Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބްލެޓަރ އަދި ޕްލެޓިނީގެ ކޮރަޕްޝަންގެ މައްސަަލަ

ބްލެޓަރ އާއި ޕެލެޓިނީގެ މައްސަލައިގެ އިސްތިއުނާފުގެ އަޑު އެހުންތައް ފަށައިފި

5 މާރިޗު 2025 | ބުދަ 05:41

ތިން ފަނޑިޔާރުން ހިމެނޭ ބެންޗަކުން ބަލަމުން އަންނަ މި އިސްތިއުނާފުގެ ޙުކުމް ކުރުން އޮންނާނީ، މާޗު މަހުގެ 25 ވަނަ ދުވަހު ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 މާރިޗު 2025 | ބުދަ 05:41
މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާގެ ޝަރީއަތް އަލުން ކުރިއަށް ގެންދިއުމަށް ސްވިޓްޒަލޭންޑްގެ މުޓެންޒްގައި ހުންނަ ހާއްސަ އިސްތިއުނާފް ކޯޓަށް، ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓަރ، އަދި ޔުއެފާގެ ކުރީގެ ރައީސް މިޝޭލް ޕްލެޓިނީ ވަޑައިގަންނަވަނީ

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ކުރީގެ ރައީސް ސެޕް ބްލެޓަރ އަދި ޔޫރަޕުގެ ފުޓުބޯޅަ އެސޯސިއޭޝަން (ޔުއެފާ)ގެ ކުރީގެ ރައީސް މިޝޭލް ޕްލެޓިނީގެ މައްޗަށް ކުރެވޭ ޚިޔާނާތާއި ކޮރަޕްޝަންގެ މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުމަށް އެ ދެ ބޭފުޅުން ކޯޓަށް ޙާޟިރު ކޮށްފި އެވެ.

ބްލެޓަރ އަަދި ޕްލެޓިނީގެ މައްޗަށް ކުރެވޭ ތުހުމަތުގައި މީގެ ކުރިން ވަނީ އެ ދެ މީހުންގެ މައްސަލައެއް ނެތް ކަމަށް ކޯޓުން ކަނޑައަޅައިފަ އެވެ. ސްވިޓްޒަލެންޑުގެ ދަށު ކޯޓަކުން އެ މައްސަލަ ބެލުމަށްފަހު، އެ ދެ މީހުންގެ މައްސަލައެއް ނެތް ކަމަށް ނިންމާފައި ވަނީ 2022 ވަނަ އަހަރު އެވެ. އެއީ ހަތް އަހަރު ދުވަހުގެ ދިގު މުއްދަތަކަށް ކުރިއަށް ގެންދިޔަ ތަހުގީގަށް ފަހު އެވެ.

ފުޓުބޯޅައިގެ ދެ ބާރުގެ ކުރީގެ ވެރިންގެ މައްޗަށް ކުރެވޭ ޚިޔާނާތުގެ ތުހުމަތަކީ 2.22 މިލިއަން އެމެރިކާ ޑޮލަރާ ގުޅުން ހުރި މައްސަލަ އެކެވެ. އެ ތުހުމަތުގައި ބުނެފައި ވަނީ ފީފާގެ ކުރީގެ ރައީސް ބްލެޓަރ، ޔުއެފާގެ ކުރީގެ ރައީސް ޕްލަޓެނީ އަށް 2.22 މިލިއަން އެމެރިކާ ޑޮލަރު ދީފައި ވަނީ، ޤަވާއިދާ ޚިލާފަށް ކަމަށެވެ.

މި ދެ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާގައި މީގެ ކުރިން 2021 ވަނަ އަހަރު ޕަބްލިކް ޕްރޮސެކިއުޓަރުން ބުނެފައި ވަނީ، އެ މުއާމަލާތުގެ ސަބަބުން ފީފާގެ މުދަލަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޤާނޫނުތަކާއި، ޤަވާއިދުތަކާ ޚިލާފަށް ޕްލަޓެނީ އަށް މުއްސަނދި ކަމެއް ލިބިފަައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ މުއާމަލާތް ހިންގާފައި ވަނީ ޞައްޙަ ގޮތުގައި ކަމަށް ސްވިޓްޒަލެންޑުގެ ދަށު ކޯޓުން ކުރި ޙުކުމް، މަތީ ކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފަ އެވެ. އެ އިސްތިއުނާފުގެ އަޑު އެހުންތައް ފަށާފައިވާއިރު، ބްލެޓަރ އަދި ޕަލްޓެނީ ވަނީ ހޯމަ ދުވަހު ސްވިޒަލެންޑުގެ މަތީ ކޯޓަށް ޙާޟިރު ކޮށްފަ އެވެ.

މި މައްސަލައިގެ ދެ ވަނަ އަޑުއެހުމެއް ބުރާސްފަތި ދުވަހު ބާއްވަން ތާވަލުކޮށްފައިވެ އެވެ. ތިން ފަނޑިޔާރުން ހިމެނޭ ބެންޗަކުން ބަލަމުން އަންނަ މި އިސްތިއުނާފުގެ ޙުކުމް ކުރުން އޮންނާނީ، މާޗު މަހުގެ 25 ވަނަ ދުވަހު ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް