Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއާ ލީގު

ކުޑަހުވަދޫ މެޗު ފަސޭހަކޮށް ނުނަގާނަން، ކުޅުންތެރިން އަސްލު ފޯމު ދައްކައިފިނަމަ މޮޅުވާނެ: ސޮބާ

23 އޯގަސްޓު 2017 | ބުދަ 11:11

ކުޑަހުވަދޫ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ވަނީ އެޓީމު ބަލިވެފައި

ލީވާން އަލީ
ލީވާން އަލީ | 23 އޯގަސްޓު 2017 | ބުދަ 11:11
ގްރީން ސްޓްރީޓްގެ ކޯޗު ސޮބާހް މުހައްމަދު

ގްރީން ސްޓްރީޓްގެ ކޯޗު ސޮބާހް މުހައްމަދު

ކުޑަހުވަދޫއާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަނުވާނެ ކަމަށާއި، ކުޅުންތެރިންގެ އަސްލު ފޯމު ދައްކައިފިނަމަ މޮޅުވާނެ ކަމަށް ކްލަބް ގްރީން ސްޓްރީޓްގެ ކޯޗު ސޮބާހް މުހައްމަދު (ސޮބާ) ބުނެފި އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކުޑަހުވަދޫއާ ދެކޮޅަށް ނިކުތުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ސޮބާ ބުނީ ކުޑަހުވަދޫ ޓީމު އަންނަނީ ޝިޔާޒް މުހައްމަދު (މޯހަން) ގެ އިރުޝާދުގެ ދަށުން ރަނގަޅު ފުޓުބޯޅައެއް ކުޅެމުން ކަމަށާއި، އެޓީމު މެޗަކަށްފަހު މެޗެއް ރަނގަޅުކުރަމުން އަންނަ ކަމަށެވެ.

ސޮބާ ބުނީ ކުޑަހުވަދޫ މެޗަކީ ފަސޭހަ މެޗަކަށްވެގެންނުދާނެ ކަމަށާއި، ފުޓުބޯޅައިގައި ކޮންމެފަދަ ނަތީޖާއެއްވެސް ނިކުމެދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އެގޮތުން ކުޑަހުވަދޫއަށް ފުރިހަމައަށް އިހުތިރާމްކުރާނެ ކަމަށާއި، އެޓީމު ވަރަށް ސީރިއަސްކޮށް ނަގާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މީގެއިތުރުން ސޮބާ ބުނީ ޓީމުގެ ކުޅުންތެރިންގެ އަސްލު ފޯމު ދައްކައިފިނަމަ ކުޑަހުވަދޫއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކުރެވޭނެ ކަމަށެވެ. އެގޮތުން އޭނާ ބުނީ ސީޒަން ރަނގަޅު ހިސާބެއްގައި ނިންމާލަން ކުޑަ ހުވަދޫ މެޗުގެ ތިން ޕޮއިންޓު ވަރަށް މުހިންމު ކަމަށެވެ.

ސޮބާ ލީގުގެ ހުރިހާ މެޗެއް ވެސް ބަލަމުން އަންނަ ކަމަށާއި، އެހެން ނަމަވެސް ކުޑަހުވަދޫގެ އެއްވެސް ކުޅުންތެރިޔަކު ޕާސަނެލްކޮށް ނުދަންނަ ކަމަށެވެ. އެގޮތުން އޭނާ ބުނީ ކުޑަހުވަދޫގެ ނަމްބަރު ހަތެއް ވަރަށް ހުނަރުވެރިކަމަށާއި، އެޓީމުގައި ތިބޭ ތިން އެފްރިކާ ކުޅުންތެރިންނަކީ ވެސް ފިޒިކަލް ރަނގަޅު ކުޅުންތެރިން ކަމަށެވެ.

ފުރަތަމަ ޑިވިޝަނަށް އަލަށް އައި ޓީމުތަކުގެ ކުޅުން ފެނިފައިވާކަން ފާހަގަކުރަމުން ސޮބާ ބުނީ އެ ޓީމުތައް ރަނގަޅަށް ކުޅެމުން އަންނަ ކަމަށެވެ.

ލީގުގައި ކުޑަހުވަދޫ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން އެޓީމު ބަލިވެފައިވާއިރު، އެއް މެޗު ވަނީ އެއްވަރުވެފައެވެ. ގްރީން ސްޓްރީޓް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައިވާއިރު، އެއް މެޗުން ވަނީ އެޓީމު ބަލިވެފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް