައްވައިފި އެވެ.

 މިއީ އިސްރާއީލުން ޣައްޒާ އަށް އެހީ ފޯރުކޮށްދިނުން ހުއްޓާލިތާ ހަފްތާއެއް ފަހުން ނިންމި ނިންމުމެކެވެ. މި ނިންމުމަކީ 2023 ވަނަ އަހަރުގެއޮކްޓޯބަރު މަހުގެ ހަތެއް ގައި، ހަމާސްގެ ހަމަލާ އަށް ފަހު އިސްރާއީލުން ޣައްޒާ އަށް ގެނައި "ފުރިހަމަ ބްލޮކޭޑް" އާ އެއްގޮތް ފިޔަވަޅެކެވެ.

Advertisement - worldAdvertisement

އެ ބްލޮކޭޑްގައި ކަރަންޓު، ފެން އަދި ކާބޯތަކެތި ކަނޑާލުން ހިމެނެ އެވެ. ކޯހެންގެ ވީޑިއޯ މެސެޖެއްގައި އޭނާ ވިދާޅުވީ، "ޣައްޒާ އަށް ކަރަންޓު ފޯރުކޮށްދިނުން ވަގުތުން ހުއްޓާލުމަށް އަމުރުކޮށް، ސޮއިކޮށްފިން" ކަމަށެވެ. 

 "އަޅުގަނޑުމެން ރަހީނުން އަނބުރާ ގެނައުމަށް، އަދި ހަނގުރާމައަށް ފަހު ގައްޒާގައި ހަމާސް އަށް ނޫޅެވޭނެކަން ކަށަވަރު ކުރުމަށް އަޅުގަނޑުމެންގެ އަތުގައި ހުރި ހުރިހާ ވަސީލަތެއް ބޭނުން ކުރާނަން." ކޯހެން ވިދާޅުވި އެވެ.

ހަމާސްއިން ވަނީ އިސްރާއީލުން އެހީ ހުއްޓާލުމަކީ "ހަނގުރާމައިގެ ކުށެއް" ކަމަށް ބުނެފަ އެވެ. މި ފިޔަވަޅުން ޣައްޒާ ގައި ތިބި އިސްރާއީލްގެ ރަހީނުންނަށް އަސަރު ކުރާނެ ކަމަށް ހަމާސްއިން ބުނެ އެވެ.

އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނެތަންޔާހޫ ވަނީ، ރަހީނުން ދޫނުކޮށްފިނަމަ ހަމާސް އަށް "ހިޔާލު ނުކުރެވޭ ވަރުގެ" ނަތީޖާއެއް ކުރިމަތި ވާނެކަމަށް ވިދާޅުވެ އިންޒާރު ދެއްވައިފަ އެވެ.

އިސްރާއީލްގެ މީޑިއާ ތަކުން ރިޕޯޓުކުރާ ގޮތުގައި، ނަތަންޔާހޫ ވަނީ "ހެލް ޕްލޭން" ގެ ނަމުގައި ހަމާސް އަށް ފިއްތުން އިތުރު ކުރުމުގެ ރޭވުމެއް އެކުލަވާލައިފަ އެވެ.

މިހާރު ޣައްޒާ ގައި އަދިވެސް އިސްރާއީލްގެ 50 ރަހީނުން ތިބި ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.  އޭގެ ތެރެއިން 34 މީހުން މަރުވެފައިވާކަން އިސްރާއީލްގެ މިލިޓަރީން ވަނީ ކަށަވަރު ކޮށްފަ އެވެ.

އެންމެ ހިނގާ

1

އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި

2

ޓްރަމްޕަށް ކުރިމަތިވި ނާކާމިޔާބީއާއެކު ޔޫކްރެއިން ހަނގުރާމައިގެ މިސްރާބު ބަދަލުވަނީ

3

ކުރީ ސަރުކާރުން ރާއްޖެ ބަނގުރޫޓުކޮށް، ފައިސާ ޗާޕުކޮށް، ދަރަނިވެރި ކޮށްލިކަމަށް ވިދާޅުވެ ރައީސް މުއިއްޒުގެ ބަހުގެ ހަމަލާތަކެއް އަމާޒުކުރެއްވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި!

4

"އިސްރާއީލަކީ މުއްސަނދި ޤައުމެއް، ދެން އެހީއެއް ނުދޭނަން": އިންތިޚާބުން ބަލިވުމަށްފަހު، ވީޓޯގެ ބާރާއި ޚާރިޖީ ސިޔާސަތުގެ އިންޒާރެއް ޓްރަމްޕް ދެއްވައިފި

5

ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި

އިތުރަށް ކިޔާލަން

20 ޖޫން 2017

މުމްބާއީއަށް ހަމަލާ ދިން މައްސަލައިގައި 6 މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައިފި

20 ޖޫން 2017
މުމްބާއީއަށް ހަމަލާ ދިން މައްސަލައިގައި 6 މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައިފި
17 ޖޫން 2017

ގްރެންފެލް ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި 58 މީހުން މަރުވެފައިވާ ކަމަށް ނިންމައިފި

17 ޖޫން 2017
ގްރެންފެލް ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި 58 މީހުން މަރުވެފައިވާ ކަމަށް ނިންމައިފި
13 ޖޫން 2017

ގަތަރާ ގުޅުން ކަނޑާލުމަށް ސޯމާލިއާގެ ރައީސަށް 80 މިލިއަން ޑޮލަރު!!

13 ޖޫން 2017
ގަތަރާ ގުޅުން ކަނޑާލުމަށް ސޯމާލިއާގެ ރައީސަށް 80 މިލިއަން ޑޮލަރު!!
13 ޖޫން 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި

13 ޖޫން 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި
25 މެއި 2017

މެންޗެސްޓަރގެ ހަމަލާ: އިންޓެލިޖެންސް މައުލޫމާތު އެމެރިކާއާ ހިއްސާނުކުރަން އިނގިރޭސިވިލާތުން ނިންމައިފި

25 މެއި 2017
މެންޗެސްޓަރގެ ހަމަލާ: އިންޓެލިޖެންސް މައުލޫމާތު އެމެރިކާއާ ހިއްސާނުކުރަން އިނގިރޭސިވިލާތުން ނިންމައިފި
21 މެއި 2017

ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

21 މެއި 2017
ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި
16 ފެބުރުއަރީ 2017

ކިމްޖޮން ނަމްގެ ޕޯސްޓް މޯޓަމް ނިންމައިފި

16 ފެބުރުއަރީ 2017
ކިމްޖޮން ނަމްގެ ޕޯސްޓް މޯޓަމް ނިންމައިފި
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
07 ޖެނުއަރީ 2017

އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ

07 ޖެނުއަރީ 2017
އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް