Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދިއްދޫ އެއަރޕޯޓް

ދިއްދޫ އެއަރޕޯޓު ތަރައްގީ ކުރަން ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ބަޔަކާ ހަވާލުނުކުރާ ކަމަށް ވިދާޅުވެ މުއްތަލިބް ރައްޔިތުންގެ މަޖިހަށް އިތުރުފުޅު ހައްދަވައިފި

ދިއްދޫ އެއަރޕޯޓް ޕްރޮޖެކްޓުގެ ފްރޭމްވޯކް އެއްބަސްވުމުގައި ޗައިނާގެ ކުންފުންޏަކާއެކު މޯލްޑިވްސް އެއަރޕޯޓްސް ކުންފުނިން ވަނީ ސޮއިކޮށްފައި

ރާއްޖެ އެމްވީ | 3 މާރިޗު 2025 | ހޯމަ 18:09
ހއ. ދިއްދޫ އެއަރޕޯޓް ޕްރޮޖެކްޓުގެ ފްރޭމްވޯކް އެއްބަސްވުމުގައި ޗައިނާގެ ކުންފުންޏަކާއެކު މޯލްޑިވްސް އެއަރޕޯޓްސް ކުންފުނިން ވަނީ ސޮއިކޮށްފައި

ހއ. ދިއްދޫ އެއަރޕޯޓް ޕްރޮޖެކްޓުގެ ފްރޭމްވޯކް އެއްބަސްވުމުގައި ޗައިނާގެ ކުންފުންޏަކާއެކު މޯލްޑިވްސް އެއަރޕޯޓްސް ކުންފުނިން ވަނީ ސޮއިކޮށްފައި

ހއ. ދިއްދޫ އެއަރޕޯޓް ތަރައްގީ ކުރަން ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އެއްވެސް ބަޔަކާ ހަވާލު ކުރެވިފައި ނުވާކަމަށް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލިހަށް 24 ފެބްރުއަރީ 2025 ގެ ތާރީޚުގައި ފޮނުއްވި ސިޓީ އެއްގައި މުއްތަލިބު އިތުރަށް ވިދާޅުވީ، ދިއްދޫ އެއަރޕޯޓުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީ އާ 19 އޭޕްރީލް 2024 ގައި ހަވާލު ކުރެވިފައިވާ ކަމަށާއި އެހެން ނަމަވެސް އެކަމުގެ އަމަލީ މަސައްކަތް ފެށިފައި ނުވާ ކަމުގައެވެ.

Advertisement - newsAdvertisement

ބިންހިއްކުމާއި ތޮށިލުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލު ކުރެވިފައިވީ ނަމަވެސް މި މަޝްރޫއުގެ ފީސިބިލިޓީ ސްޓަޑީ އެއް ހަދާފައި ނުވާ ކަމަށް ވެސް މުއްތަލިބު ވިދާޅުވިއެވެ.

ދިއްދޫ އެއަރޕޯޓް ތަރައްގީ ކުރަން ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އެއްވެސް ބަޔަކާ ހަވާލު ކުރެވިފައި ނުވާކަމަށް ވިދާޅުވެ މުއްތަލިބު ރައްޔިތުންގެ މަޖިލިހަށް މައުލޫމާތު ދެއްވި އިރު އެއީ ކަނޑައެޅިގެން އިތުރުފުޅެކެވެ.

ހއ. ދިއްދޫ އެއަރޕޯޓް ޕްރޮޖެކްޓުގެ ފްރޭމްވޯކް އެއްބަސްވުމުގައި ޗައިނާގެ ކުންފުންޏަކާއެކު މޯލްޑިވްސް އެއަރޕޯޓްސް ކުންފުނިން ވަނީ ސޮއިކޮށްފައެވެ. ސޮއިކުރި އިވެންޓްގެ ފޮޓޯތައް ގިނަ ބަޔަކަށް ވަނީ ފެނިފައެވެ.

ސޮއި ކުރުމަށް އެއަރޕޯޓު ކުންފުނީގައި ބޭއްވި ރަސްމިއްޔާތުގައި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

އެ އެއްބަސްވުމުގައި އެއަރޕޯޓްސް ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ، ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހީމް ޝަރީފް މުހައްމަދު އެވެ.

ފްރޭމްވޯކް އެއްބަސްވުމާ ބެހޭ އެއްވެސް ތަފްސީލެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

އަޑި ނޭގޭ ގޮތައް ހަވާލު ކުރި މި މަޝްރޫއުގައި އެތައް މިލިއަން ޑޮލަރުގެ ކަރަޕްޝަން އެކުލެވޭ ކަމުގެ ވާހަކަތައް ވަނީ ފެންމަތިވެފައެވެ.

ދިއްދޫ އަށް ރައީސް މުއިއްޒު މި އަހަރުގެ ޖަނަވަރީ މަހުގެ ފަހުކޮޅު ކުރެއްވި ދަތުރުފުޅުގައި ވެސް އެރަށުގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ބޭރުގެ ބަޔަކާ އެކު ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ދިއްދޫއަށް ދެން ވަޑައިގަންނަވާނީ، އެ ރަށުގެ އެއަރޕޯޓަށް ޖައްސާ މަތިންދާ ބޯޓުގައި، އެ އެއަރޕޯޓް ހުޅުވައިދެއްވުމަށް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

އަދުގެ ސަރުކާރުން ގެންގުޅޭ ސަރަޙައްދީ ތަރައްޤީގެ ވިސްނުމުގައި، ހއ. ދިއްދޫގައި އެއަރޕޯރޓެއް އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި، އެކަން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން، އެ ދަތުރުފުޅުގައި ވެސް މުޢިއްޒު ދެއްވިއެވެ.

މި މޭރުމުން ވާހަކަފުޅުދައްވަމުން މުއިއްޒު ވިދާޅުވީ، ހއ. ދިއްދޫގައި އެއަރޕޯޓް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތްތައް ފެށުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ތަރުތީބުކުރެވިފައިވާ ކަމަށެވެ. އެގޮތުން، އެމް.ޓީ.ސީ.ސީއާއި، ބޭރުގެ ފަރާތަކާއެކު ފްރޭމްވަރކް އެއްބަސްވުމެއް އެކުލަވައިލެވި، ޢަމަލީ މަސައްކަތްތައް ފެށުމާ ހަމައަށް މިހާރު ދަތުރުކުރެވިފައިވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާފަރު އެއާޕޯޓް ތަރައްގީކުރުން ސަން ސިޔާމްގެ ކުންފުންޏާ ހަވާލުކޮށްފި

މާފަރު އެއާޕޯޓް ތަރައްގީކުރުން ސަން ސިޔާމްގެ ކުންފުންޏާ ހަވާލުކޮށްފި

26 އެޕްރީލު 2017
އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި

އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި

18 މާރިޗު 2017
ދިއްދޫ އަބުރު ފަންޑަަށް 23،105 ލިބިއްޖެ

ދިއްދޫ އަބުރު ފަންޑަަށް 23،105 ލިބިއްޖެ

14 މާރިޗު 2017
ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި

ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި

13 މާރިޗު 2017
ފ. އަތޮޅު ވިއްކާލުމާ ބެހޭ ބެނާއެއް ދަމައިފި ނަމަ ދިއްދޫ ޖަލްސާ ހުއްޓުވާނެކަމުގެ އިންޒާރު ފުލުހުން ދީފި

ފ. އަތޮޅު ވިއްކާލުމާ ބެހޭ ބެނާއެއް ދަމައިފި ނަމަ ދިއްދޫ ޖަލްސާ ހުއްޓުވާނެކަމުގެ އިންޒާރު ފުލުހުން ދީފި

07 މާރިޗު 2017

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު