Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުން

ފަނޑިޔާރުގެ އަދަދު މަދުކުރާ އިސްލާހު ފާސްކުރީ، ކޮމިޓީން ނިންމި ގޮތާއި ވެސް ޚިލާފަށް!

26 ފެބުރުއަރީ 2025 | ބުދަ 06:32

ފަނޑިޔާރުންގެ އަދަދު 5 އަށް ބަދަލުކުރެވޭނީ މަގާމުގައި ތިބި ބައެއް ފަނޑިޔާރުން މަޤާމުން ވަކިކޮށްގެން ކަމަށް ވާތީ އެކަމާއި ގުޅުން ހުރި ކޮމެންޓްތައް ވަނީ ހިމަނާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 26 ފެބުރުއަރީ 2025 | ބުދަ 06:32
މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތި ފިލްޒާ

މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތި ފިލްޒާ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ހުށަހެޅި ބިލާއި މެދު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކުރި ގޮތާ ހިލާފަށް ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާގެ ކަންބޮޑުވުންތަކާމެދު ތަޅުމުގައި ވޯޓަށް ނާހާ ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާގެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ހުށަހެޅި ބިލް އިތުރު އިސްލާހެއް ނުގެނެސް، މަޖިލީހުގެ ތަޅުމަށް ފޮނުވަން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ފާސްކޮށްފައެވެ. ކޮމިޓީން އެގޮތަށް ފާސްކުރީ ތަޅުމުގައި ފިލްޒާގެ ކޮމެންޓާއި މެދު ގޮތެއް ނިންމުމަށް ފުރުސަތު ލިބޭނެ ކަމަށް ބުނުމަށް ފަހުގައެވެ.

Advertisement - newsAdvertisement

އެ ބިލަށް އިސްލާހެއް ނުގެނެސް ތަޅުމަށް ފޮނުވަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުއެވެ. އެގޮތަށް ފާސްވީ ކޮމިޓީ އަށް ހާޒިރުވި ޕީއެންސީގެ މެމްބަރުންގެ ތެރެއިން ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް ފިޔަވާ ދެން ތިބި މެމްބަރުންގެ ވޯޓުންނެވެ. އަނާރާ ވޯޓު ދެއްވީ ވަކިކޮޅަކަށް ވޯޓު ދެއްވަން ފެނިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެމްޑީޕީގެ ދެ މެމްބަރުން ކަމަށްވާ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު އާއި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވޯޓުދެއްވީ ބިލު ތަޅުމަށް ފޮނުވަން ފާސްކުރަން ނުފެންނަ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ހުށަހެޅި ބިލަށް އިތުރު އެއްވެސް އިސްލާހެއް ނުގެނެސް ޖުޑީޝަރީ ކޮމިޓީން ފާސްކުރީ އަންގާރަ ދުވަހު ހަވީރެވެ. އެހެންނަމަވެސް މަޖިލީހުގެ ކައުންސެލް ޖެނެރަލް ވަނީ އެ ބިލުގެ ބައެއް މާއްދާތަކަށް ކޮމެންޓެއް ހުށަހަޅުއްވާފައެވެ. އަންގާރަ ދުވަހުގެ ރޭ 10:15އިގައި ކުއްލި ގޮތަކަށް ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމަކީ އެކަމާއި މެދު ގޮތެއް ނިންމުމަށް ބޭއްވި ބައްދަލުވުމެކެވެ.

ކައުންސެލް ޖެނެރަލްގެ ކޮމެންޓުގައި މި ބިލުގެ (ހ)، (ށ) އަދި (ނ) އަށް ރިއާޔަތްކޮށް ބައެއް ކަންކަން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ފަނޑިޔާރުންގެ އަދަދު 5 އަށް ބަދަލުކުރެވޭނީ މަގާމުގައި ތިބި ބައެއް ފަނޑިޔާރުން މަޤާމުން ވަކިކޮށްގެން ކަމަށް ވާތީ އެކަމާއި ގުޅުން ހުރި ކޮމެންޓްތައް ވަނީ ހިމަނާފައެވެ.

އެގޮތުން ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގައި ފަނޑިޔާރުން މަޤާމުގައި ދެމި ތިބޭނެ އުސޫލާ، ވަކި ވާނެ ގޮތް ބަޔާން ކުރާ އިރު އެ ގޮތަކީ ފަނޑިޔާރެއް ޤާބިލް ނޫން ކަމަށް ނުވަތަ ފަނޑިޔާރުކަމާއި އެކަށީގެން ނުވާ އަމަލެއް ކުރިކަމަށް ޖޭއެސްސީ އަށް ގަބޫލުކުރެވިގެން، މަޖިލީހަށް އެކަން ހުށަހެޅުން ކަމަށް ކައުންސެލް ޖެނެރަލް ވަނީ ވިދާޅުވެފައެވެ.

އެހެންކަމަށް ވާއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަށް ބަދަލު ގެނައުމަށް މަޖިލީހުން ފާސްކުރުމާއި ގުޅިގެން، އެ އަދަދަށް ތަބާވުމަށް އަމަލު ކުރަން ޖެހޭ ގޮތާއި މެދު އެކަމަނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ކައުންސެލް ޖެނެރަލްގެ ކޮމެންޓްގައި ވަނީ އެ ފަދަ ހާލަތެއްގައި ޖޭއެސްސީން ފަނޑިޔާރުންގެ ޤާބިލްކަމާއި މެދު ސުވާލު ނު އުފައްދާ ހާލަތެއްގައި، ފަނޑިޔާރުންތަކެއްގެ ޤާބިލް ނޫންކަމަށް ކަނޑައަޅަން ޖެހޭ ފަދަ ހާލަތެއް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މައްޗަށް އުފެދޭ ކަމަށެވެ. އެއީ އިންސާފުވެރި ގޮތެއްތޯ ސުވާލު އުފެދޭ ކަމަށް އެ ކޮމެންޓުގައި ކައުންސެލް ޖެނެރަލް ވަނީ ވިދާޅުވެފައެވެ.

ސަބަބަކީ ޤާނޫނުއަސާސީގެ 154 ވަނަ މާއްދާ އަށް ރިއާޔަތްކޮށް ޖޭއެސްސީގެ ޤާނޫނަށް ބަލާއިރު ފަނޑިޔާރުން ވަކިކުރުމުގެ އިޖުރާއަތުތައް ބަޔާންކޮށްފައިވުން ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. އެގޮތުން ޤާނޫނުގަ ކަނޑައަޅާ މިހާރު އަމަލުކުރަމުންދާ އުސޫލަށް ބަލާއިރު ފަނޑިޔާރަކު މަޤާމުން ވަކިކުރުމުގެ މަރުހަލާ ފެށިގެން ދަނީ ފަނޑިޔާރަކާއި ގުޅޭގޮތުން ހުށަހަޅާ ޝަކުވާ އަކާއި ގުޅިގެން ނުވަތަ ސުލޫކާއި މެދު ސުވާލު އުފެދިގެން ކަމަށް އެކަމާއި ގުޅޭ ތަފްސީލްތައް ހާމަކުރައްވަމުން ފިލްޒާ ވަނީ ވިދާޅުވެފައެވެ.

ފިލްޒާ ފާހަގަކުރައްވާފައިވާ އިތުރު ކަންކަމުގެ ތެރޭގަ ފަނޑިޔާރުންނަށް ލިބޭ އިނާޔަތާއި އިމްތިޔާޒްތައް ލިބެނީ ޝަރަފުވެރިކަމާއި އެކު ފަނޑިޔާރުކަމުން ވަކިވާ ހާލަތުގައި ކަމަށް ވާއިރު ފަނޑިޔާރުންގެ ގާބިލްކަން ނެތް ކަމަށް ޖޭއެސްސީން ކަނޑައަޅާ މަޖިލީހުން ފާސްކުރާ ފަނޑިޔާރުންތަކަކަށް އިމްތިޔާޒްތައް ދިނުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެފައިވެއެވެ. ހަމައެހެންމެ ދައުލަތަށް ޚިދުމަތް ކުރާ، ދައުލަތުން އުޖޫރަ ލިބޭ މީހަކަށް އެ މީހަކަށް އަސަރުކުރާ ކަމެއްގައި ޖަވާބުދާރީވެ ދިފާއުވުމުގެ ހައްގު ލިބޭ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

އެ ކޮމިޓީގައި ވާހަކަދައްކަވަމުން ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ މި އިސްލާހާއި އެކު ސުޕްރީމް ކޯޓުން ފަނޑިޔާރުންތަކެއް ވަކިވުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އެ އިސްލާހާއި މެދު ކައުންސިލަރ ޖެނެރަލް ދެއްވާފައިވާ ކޮމެންޓަކީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ އެއް ނެތް ހާލަތެއްގައި ފަނޑިޔާރުންތަކެއް ވަކިކުރާތީ ދެއްވާފައިވާ ކޮމެންޓެއް ކަމަށް މައުރޫފް ވިދާޅުވިއެވެ. މީގެ އިތުރުން މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވެސް ވަނީ އެޕްރިލް 25 އަށް ބިލުގެ މަސައްކަތް ދިގު ދަންމާލަން އެދިވަޑައިގަންނަވާފައެވެ.

އެ ކޮމިޓީގައި ވާހަކަދައްކަވަމުން ބިލް ހުށަހެޅުއްވި މެމްބަރު އަބްދުއްސައްތާރު މުހައްމަދު ވަނީ ކައުންސެލް ޖެނެރަލްގެ ލަފާ ކޮމެންޓެއްގެ ސިފައިގައި އޮތުމުގެ ބަދަލުގައި ޤާނޫނީ ލަފައެއްގެ ގޮތުގައި ނެތް ސަބަބާއި މެދު ސުވާލު އުފައްދަވާފައެވެ. ނަމަވެސް ފެނިގެން ދިޔަ މަންޒަރަކީ ޕީއެންސީ މެމްބަރުންގެ ޕްރެޝަރާއި އެކު ބިލް ތަޅުމަށް ފޮނުވުން އަވަސްކުރަން އުޅުނު މަންޒަރެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

02 މާރިޗު 2017

މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ

02 މާރިޗު 2017
މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ
01 މާރިޗު 2017

ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

01 މާރިޗު 2017
ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި
28 ފެބުރުއަރީ 2017

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

28 ފެބުރުއަރީ 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ
24 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް
22 ފެބުރުއަރީ 2017

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި
15 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

15 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި
14 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
13 ފެބުރުއަރީ 2017

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް