Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑީއެންއާރުން ޑޭޓާ ވަގަށް ނެގި މައްސަލަ

މިނިސްޓަރު އިހުސާން ދިފާއަށް ދެއްކީ އެމްޑީޕީގެ ޕްރައިމަރީގެ ލިސްޓެއް ފެންނަ ފޮޓޯއެއް - މީކާއިލް

އިހުސާން ދެއްކި ފޮޓޯ އަކީ ރައީސް ސޯލިހުގެ ޕްރައިމެރީ ކެންޕޭނުތެރޭ ނެގި ފޮޓޯއެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 25 ފެބުރުއަރީ 2025 | އަންގާރަ 13:41
ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ޖަވާބުދާރިވުމަށް މަޖިލީހަށް ވަޑައިގެން ތުހުމަތުތަކަށް ދިފާއުވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ލިސްޓް ޗެކްކުރާ ފޮޓޯއެއް ދައްކަނީ - 25 ފެބްރުއަރީ 2025

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނަށް ކުރެވޭ ތުހުމަތުތަކުން ދިފާއުވާން ރައްޔިތުންގެ މަޖިލީހުގައި ދެއްކި ފޮޓޯއަކީ އެމްޑީޕީގެ ޕްރައިމަރީއެއްގައި ބޭނުންކުރި ޕާޓީގެ މެންބަރުން ހިމެނޭ ލިސްޓެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ޑީއެންއާރުގައި ޕީއެންސީއަށް ފޯމު ފުރިކަމަށާއި، އެ މަސައްކަތުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަމަށް މިނިސްޓަރު އިހުސާން ވަނީ މަޖިލީހުގައި އިއުތިރާފުވެވަޑައިގެންފައެވެ. އަދި ޕީއެންސީން ފޯމު ފުރިކަމަށް އެއްބަސްވެ އެކަމުން ދިފާއުވުމަށްޓަކައި މިނިސްޓަރު އިހުސާނު ވަނީ ތަކުރާރުކޮށް މަޖިލީހުގެ ތަޅުމުގައި ނެތް ފަރާތްތަކަށް ޖަވާބުދާރީ ނުވެވޭނެކަނަށް އެނގިވަޑައިގެން ހުންނަވާ ތުހުމަތުތަކެއް ކުރައްވާފައެވެ. މީގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އިންނެވި ފޮޓޯއެއް ދައްކަވާ އެތަނުގައި އޮތް ލިސްޓަކީ ޑިއެންއާރުގެ ޑޭޓާ ބޭސްގައި ހުރި މައުލޫމާތުކަމަށް ދައްކަން މަސައްކަތް ކުރެއްވިއެވެ.

މިނިސްޓަރު އިހުސާނުގެ މި ވާހަކައާއި ގުޅިގެން މަޖިލިހުގައި ތަކުރާރުކޮށް ނިޒާމާ ބެހޭ މައްސަލައެއް ހުށަހެޅުމުގެ ފުރުސަތަށް އެދެމުން ދަނިކޮށް، މީކާއިލްގެ ނަން އިއްވާ ތަޅުމުން ވަނީ ނެރެލާފައެވެ.

އިހުސާނުގެ ތުހުމަތުތަކާއި ގުޅިގެން ކަމުގެ ހަގީގަތް ހާމަކުރައްވާ މީކާއިލް ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިނިސްޓަރ އިހުސާން ޑީއެންއާރް ތެރޭ ހުންނަވައިގެން ދިވެހިރާއްޖޭގެ ތާރީހުގާވެސް ހިންގެވި އެންމެ ބޮޑު ޝަހުސު އޮޅުވާލުމުގެ ވައްކަން ފޮރުވަން، ކުރީގެ ފަސްޓް ލޭޑީ ފަޒްނާއަށް ޖަވާބުދާރީވެވެންވެސް ނެތް ތަނެއްގާ، އެކަމަނާގެ އިސްތަށިފުޅުގާ ދޮގު އިލްޒާމް އަޅުވާފައިވާ ކަމަށެވެ.

އަދި އެ ފޮޓޯއިން ފެންނަ ލިސްޓަކީ ޑީއެންއާރް ލިސްޓެއް ނޫން ކަމަށާއި، އެއީ އެމްޑީޕީން ދޮރުންދޮރަށް ހިނގައިގެން ބުރަ މަސައްކަތުން ހޯދި ޑޭޓާކަމަށް މީކާއިލް ވިދާޅުވިއެވެ. މީކާއިލް ވިދާޅުވީ އެ ފޮޓޯ އަކީ ރައީސް ސޯލިހުގެ ޕްރައިމަރީ ކެންޕޭނުތެރޭ ނެގި ފޮޓޯއެއް ކަމަށެވެ. އަދި ޕާޓީ ޕްރައިމަރީ ތަކުގާ ވޯޓުލަނީ ޕާޓީ މެންބަރުން އެކަނި ކަމަށާއި، އެ މެންބަރުންގެ މައުލޫމާތު އަބަދުވެސް ޕާޓީގައި ހުންނާނެ ކަމަށެވެ.

މީކާއިލް ވިދާޅުވީ އެއްވެސް ސިޔާސީ ކަމެއްގާ ކުރިން ނޫޅުއްވާ ބޭފުޅުންނަށް އާވެދާނެ ކަމަށެވެ. އެއާ ހިލާފަށް، އިހުސާން ހުންނެވީ ސަރުކާރުގެ ކަރަންޓާއި ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށްގެން ސަރުކާރު އޮފީހެއްތެރޭ، އެތައް ސަތޭކަ ބަޔަކަށް ނޭނގި، ސޮޔާއި ފިންގަރޕްރިންޓް ފޯޖުކޮށްގެން، އެމީހުންގެ ނަމުގަ ޕީއެންސީ ފޯމު ފުރުއްވަން ކަމަށެވެ. އަދި މަޖިލިސް ތަޅުމުން ނެރުނީވެސް، ހާޒިރުވެވެން ނެތް ބައެއްގެ ބޮލުގާ ދޮގު އިލްޒާމް އަޅުވަމުންދާކަމާ އިތުރުފުޅު ހައްދަވަމުންދާކަން ރިޔާސަތުގެ ސަމާލުކަމަށް ގެނައުމުން ކަމަށް މީކާއިލް ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅިގެން ކުރީގެ ފަސްޓްލޭޑީ ފަޒްނާ އަހުމަދު ވިދާޅުވީ ސާފުކޮށް އެނގޭ ގޮތުގައި މިނިސްޓަރު އިހުސާން އެކަމަނާއަށް ހަމަލާދޭން ޚިޔާރުކުރީ ދިފާޢު ނުކުރެވޭ ތަނެއް ނުވަތަ އޭނާއާ ދެކޮޅަށް ފިޔަވަޅު ނާޅާ ތަނެެއްގައި ކަމަށެވެ.

މި މައްސަލައާއި ގުޅިގެން މިނިސްޓަރު އިހުސާނަށް އަންނަނީ އާންމުންގެ ފާޑުކިއުން އަމާޒުވަމުންނެވެ. އަދި މަޖިލީހުގައި ދިފާއުވުމަށް އެހެން މީހުންގެ ބޮލުގައި ދޮގު އިލްޒާމު އަޅުވާ ވާހަކަ ދައްކާފައިވާތީ އިސްތިއުފާއަށްވެސް ގިނަ ބަޔަކު އަންނަނީ ގޮވަމުންނެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

27 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު