Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފައްޔާޒް އިސްމާއިލް

މިގައުމު ހެޔޮމަގަށް އެޅުވުމަށް "މިތިބީ އެކުގައި ގަދަކޮށް" ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

23 ޖޫން 2025 | ހޯމަ 18:38

ފައްޔާޒް ވިދާޅުވީ ރައީސް ނަޝީދުގެ އިތުރުން މިރޭ އަލަށް ގުޅިވަޑައިގެންނެވި އެންމެހާ ބޭފުޅުންނަށްވެސް ފައްފަށުން މަރުހާބާ ވިދާޅުވާ ކަމަށެވެ. އަދި ފަހަތަށް ބަލަން ތިބެވޭކަށް ނެތް ކަމަށާއި ފަހަތަށް ބަލަންތިއްބާ މިފެންނަނީ މިގައުމު ގެއްލިގެން ދާތަން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އަލީ ޝާހީން
އަލީ ޝާހީން | 23 ޖޫން 2025 | ހޯމަ 18:38
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް

މިގައުމު ހެޔޮމަގަށް އެޅުވުމަށް "މިތިބީ އެކުގައި ގަދަކޮށް" ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް ވިދާޅުވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ޕާޓިގެ ވަރުގަދަ ފަހުލަވާނުންތަކެއް ދުވަސްކޮޅަކު ދުރުގައި ތިބުމަށްފަހު އަނެއްކާވެސް ޕާޓިއާއި ގުޅިވަޑައިގެންނެވުމަކީ މި ގައުމު ހެޔޮމަގަށް އެޅުއްވުމަށް ލިބޭ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާއި ގުޅިވަޑައިގަތުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑިޕީގެ ޗެއަރޕާރސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ ރައީސް ނަޝީދުގެ އިތުރުން މިރޭ އަލަށް ގުޅިވަޑައިގެންނެވި އެންމެހާ ބޭފުޅުންނަށްވެސް ފައްފަށުން މަރުހާބާ ވިދާޅުވާ ކަމަށެވެ. އަދި ފަހަތަށް ބަލަން ތިބެވޭކަށް ނެތް ކަމަށާއި ފަހަތަށް ބަލަންތިއްބާ މިފެންނަނީ މިގައުމު ގެއްލިގެން ދާތަން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އުމުރުގެ ބޮޑު ތަނުގައި މިއްނަތް މަސައްކަތް ކޮށްގެން ހޯދި ހައްގުތަށް ނިގުޅައިގަނެގެން ދާތަން ލޯކުރިމަތިން ދަނީ ފެންނަމުން ކަމަށާއި މިއަދު ފެނިގެން މިދަނީ މިގައުމަށް ގެނައި ބަދަލުގެ ތެރެއިން ހޯދި ކާމިޔާބާއި ހައްގުތައް ބޭނުންކޮށްގެން ވޯޓުގެ ސައްހަކަން އިއުލާނުކުރެވޭނެ ހާލަތު މެދުވެރިކޮށްފައިވަނިކޮށް ވޯޓުފޮށި މެދުވެރިކޮށް ވެރިކަމާއި ހަވާލުވަނީ ވޯޓުލުން ރައްޔިތުންގެ ބާރުވެރިކަމެއް ރައްޔިތުންގެ ހައްގެއް ގަބޫލު ނުކުރާ ބައެއްކަމަށެވެ.

އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ އަޅުގަނޑު ގަބޫލުކުރާގޮތުގައި ކުރިއަށް އޮތްތާންގައި މިހާރު ގެއްލެމުން މިދާ ހައްގުތައް ގެއްލުނަ ނުދޭން މަސައްކަތް ކުރުމާއި ގެއްލިފައިވާ ހައްގުތައް އަލުން އިޔާދަ ކުރުމާއި އަދި އެއަށްވުރެ މުހިންމީ ކުރިއަށް އޮތް މުސްތަގުބަލުގައި އަލުން ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު މިގޮތަށް ބަދަލުވެގެން ނުދާނެ ގޮތަކަށް އަލުގަނޑުމެންގެ ވިސްނުމުން ވިސްނާ އެ ތައްސައްވަރު ކުރުން،
ޗެއަރޕާރސަން ފައްޔާޒް އިސްމާއިލް

މީގެ އިތުރުން ފައްޔާޒް ވިދާޅުވީ، އިގްތިސޯދު އެއްކޮށް ފުނޑުފުނޑުވެއްޖެ ކަމަށާއި ވެރިކަމާއި ދެން ހަވާލުވާ ބަޔަކަށްވެސް އަލުން އިޔާދަ ނުކުރެވޭނެ ވަރަށް އިގްތިސޯދުވަނީ ހަލާކުވެފައިކަމަށެވެ. އަދި އެއްވެސް އިރެއްގައި ދިވެހި ރާއްޖޭގެ އިގްތިސޯދަކީ ފަސޭހަ އިގްތިސޯދެއް ނޫން ކަމަށާއި އެހެންނަމަވެސް މިއަދު މި ހާލަތަށް ވެއްޓިފައި މިވަނީ ސަރުކާރު ހިންގަން ތިބި މީހުންނަށް ތަންދޮރު ނޭގިގެން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މިއަދު މިއަނދަވަޅާށް ވެއްޓުނީ ރަނގަޅަށް އޮތް އިގްތިސޯދެއް މެނޭޖް ކުރަން ނޭގިގެން ދަރަނި ދައްކާނެ ގޮތެއް ނޭގިގެން ދަރަނި ނަގާނެ ގޮތެއްވެސް ނޭގިގެންކަން ފާހަގަ ކުރަށްވާ ފައްޔާޒު ވިދާޅުވީ، މިއިން ޒަމާނަކު ރާއްޖޭގެ ތާރީހުގައި ރައްޔިތުން މިހާ އުނދަގޫ ހާލަތެއްގައި އުޅުނު ތަނެއް ފެންނާކަށް ނެތްކަމަށެވެ.

މިއަދު ދިވެހި ރާއްޖޭގެ އިގްތިސޯދުގައި ކިރިޔާވެސް އެނގުމެއްވަނީ ދިވެހި ރާއްޖޭގެ ޕްރައިވެޓް ސެކްޓަރުގެ މަސައްކަތުން ދިރުވާފައިވާ ޓޫވަރިޒަމް ސިނާއަތު އޮތީމާ، ދިވެހި ރާއްޖޭގެ ޓުވަރިޒަމް ސިނާއަތު އެންމެ ރަނގަޅު ހާލަތުގައި ނޫންނަމަވެސް އެބަ ކުރިއަށްދޭ ، އަދި އިތުރު އިންވެސްޓުމެންޓުތަކެއް ކުރެވެމުންދާ ވަގުތެއް ވިމާ ދިވެހި ރާއްޖޭގެ އިގްތިސޯދުގައި ކޮންމެސް ވަރަކަށް ފައިސާ އޭގެ ސަބަބުން އެބަ ދައުރުވޭ، އެ ސިނާއަތަށް ކިރިޔާވެސް ގުޑުމެއް އަރާ ހިސާބުން އަޅުގަނޑުމެންގެ މި ގައުމު ކައިރި މުސްތަގުބަލެއްގައި ބަނޑަށްޖެހުމަކީ ދުރުކަމެއް ނޫން،
ޗެއަރޕާރސަން ފައްޔާޒް އިސްމާއިލް

ރާއްޖޭގެ އިގްތިސޯދު ރަނގަޅު ކުރެވޭނީ އަދިވެސް އެމްޑީޕި އަށް ކަމަށާއި މި ގައުމަށް މިވަރުގެ ބޮޑު ބަދަލެއް ގެނެވުނީ ހަމަ އެމްޑީޕީން ކުރި މަސައްކަތުން ކަމަށާއި އަދިވެސް މިގައުމު މިއޮތް ހާލަތު ބަދަލުކުރެވޭނީ ހަމަ އެމްޑިޕީއަށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ފާހަގަ ކުރެއްވި ގޮތުގައި، ޕާޓިން ބައެއް ބޭފުޅުން އޭރު ދުރުވެގެން ދިއުމުން ޕާޓިއަށް ވަރަށް ބޯޑު ހީނަރުކަމެއް ލިބުނުކަމަށެވެ. ނަމަވެސް މިއަދު ފެނިގެން މިދަނީ އައު އުންމީދެއް ކަމަށާއި އެމްޑީޕީ އެކަތިގަނޑެއްގައި އޮތުމުން މިއޮތް މުސީބާތުން ސަލާމަތް ވެވިދާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ކުރަންޖެހޭ ކަމެއްގެ ގޮތުގައި ކުރަންޖެހޭނި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބޮޑު ތަނުން ކާމިޔާބު ކުރުން ކަން ފާޙަގަ ކުރަށްވާ ފައްޔާޒް ވިދާޅުވީ ރައީސް މުޢިއްޒު އެދަނީ ލާމަރުކަޒީ މުޅި ނިޒާމު ފުނޑުފުނޑު ކޮށްލަމުން މުޅި ބާރު އެއްކޮށް ކަނޑުވާލަމުން ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ބަނޑުން އުފަންވި ދަރިއެއް ކަމަށާއި އެ ދޫކޮށްލައިގެން ނުތިބެވޭނެކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މުހައްމަދު ނަޝީދުފައްޔާޒް އިސްމާއިލްއެމްޑީޕީޑިމޮކްރެޓިކް ޕާޓީ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
06 ޑިސެމްބަރު 2025

ޔުނިފޯމް އަށް ގެންނަ ބަދަލު ގެ ސަބަބުން ބެލެނިވެރިން އަތުން 80 މިލިއަން ރުފިޔާ ހަރަދު ވާނެ: ރައީސް ނަޝީދު

06 ޑިސެމްބަރު 2025
ޔުނިފޯމް އަށް ގެންނަ ބަދަލު ގެ ސަބަބުން ބެލެނިވެރިން އަތުން 80 މިލިއަން ރުފިޔާ ހަރަދު ވާނެ: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް