Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައްޔިތުން މަޖިލީހުގެ ޖަލްސާ 30 މިނެޓަށް

ރަމަޟާން މަހުގެ ފުރަތަމަ ރައްޔިތުން މަޖިލީހުގެ ޖަލްސާ އެންމެ 30 މިނެޓް، މިއީ ހައްގު މިންވަރުތޯ؟

3 މާރިޗު 2025 | ހޯމަ 08:34

3 މާރިޗު 2025 ވީ ހޯމަ ދުވަހު މިވަނީ ރަމަޟާން މަހުގެ ފުރަތަމަ ޖަލްސާ ބާއްވާފައެވެ. 10:30 ގައި ފެށި މި ޖަލްސާ ކުރިއަށް ގެންގޮސްފައިވަނީ 30 މިނެޓާއި، 26 ސިކުންތަށެވެ.

އަމްނާ އިމާދު
އަމްނާ އިމާދު | 3 މާރިޗު 2025 | ހޯމަ 08:34
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބޭ މުސަރާއި، އިނާޔަތްތަކާއި އެއްވަރަށް މަސައްކަތް ނުކުރާ ޝަކުވާ އަބަދުވެސް ބޮޑެވެ. 80،000ށް ވުރެމަތިން މުސަރާ ނަންގަވައިގެން މަޖިލީހުގެ ޖަލްސާތަކަށް ގަވާއިދުން ހާޒިރުނުވާ މެންބަރުން ވެސް އެމަޖިލީހުގައި ތިއްބަވައެވެ. ރައްޔިތުންގެ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް މެމްބަރުންގެ ކަންކަން ނިންމެވުމަށް ވެސް ތިއްބެވީ މެންބަރުން ކަމަށްވާތީ، ރައްޔިތުން އެދޭ ފަދަ ހެޔޮ ބަދަލެއް މަޖިލީހަކުން ނުފެނެއެވެ.

ޚާއްސަކޮށް މިހާރު އޮތް ސަރުކާރުގެ ސުޕަރ މެޖޯރިޓީ އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ މަޖިލީހަކަށްވުރެ، ބޮޑަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ނިންމަވާ ނިންމެވުންތައް ތަންފީޒު ކުރުމަށްޓަކައި މަޖިލީހުން ކުރަންޖެހޭ މަސައްކަތްތައް އަވަސް އަރުވާލައިގެން ކުރާ މަޖިލީހެއްގެ ގޮތުގައި ވަނީ ފެނިގެން ގޮސްފައެވެ.

ކަންމިހެން އޮތްވައި، ރަމަޟާން މަހާއި ގާތްވެފައިވަނިކޮށް، 13 ފެބްރުއަރީ 2025 ގައި ޕީއެންސީގެ އަޣުލަބިއްޔަތު އޮންނަ އާންމު ކޮމިޓީން ވަނީ ރޯދަ މަހު މަޖިލިސް ބަންދު ކުރަން ފާސް ވެސް ކޮށްފައެވެ. ނަމަވެސް އެމްޑީޕީގެ މަޖިލިސް މެންބަރުން ދެކޮޅު ހައްދަވައި، އާއްމު ރައްޔިތުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމާއި ގުޅިގެން އެނިންމުން ބަދަލުކުރިއެވެ. އަދި 26 ފެބްރުއަރީ 2025 ވީ ބުދަ ދުވަހު ކުރިއަށް ގެންދިޔަ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ރަމަޟާން މަހު ބާއްވާ ޖަލްސާތައް ހެނދުނު 10:30ން މެންދުރު 14:00ށް ކުރިއަށްގެންދާނެ ކަމަށެވެ.

އެގޮތުން 3 މާރިޗު 2025 ވީ ހޯމަ ދުވަހު މިވަނީ ރަމަޟާން މަހުގެ ފުރަތަމަ ޖަލްސާ ބާއްވާފައެވެ. 10:30 ގައި ފެށި މި ޖަލްސާ ކުރިއަށް ގެންގޮސްފައިވަނީ 30 މިނެޓާއި، 26 ސިކުންތަށެވެ. މި ޖަލްސާއަށް އެޖެންޑާގައި އޮތީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ ލިޔުމުން ޖަވާބު ހޯދުމަށް ކުރެއްވި ހަތަރު ސުވާލުގެ ޖަވާބު ތަޅުމަށް އިއްވުމާއި އަދި ގައުމުތަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަނުކުރުމުގެ މަސައްކަތެވެ.

މި ހޯމަ ދުވަހުގެ ޖަލްސާގެ އެޖެންޑާގެ މަސައްކަތްތައް ނިންމާލުމަށްފަހު، މަޖިލީހުގެ ހުރިހާ މަސައްކަތެއް ވަނީ ނިންމާލާފައެވެ. މީގެ ކުރިން މަޖިލީހުގައި މަސައްކަތްތައް ކުރިއަށް ގެންދާ ގޮތަށްބަލާއިރު، އެޖެންޑާގައި ހިމެނިފައިވާ މަސައްކަތްތައް ނިމުނު ނަމަވެސް އެކިއެކި ކޮމެޓީތަކުގެ މަސައްކަތްތައް ކުރިއަށް ގެންދެއެވެ. ނަމަވެސް ހޯމަ ދުވަހު ކޮމެޓީތައް ތާވަލުކޮށްފައިނުވެއެވެ.

މިއީ ރައްޔިތުންނަށްހައްގު މިންވަރުތޯ ސުވާލުކޮށްލުން ރަނގަޅެވެ. ރޯދަ މަހަކަސް، އީދަކަސް ލިބޭ މުސާރަކޮޅު ހަލާލުވޭތޯ ދިވެހި އެތައް ބަޔަކު ގުދާރު ބިންގައިގެން ދަންދެން މަސައްކަތް ކުރަނީއެވެ. ބައެއް ޚިދުމަތްތައް ދޭ މީހުންނަށް ބަންދު ދުވަހެއް ލިބެނީ ދަމަކުން ބަޑިއެއް ޖަހާ އުސޫލުންނެވެ. އެ ވެރިންނަށް ލިބޭ މުސާރައިން ކިރިޔާ ކަތާވަރު ވަނީއެވެ. ނަމަވެސް އެއްކަލަ 82500 ރުފިޔާ ލިބިވަޑައިގަންނަވާ މެމްބަރު، ހުދު ގަމީހާއި ޓައި ކޮޅުގައި މަޖިލީސް ކުރާ ގެކޮޅަށް ހާޒިރުވެފައި، 30 މިނިޓު ފަހުން ޒިންމާއިން މިންޖުވީއެވެ. މިއީ ރައްޔިތު މީހާ އަށް ހައްގު މިންވަރުކަމަށް ދެކޭ މެމްބަރުންތަކެއް ރައްޔިތުންގެ މަންދޫބުން ކަމުގައި ތިބިއްޔާ ދެން މި ގައުމުގެ ޙާލަތު ވިސްނާލައްވާށެވެ. ދެންވެސް ކިޔަންވީ ހަމަ ރައްޔިތުންގެ މެމްބަރުންނޭތޯއެވެ؟

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ

12 އެޕްރީލު 2017
މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ
03 އެޕްރީލު 2017

ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

03 އެޕްރީލު 2017
ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން
24 މާރިޗު 2017

ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ

24 މާރިޗު 2017
ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ
18 މާރިޗު 2017

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!
17 މާރިޗު 2017

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!
11 މާރިޗު 2017

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!
08 މާރިޗު 2017

މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

08 މާރިޗު 2017
މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!
07 މާރިޗު 2017

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް
02 މާރިޗު 2017

ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

02 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟
17 ޖެނުއަރީ 2017

ރައްޔިތުން ހަނާވާއިރު، މުޅި މާލެ "މުއިއްޒުވެފައި" އެވެ. ހައްލެއް ބޭނުމެވެ.

17 ޖެނުއަރީ 2017
ރައްޔިތުން ހަނާވާއިރު، މުޅި މާލެ "މުއިއްޒުވެފައި" އެވެ. ހައްލެއް ބޭނުމެވެ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް