Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހއ. ދިއްދޫ

ދިއްދޫ ފުޓުބޯޅަ ދަނޑުގައި ޒުވާނުން ކުޅުމަށް ހުރަސް އަޅައި، ކަރަންޓު ބޯޑު ނަގައިފި

3 މާރިޗު 2025 | ހޯމަ 06:48

އާދީއްތަ ދުވަހުގެ ވަގުތެއްގައި ދިއްދޫ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ވަނީ ދަނޑުގައި ހުރި ކަރަންޓު ބޯޑު ނައްޓާލައިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 މާރިޗު 2025 | ހޯމަ 06:48
ދިއްދޫ ފުޓުބޯޅަ ދަނޑުގައި ހުރި ކަރަންޓު ބޯޑު ނައްޓާލުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ވަގުތު އެ ސަރަހައްދުގައި އެ ރަށުގެ ޒުވާނުން އެއްވެފައި

ދިއްދޫ ފުޓުބޯޅަ ދަނޑުގައި ހުރި ކަރަންޓު ބޯޑު ނައްޓާލުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ވަގުތު އެ ސަރަހައްދުގައި އެ ރަށުގެ ޒުވާނުން އެއްވެފައި

ހއ.ދިއްދޫ ގައި ޤާއިމުކޮށްފައިވާ ބޮޑު ފުޓުބޯޅަ ދަނޑުގައި، ރޭގަނޑު ޒުވާނުން ކުޅުމަށް ހުރަސް އަޅައި، އެ ރަށު ކައުންސިލް ރައީސްގެ އެންގުމަށް ދަނޑުގައި ހުރި ކަރަންޓު ބޯޑު ނަގައިފި އެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮަޑު ފުޓުބޯޅަ ދަނޑު ޤާއިމު ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިޔައިރު، ދިއްދޫ ގައި ވެސް ވަނީ ދަނޑެއް ޤާއިމު ކޮށްފަ އެވެ. އަދި ރޭގަނޑުގެ ވަގުތުގައި ކުޅެވޭ ގޮތަށް ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތް ވެސް ކުރީ ސަރުކާރުގައި އޮތީ ނިންމައިފަ އެވެ.

Advertisement - newsAdvertisement

އެހެންކަމުން ޒުވާނުން ރޭގަނޑުގެ ވަގުތުގައި ކުޅެން ބޭނުންވާއިރު، އެ ރަށު ކައުންސިލުން އެކަމަށް ހުރަސްއަޅާ ކަމަށް ދިއްދޫގެ ކުޅިވަރު ޖަމިއްޔާތަކުން ބުނެ އެވެ. އެގޮތުން ރޭގަނޑުގެ ވަގުތުގައި ދަނޑުގެ ލައިޓުތައް ޖެއްސުމުން ކަރަންޓު ޚަރަދު ބޮޑުވާ ކަމަށާއި، ކަރަންޓު ބިލަށް ފައިސާ ދައްކާނެ ބަޖެޓު ކައުންސިލްގައި ނެތް ކަމަށް ވެސް ކައުންސިލުން ބުނެފައިވާ ކަމަށް އެ ޖަމިއްޔާތަކުން ބުނެ އެވެ.

އެހެން ނަމަވެސް، މިއަހަރުގެ ތެރޭގައި ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު ދިއްދޫ އަށް ވަޑައިގެންނެވި ދަތުރެއްގައި ޒުވާނުން ވަނީ އެކަމުގެ ކަންބޮޑުވުން ވަޒީރާ ވެސް ހިއްސާކޮށްފަ އެވެ. އެއާއެކު، މި ރަމަޟާން މަހުގެ ތެރޭ ރޭގަނޑުގެ ވަގުތުގައި ވެސް ދަނޑުގައި ކުޅެވޭނެ އިންތިޒާމު ހަމަޖައްސައި ދެއްވާނެ ކަމަށް ވަޒީރު ވިދާޅުވި ކަމަށް ޖަމިއްޔާތަކުން ބުނެ އެވެ. އަދި ވަޒީރު އެހެން ވިދާޅުވީ ކައުންސިލްގެ ރައީސްގެ ވެސް ޙާޟިރުގައިކަން އެ ފަރާތްތަކުން ފާހަގަ ކުރެ އެވެ.

ރޭގަނޑުގެ ވަގުތުގައި ޒުވާނުން ދަނޑުގައި ކުޅެން ބޭނުންވި ނަމަވެސް، ކައުންސިލުން ވަނީ އެކަމަށް ހުރަސް އަޅައިފަ އެވެ. އެގޮތުން އާދީއްތަ ދުވަހުގެ ވަގުތެއްގައި ދިއްދޫ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ވަނީ ދަނޑުގައި ހުރި ކަރަންޓު ބޯޑު ނައްޓާލައިފަ އެވެ. ފެނަކަ މުވައްޒަފުން އެކަން ކޮށްފައި ވަނީ އެ ރަށު ކައުންސިލް ރައީސްގެ އެންގުމުގެ މަތިން ކަމަށް ކުޅިވަރު ޖަމިއްޔާތަކުން ވަނީ ބުނެފަ އެވެ.

ކަރަންޓު ބޯޑު ނެގުމާ ދެކޮޅު ހެދުމުގެ ގޮތުން ދިއްދޫގެ ޒުވާނުން ވަނީ ދަނޑު ސަރަހައްދުގައި އިހުތިޖާޖު ވެސް ކޮށްފަ އެވެ. އަދި އެ ސަރަހައްދަށް ފުލުހުން ވެސް އައިސްފައިވާއިރު، ދިއްދޫގެ ޒުވާނުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުން ތަކެއް ހިނގި ކަމުގެ މައުލޫމާތު ވެސް ލިބިފައިވެ އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

05 ޖުލައި 2017

ރައީސް ޔާމީނަށް ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން ޒުވާނުންގެ އެއްވުމެއް ބާއްވައިފި

05 ޖުލައި 2017
ރައީސް ޔާމީނަށް ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން ޒުވާނުންގެ އެއްވުމެއް ބާއްވައިފި
04 ޖުލައި 2017

ޕީޕީއެމް މެމްބަރުކަމުން ދިއްދޫ ދާއިރާގެ މެމްބަރު ލަތީފް ވަކިވެވަޑައިގެންފި

04 ޖުލައި 2017
ޕީޕީއެމް މެމްބަރުކަމުން ދިއްދޫ ދާއިރާގެ މެމްބަރު ލަތީފް ވަކިވެވަޑައިގެންފި
30 ޖޫން 2017

ދިއްދޫ ދާއިރާގެ މެމްބަރު ވައިބާ ގްރޫޕުން ބޭރުކުރަން ގޮވާލައިފި

30 ޖޫން 2017
ދިއްދޫ ދާއިރާގެ މެމްބަރު ވައިބާ ގްރޫޕުން ބޭރުކުރަން ގޮވާލައިފި
23 ޖޫން 2017

އައްޑޫގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ދެ ޒުވާނުން މާލެ ގެނެސްފި

23 ޖޫން 2017
އައްޑޫގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ދެ ޒުވާނުން މާލެ ގެނެސްފި
22 ޖޫން 2017

އެކްސިޑެންޓްގައި ޒަހަމްވި ދެ ޒުވާނުން މާލެ ގެންނަނީ

22 ޖޫން 2017
އެކްސިޑެންޓްގައި ޒަހަމްވި ދެ ޒުވާނުން މާލެ ގެންނަނީ
18 މާރިޗު 2017

އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި

18 މާރިޗު 2017
އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި
14 މާރިޗު 2017

ދިއްދޫ އަބުރު ފަންޑަަށް 23،105 ލިބިއްޖެ

14 މާރިޗު 2017
ދިއްދޫ އަބުރު ފަންޑަަށް 23،105 ލިބިއްޖެ
13 މާރިޗު 2017

ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި

13 މާރިޗު 2017
ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި
07 މާރިޗު 2017

ފ. އަތޮޅު ވިއްކާލުމާ ބެހޭ ބެނާއެއް ދަމައިފި ނަމަ ދިއްދޫ ޖަލްސާ ހުއްޓުވާނެކަމުގެ އިންޒާރު ފުލުހުން ދީފި

07 މާރިޗު 2017
ފ. އަތޮޅު ވިއްކާލުމާ ބެހޭ ބެނާއެއް ދަމައިފި ނަމަ ދިއްދޫ ޖަލްސާ ހުއްޓުވާނެކަމުގެ އިންޒާރު ފުލުހުން ދީފި
18 ފެބުރުއަރީ 2017

ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

18 ފެބުރުއަރީ 2017
ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް