Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބާރުތައް އެއްކުރުން

ދިވެހިންނަށް ނޭގި ވެރިކަމަށް އައްޔަންކުރެވިފައި މި ހުރީ "ހިޓްލަރ" އެއް - އީސަ

1 މާރިޗު 2025 | ހޮނިހިރު 20:23

ތިން ފަނޑިޔާރުން ސަސްޕެންޑްކުރުމާއި، މިނިވަން މުޢައްސަސާތަކަށް އަތްބޭނުން ފަދަ އެތައް ކަމެއް މި ސަރުކާރުގެ ކިބައިން ފެންނަ ކަމަށް އޭނާ ވަނީ ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 1 މާރިޗު 2025 | ހޮނިހިރު 20:23
 ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސަ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސަ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ދިވެހިންނަށް ނޭނގި ދިވެހިރާއްޖޭގެ ވެރިކަމަށް މިހާރު އައްޔަން ކުރެވިފައި ހުރީ މި ޤައުމުގެ ހިޓްލަރ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރުމާއި، މިނިވަން މުޢައްސަސާތަކަށް އަތްބޭނުން ފަދަ އެތައް ކަމެއް މި ސަރުކާރުގެ ކިބައިން ފެންނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ސުޕްރީމް ކޯޓުގެ ބާރުތައް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އަތް މައްޗަށް ނެންގެވުމުން މުޅި ޤައުމުގެ ބާރު އެ މަނިކުފާނަށް ލިބޭނެ ކަމަށް އީސަ ވިދާޅުވިއެވެ.

ޖަރުމަނުގައި ވެރިކަން ކުރައްވަން އެޑޮލްފް ހިޓްލަރ ވެސް ކުރެއްވި ކަމަކީ ޤާނޫނަށް ބަދަލު ގެންނަވައިގެން، ޤާނޫނަކުން ރައީސަށް ހުރިހާ ބާރެއް ލިބޭ ގޮތް ހަމަޖެއްސުން ކަމަށް އީސަ ވިދާޅުވިއެވެ. އެހެންކަމުން މިއަދު ފެންނަނީ ދިވެހިންނަށް ނޭނގި ދިވެހިންގެ ވެރިއަކަށް ހިޓްލަރ އެއް އައްޔަން ކުރެވިފައިވާ މަންޒަރު ކަމަށް ވެސް އީސަ ވަނީ ވިދާޅުވެފައެވެ.

އީސަ ވިދާޅުވި ގޮތުގައި އެއްވެސް ޤައުމެއްގައި ޚުދުމުހުތާރު ވެރިކަމެއް ޤާއިމް ވަނީ އެއް ދުވަހަކުން ނޫނެވެ. އެއީ އެކި ދުވަސްތައް މަތިން މިނިވަން މުޢައްސަސާތަކާއި އިދާރާތައް ވެރި މީހާގެ މުށުތެރެ އަށް ލުމާއި، އިދާރާތަކާއި މުއައްސަސާތަކުގެ ބާރު ކަނޑުވާލުމުގެ ތެރެއިން ރޭވިގެން ހިނގާ ކަމެއް ކަމަށް އީސަ ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދު ކަރުގައި ވާ ޖަހައިގެން ސުޕްރީމް ކޯޓު ދަމަމުންދާ ކަމަށް ސިފަކުރައްވާ އޭނާ ވިދާޅުވީ މިހާރު ރާއްޖޭގައި އޮތް ސުޕްރީމް ކޯޓަކީ މުޅި ރާއްޖޭގެ އިތުރުން ބައިނަލްއަޤުވާމީ ގޮތުން ވެސް އެންމެ ބޮޑަށް ބަލައިގަތް ސުޕްރީމް ކޯޓުކަމަށް އީސަ ވަނީ ވިދާޅުވެފައެވެ.

ފަހަރަކު ބާރެއް އަތަށް ނަގަމުން ގޮސް ވެރިކަމުގެ ބާރުތަކަށް އަތް ބާނައިފި. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބޭނުންކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ކަނޑުވާލައިފި. މިހާރު އެތިބީ އަޅުން. އެއީ މުއިއްޒުގެ އަޅުން. މެމްބަރުން ލައްވާ އެ އުޅެނީ މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލަން. މިހާރަކު ނެތް މެމްބަރުން އައްޔަން ކުރި ގޮތުގެ އަސްލެއް އެތާކު (ރައްޔިތުންގެ މަޖިލީހަކު).
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސާ

މެމްބަރުންގެ ބާރުތައް ކަނޑުވާލުމުން ރައްޔިތުން އަނގައިން ނުބުނުމުގެ ނަތީޖާ އަކީ ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލުން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ހިސާބުން ވެސް އަޅާ ނުލުމުން މިނިވަން މުއައްސަސާތަކަށް ރައީސް މުއިއްޒު އަތް ބޭނުއްވި ކަމަށާއި އެކަމަށް ވެސް އަޅާ ނުލުމުން ދެން ފެނިގެން ދަނީ ސުޕްރީމް ކޯޓަށް އަތްބާނާ މަންޒަރު ކަމަށް އީސަ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިއަދު ރައީސް މުއިއްޒު ބޭނުންފުޅު ވާ ހުރިހާ ގޮތަކަށް ކަންކަން ދޫކޮށްލައިގެން ރައްޔިތުން ތިބެއްޖެ ނަމަ އޭގެ ނަތީޖާ ވަރަށް ގޯސް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

31 މާރިޗު 2017

މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު

31 މާރިޗު 2017
މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު
22 މާރިޗު 2017

ގައުމުގެ ބައެއް ފިކުރުތައް ހުރީ އިބިލީހަށް ވުރެވެސް ކުރީގައި: ރައީސް ޔާމީން

22 މާރިޗު 2017
ގައުމުގެ ބައެއް ފިކުރުތައް ހުރީ އިބިލީހަށް ވުރެވެސް ކުރީގައި: ރައީސް ޔާމީން
14 މާރިޗު 2017

ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ

14 މާރިޗު 2017
ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ
14 މާރިޗު 2017

އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ

14 މާރިޗު 2017
އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ
10 މާރިޗު 2017

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު

10 މާރިޗު 2017
އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު
23 ފެބުރުއަރީ 2017

ގިނަ އުޅަނދުތަކެއް ހުރީ އިންޝުއަރެންސް ވެސް ނުކޮށް، އަލިފާން ނިވި ބޭނުންކުރަން ނޭނގޭ:އެމްއެންޑީއެފް

23 ފެބުރުއަރީ 2017
ގިނަ އުޅަނދުތަކެއް ހުރީ އިންޝުއަރެންސް ވެސް ނުކޮށް، އަލިފާން ނިވި ބޭނުންކުރަން ނޭނގޭ:އެމްއެންޑީއެފް
22 ފެބުރުއަރީ 2017

ކޯޓުގައި އަދި ފޮލިހުގައި ވެސް މައްސަލައެއް ނެތް، އެކަމަކު މިހުރީ ބަންދުކޮށްފަ: ޝިދާތާ

22 ފެބުރުއަރީ 2017
ކޯޓުގައި އަދި ފޮލިހުގައި ވެސް މައްސަލައެއް ނެތް، އެކަމަކު މިހުރީ ބަންދުކޮށްފަ: ޝިދާތާ
11 ފެބުރުއަރީ 2017

ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

11 ފެބުރުއަރީ 2017
ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް