Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއައި.ޓީ.ބީ ބަރލިން 2025

އައި.ޓީ.ބީ ބަރލިން 2025: ރާއްޖެ ޕްރޮމޯޓްކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރޭ

9 މާރިޗު 2025 | އާދީއްތަ 08:32

އައިޓީބީ (އިންޓަނޭޝަނަލް ޓޫރިޒަމް ބަރލިން) އަކީ ޔޫރަޕްގެ ސަރަޙައްދުގައި، ބާއްވާ ދުނިޔޭގެ އެންމެ ކުރީ ސަފުގެ ދަތުރުފަތުރުގެ ވިޔަފާރީގެ ޝޯވް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 9 މާރިޗު 2025 | އާދީއްތަ 08:32
އައިޓީބީ ބާރލިން ފެއަރ 2025 - 04-03-2025

އައިޓީބީ ބާރލިން ފެއަރ 2025 - 04-03-2025

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އައި.ޓީ.ބީ ބަރލިން 2025 ގައި ރާއްޖެ އިޝްތިހާރު ކުރުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާ ކަމަށް ބުނެ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. 

މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމް.އެމް.ޕީ.އާރް.ސީ) އިން މިފަދަ ފެއަރއެއްގައި ބައިވެރިވެ ރާއްޖެ އިޝްތިހާރު ކުރުމަށް ގެންގުޅެފައިވާ، މާކެޓިންގ ސްޓްރެޓެޖީއާއި މި ފެއަރގައި ބައިވެރިވެ ރާއްޖެއަށް ލިބުނު ފާއިދާ ކުޑަކަމަށް މިދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ބުނެފައެވެ. 

ފަތުރުވެރިކަމުގެ ދާއިރާގެ ފަންނީ ތަޖުރިބާކާރެއް ކަމުގައިވާ މުހައްމަދު ފިރާޤު ވިދާޅުވެފައިވަނީ އައި.ޓީ.ބީ ގައި ދިވެހިރާއްޖޭގެ ހަޤީޤީ ރޫހު ގެއްލެމުންދާކަމަށެވެ. އެގޮތުން މީގެ ކުރިން މިފަދަ ފެއަރތަކުގައި ރާއްޖެ ތަމްސީލް ކުރަނީ އެންމެ މަތީ ފަންތީގައި ކަމަށާއި ރާއްޖޭގެ ސްޓޭންޓަށް ފެއަރއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. 

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މި ފެއަރގައި ބައިވެރިވުމުގެ ޚަރަދު ބޮޑުވެ، އޭގެ ފައިދާ ކުޑަވަމުންދާކަމަށް މިފެއަރގައި ބައިވެރިވި ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. 

މިއެގްޒިބިޝަންގައި ދިވެހިރާއްޖެއިން މަސައްކަތްކުރާނީ، ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއަކީ ލީޑިންގ ޑެސްޓިނޭޝަންގެ ގޮތުގައި ޕްރޮމޯޓްކޮށް، ފަތުރުވެރިންގެ މެދުގައި މަގްބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަށް ކަމަށް ކުރިން ބުނެފައިވީ ނަމަވެސް، ޖަރުމަނުވިލާތުގައި ރާއްޖޭގެ  ފަތުރުވެރިކަން އިޝްތިހާރުކުުރުމަށް، ޓެކްސީތައް ބޭނުންކުރުމަކީ ލަގްޒަރީ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް އެކަށީގެންވާ ގޮތެއްތޯ މިފެއަރގައި ބައިވެރިވި ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ.

އެހެންކަމުން މިފަހަރުގެ ފެއަރގައި އެމް.އެމް.ޕީ.އާރް.ސީގެ މާކެޓިންގ ސްޓްރެޓެޖީއާއި ޚަރަދުތަކާމެދު ވަނީ ފާޑުކިޔުންތައް އިތުރުވެފައެވެ. އައިޓީބީ ބަރލިން ކޮންވެންޝަން އޮންނާނީ އައިޓީބީ ބަރލިންގެ ބައެއްގެ ގޮތުގައި 4ން 6 މާރޗް 2025 އަށް ބަރލިން އެގްޒިބިޝަން ގްރައުންޑްސްގައެވެ. 

އައިޓީބީ (އިންޓަނޭޝަނަލް ޓޫރިޒަމް ބަރލިން) އަކީ ޔޫރަޕްގެ ސަރަޙައްދުގައި، ބާއްވާ ދުނިޔޭގެ އެންމެ ކުރީ ސަފުގެ ދަތުރުފަތުރުގެ ވިޔަފާރީގެ ޝޯއެވެ.އައިޓީބީ ބަރލިން އިވެންޓަކީ ދަތުރުފަތުރުގެ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތާއި، އެކި އުފެންދުންތެރިން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެއްތަނަކަށް އެއްވެ، ފަތުރުވެރިކަމުގެ ޕްރޮފެޝަނަލުންނާއި އެއްތަނަކުން ބައްދަލުވެ، މަޝްވަރާކޮށް ވިޔަފާރީގެ އެކި ކަންކަމުގައި ގުޅުންބަދަލިވެގެންދާ ވަރަށް ރަނގަޅު ޕްލެޓްފޯމެކެވެ.

2024 ވަނަ އަހަރު، މި ކޮންވެންޝަނަށް 24,000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރިއެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެބޮޑު މައުރަޒު އައިޓީބީ ބާލިން ފެއާގައި ދިވެހިރާއްޖެއިން އެންމެ ފުރަތަމަ ބައިވެރިވީ މީގެ 37 އަހަރުކުރިން 1986ގައެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
06 މާރިޗު 2017

ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

06 މާރިޗު 2017
ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ
25 ފެބުރުއަރީ 2017

އައިޓީބީގައި 88 ކުންފުނިން ބައިވެރިވޭ: އެމްއެމްޕީއާރްސީ

25 ފެބުރުއަރީ 2017
އައިޓީބީގައި 88 ކުންފުނިން ބައިވެރިވޭ: އެމްއެމްޕީއާރްސީ
21 ފެބުރުއަރީ 2017

ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ

21 ފެބުރުއަރީ 2017
ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
18 ފެބުރުއަރީ 2017

އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

18 ފެބުރުއަރީ 2017
އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
21 ޖެނުއަރީ 2017

އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި

21 ޖެނުއަރީ 2017
އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި
08 ޖެނުއަރީ 2017

އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ

08 ޖެނުއަރީ 2017
އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ
07 ޖެނުއަރީ 2017

2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް 73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ

07 ޖެނުއަރީ 2017
2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް  73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް