Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިފްކޯ

މިފްކޯގެ ސީއީއޯގެ މަޤާމް ގެއްލުނީ ކޮރަޕްޝަނާ ދެކޮޅަށް އޭނާ ފެށި މަސައްކަތުން: ޔައުޤޫބް

މިފްކޯގެ ކޮރަޕްޝަން މުލުން ލުހެލާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި

ހުޝާމް މުހަޢްމަދް
ހުޝާމް މުހަޢްމަދް | 5 މާރިޗު 2025 | ބުދަ 05:43
ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ

ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ

މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހު މިފްކޯގެ ސީއީއޯގެ މަޤާމަށް އައްޔަނުކުރި ޑރ. ވިޓާލީ ލިއުބިމޮވްގެ މަޤާމް 3 މަސްތެރޭގައި ގެއްލިގެންދިޔައީ މިފްކޯގެ އެތެރޭގައި އޮތް ކޮރަޕްޝަން ނައްތާލުމަށް އޭނާ ކުރަންފެށި މަސައްކަތާ ދެކޮޅަށް ސިޔާސީ ނުފޫޒު އޮތް ބަޔަކު ތެދުވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުޤޫބު އަބުދުﷲ ވިދާޅުވެއްޖެއެވެ. އޭނާ އެހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

ޔައުޤޫބު ވިދާޅުވީ އޭނާއަށް އެނގިފައިވާ ގޮތުގައި ފަހަކަށް އައިސް މިފްކޯގެ ބޯޑު ބައްދަލުވުންތަކުގައި ސީއީއޯގެ ނިންމުންތަކަށް ދިޔައީ ހުއްޓުމެއްނެތި ފާޑު ކިޔެމުން ކަމަށެވެ. އަދި ވަރަށް ފަހުން ވަކިކުރި މިފްކޯގެ 3 ޖެނެރަލް މެނޭޖަރުން ވަކިކުރި ފަހުން އެކުންފުނީގެ ބޯޑު ބައްދަލުވުންތައް އިތުރަށް ދިޔައީ ހޫނުވަމުން ކަމަށް ވިދާޅުވިއެވެ.

މިފްކޯގެ ސީއީއޯ މިމަހުގެ 3 ވަނަ ދުވަހު އެމަޤާމުން ވަކިކުރުމުގެ ކުރިން އޮތް ބޯޑު ބައްދަލުވުމެއްގައި ސީއީއޯގެ ހިތްހަމަނުޖެހުން ބޮޑުވެގެން ގޮސް ކަރުދާސްތަކެއް ވީދާލިކަމަށް ވެސް އެނގިފައިވާ ކަމަށް ޔައުޤޫބު ވިދާޅުވިއެވެ.

ޔައުޤޫބު ވިދާޅުވީ ސީއީއޯގެ މަޤާމާ ޑރ. ވިޓާލީ ހަވާލުވެލެއްވުމަށް ފަހު އޭނާ ކޮރަޕްޝަނާ ދެކޮޅަށް ކުރައްވާ މަސައްކަތަށް ހުރަސް އެޅުމަށް ނުވަތަ ނުފޫޒު ފޯރުވަން މަސައްކަތްކުރާ ފަރާތްތަކެއް ތިބި ނަމަ އެފަރާތްތަކެއްގެ ނަން ހާމަ ކުރައްވާނެ ކަމަށް ވިދާޅުވުމުން އޭރު ކޮންމެސް ވަރެއްގެ ހިންހަމަޖެހުމެއް ލިބިލެއްވި ކަމަށެވެ.

އިސްލާހީ ފިޔަވަޅުގެ ދަށުންކަމަށް ބުނެ މިފްކޯގެ 3 ޖެނެރަލް މެނޭޖަރުން މަޤާމުން ވަކިކޮށްފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ 18 ވަނަ ދުވަހުއެވެ.

ޑރ، ވިޓާލީ ސީއީއޯގެ މަޤާމަށް އައްޔަނު ކުރެވުނު ފަހުން ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ މިފްކޯގެ ކޮރަޕްޝަން މުލުން ލުހެލާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

11 ޖުލައި 2017

ކޮރަޕްޝަނާ ގުޅޭ ގޮތުން ޕީޕީއެމްގެ މެމްބަރުން ދެއްކެވި ވާހަކަ ދެކޮޅެއް ނުޖެހޭ!

11 ޖުލައި 2017
ކޮރަޕްޝަނާ ގުޅޭ ގޮތުން ޕީޕީއެމްގެ މެމްބަރުން ދެއްކެވި ވާހަކަ ދެކޮޅެއް ނުޖެހޭ!
11 މެއި 2017

ސަރުކާރަށް އިންތިޚާބު ގެއްލުނީ އިޤްތިސޯދީ ދޯހަޅިކަމާއި އިންސާފު ނެތުމުން:ނަޝީދު

11 މެއި 2017
ސަރުކާރަށް އިންތިޚާބު ގެއްލުނީ އިޤްތިސޯދީ ދޯހަޅިކަމާއި އިންސާފު ނެތުމުން:ނަޝީދު
10 މެއި 2017

ރާއްޖެ އަށް ތަރައްގީ އަންނަން ޖެހޭނީ ކޮރަޕްޝަނާ ނުލާ: ނައިބް ރައީސް

10 މެއި 2017
ރާއްޖެ އަށް ތަރައްގީ އަންނަން ޖެހޭނީ ކޮރަޕްޝަނާ ނުލާ: ނައިބް ރައީސް
05 މެއި 2017

ކޮރަޕްޝަނާ ދެކޮޅުކަން ހާމަކުރުން ވާޖިބު، އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓް ދެއްވާ: ކާނަލް ނާޒިމް

05 މެއި 2017
ކޮރަޕްޝަނާ ދެކޮޅުކަން ހާމަކުރުން ވާޖިބު، އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓް ދެއްވާ: ކާނަލް ނާޒިމް
29 އެޕްރީލު 2017

ސިޔާސީ ލީޑަރުންނަށް ފިއްތުންތައް ކުރިމަތިވެފައިވަނީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރުމުން: ހަސަން ލަތީފު

29 އެޕްރީލު 2017
ސިޔާސީ ލީޑަރުންނަށް ފިއްތުންތައް ކުރިމަތިވެފައިވަނީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރުމުން: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު