Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިހުސާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ

އިހުސާނުގެ އިތުބާރު ނެތްކަމަށް ފާސްކުރަން ނުފެންނަ ކަމަށް ފާސްކުރަން ޕީއެންސީން ވިޕް ނެރެފި

އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެމްޑީޕީގެ ފަރާތުން ހުށަހެޅީ މިދިޔަ ޖަނަވަރީ މަހުގެ 17ގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 25 ފެބުރުއަރީ 2025 | އަންގާރަ 08:28
ޑީއެންއާރުތެރޭގައި ޕީއެންސީއަށް މީހުން ވެއްދުމަށް ފޯމް ފުރަމުން ދިޔައިރު މިނިސްޓަރު އިހުސާން އެ މަސައްކަތް ބައްލަވާލައްވަނީ - ފައިލް

ޑީއެންއާރުތެރޭގައި ޕީއެންސީއަށް މީހުން ވެއްދުމަށް ފޯމް ފުރަމުން ދިޔައިރު މިނިސްޓަރު އިހުސާން އެ މަސައްކަތް ބައްލަވާލައްވަނީ - ފައިލް

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާނުގެ އިތުބާރު ނެތްކަމަށް ފާސްކުރަން ނުފެންނަ ކަމަށް ފާސްކުރަން ޕީއެންސީ ޕާލަމެންޓްރީ ގްރޫޕުން ވިޕް ނެރެފިއެވެ.

މީގެ ކުޑައިރުކޮޅެއްކުރިން ޕީއެންސީ ޕާލަމެންޓްރީ ގްރޫޕުން އިހުސާނުގެ އިތުބާރު އޮތްކަމަށް ފާސްކުރުމަށް ވިޕްލައިނެއް ނެރެ މެންބަރުންނަށް އަންގާފައިވަނީ، އެމްޑީޕީން ހުށަހަޅާފައިވާ އިހުސާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލާ، އިހުސާނަށް އިތުބާރު އޮތްކަމަށް ދެއްކުމަށް ހުރިހާ މެންބަރުންވެސް އެ މައްސަލަ ބޭރުކުރަން ވޯޓު ދިނުމަށެވެ.

Advertisement - newsAdvertisement

އިހުސާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައި، އެ މައްސަލަ އަންގާރަ ދުވަހުގެ ޖަލްސާގައި ވަނީ އެޖެންޑާކޮށް މިނިސްޓަރު ހާޒިރުކުރައްވާފައެވެ.

މިނިސްޓަރު އިހުސާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ 17 ޖެނުއަރީގައެވެ. އެމްޑީޕީގެ 12 މެންބަރުން ސޮއިކޮށް ހުށަހެޅި މި މައްސަލައިގައި ބުނެފައިވަނީ އެ މައްސަލަ ހުށަހަޅާފައި ވަނީ ގާނޫނުއަސާސީގެ 132 ވަނަ މާއްދާއިން ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި، ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ލިބިގެންވާ ބާރު ބޭނުންކުރުމުގައި، ގާނޫނުއަސާސީ އާއި ގާނޫނުތަކާ ކަނޑައެޅިގެން ހިލާފަށް އަމަލު ކުރަމުން ގެންދާތީ އާއި، ގާނޫނުއަސާސީގެ 136 ވަނަ މާއްދާގެ (ށ) އާ ހިލާފަށް ވަޒީރުންގެ މަޖިލީހުގެ މެމްބަރަކު ކޮށްގެންނުވާނެ އަމަލުތައް ކުރަމުންގެންދާތީ، ގާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.

ދިވެހި ރައްޔިތުންގެ ޒާތީ މައުލޫމާތު ބަލަހައްޓަމުން ގެންދާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އާއި، ދިވެހިރައްޔިތުންގެ ދަތުރުފަތުރުގެ ރެކޯޑުތައް ބަލަހައްޓަމުން ގެންދާ، މޯލްޑިވްސް އިމިގްރޭޝަނާއި އަދި، ފޯނުގެ ހިދުމަތާއި އިންޓަރނެޓްގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތައް ރެގިއުލޭޓުކުރާ ފަރާތްކަމުގައިވާ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއަށް މަސްއޫލުވާ ވަޒީރަކީ، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން ކަން އެ މައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ.

ޢަލީ އިޙްސާން އަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލެނިވެރި ފަރާތް ކަމަށްވީއިރު، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް ހިންގާފައިވާ އަމަލުތަކުގެ ތެރޭގައި ޖިނާއީ ކުށުގެ އަމަލުތައްވެސް ހިމެނޭ ކަމަަަަށް އެ މައްސަލައިގައި ބުނެފައިވެއެވެ.

މީގެ އިތުރުން، އޭނާ އެ މަގާމުގައި ދެމިހުރެއްޖެނަމަ، އޭނާގެ މައްޗަށް ހިންގޭ ޖިނާއީ ތަހުގީގަށް ހުރަސްއެޅުމުގެ އިހްތިމާލު ފާޅުކަން ބޮޑުގޮތެއްގައި އޮންނާނެކަމަަށް އެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން އޭނާ އެ މަގާމުގައި އިތުރަށް ހުރުމަކީ، ދިވެހިރައްޔިތުންގެ ހައްޤުތައް ގެއްލި، ދިވެހިރާއްޖޭގެ ސަލާމަލާއި ރައްކާތެރިކަމަށް ބުރޫއަރާފާނެ ކަމެއް ކަމަށް ޤަބޫލުކުރެވޭ ކަމަށް އެ މައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ.

އިތުރަށް ކިޔާލަން

23 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ: ބަހުސަށް ދޮޅު ގަޑިއިރު، ޖަވާބުދާރީވުމަށް 30 މިނެޓް

23 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ: ބަހުސަށް ދޮޅު ގަޑިއިރު، ޖަވާބުދާރީވުމަށް 30 މިނެޓް
22 މާރިޗު 2017

"މިއީ އުފާވެރި ވަގުތެއް، މަސީހުގެ އިތުބާރުގެ މައްސަލަ މިއޮތީ ނިމިފައި"

22 މާރިޗު 2017
 "މިއީ އުފާވެރި ވަގުތެއް، މަސީހުގެ އިތުބާރުގެ މައްސަލަ މިއޮތީ ނިމިފައި"
22 މާރިޗު 2017

އިތުބާރު ނެތް ކަމަށް ވޯޓުދޭ މެންބަރުންގެ ފަޔަށް އެޅޭނީ ހޫނުފެން: މެންބަރު އިލްހާމް

22 މާރިޗު 2017
އިތުބާރު ނެތް ކަމަށް ވޯޓުދޭ މެންބަރުންގެ ފަޔަށް އެޅޭނީ ހޫނުފެން: މެންބަރު އިލްހާމް
22 މާރިޗު 2017

މަޖިލީހުގެ ނައިބު ރައީސް މޫސަގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި

22 މާރިޗު 2017
މަޖިލީހުގެ ނައިބު ރައީސް މޫސަގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި
14 މާރިޗު 2017

ފާރިސް އޭސީސީއަށް ހާޒިރު ކުރަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުއްޓުވުމަށް: އެމްޑީޕީ

14 މާރިޗު 2017
ފާރިސް އޭސީސީއަށް ހާޒިރު ކުރަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުއްޓުވުމަށް: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު