Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޒަކިއްޔާގެ މަރުގެ މައްސަލަ

ހޮޅުދޫ ރައްޔިތުން ބޭނުންވަނީ ރަށުގެ ޕޮލިސް ސްޓޭޝަން ހުސްކޮށް، އިމާރާތް ރައްޔިތުންނަށް ހަވާލު ކުރަން

24 ފެބުރުއަރީ 2025 | ހޯމަ 19:15

ފުލުހުންގެ އިންޓެގްރިޓީ އާ މެދު ރައްޔިތުން ވަނީ ސުވާލު އުފައްދާފައި

ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2025 | ހޯމަ 19:15
ޒަކިއްޔާ މޫސާގެ މަރުގެ ތަހުގީގު އަވަސް ކުރުމަށް ގޮވާލާ ހޮޅުދޫގައި ބޭއްވި މުޒާހަރާގެ ތެރެއިން - 21 ފެބްރުއަރީ 2025

ޒަކިއްޔާ މޫސާގެ މަރުގެ ތަހުގީގު އަވަސް ކުރުމަށް ގޮވާލާ ހޮޅުދޫގައި ބޭއްވި މުޒާހަރާގެ ތެރެއިން - 21 ފެބްރުއަރީ 2025

ނ. ހޮޅުދޫގައި ބޮޑެތި ޒަޚަމްތަކަކާއެކު، މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ އިތުރަށް ހޫނުވެ ރައްޔިތުން މިހާރު ބޭނުންވަނީ ރަށުގެ ޕޮލިސް ސްޓޭޝަން ހުސްކޮށް ރައްޔިތުންނާ ހަވާލު ކުރަން ކަމަށް އެރަށުން މި ނޫހާ ވާހަކަ ދެއްކި އެ ރަށު މީހަކު ބުނެފިއެވެ.

"ތަހުގީގަށް ފުލުހުން އެއްބާރުލުމެއް ނުދޭ، ޖަވާބުދާރީ އެއް ނުވޭ، އެމީހުން އިހުމާލުން، މަރުގެ ސީން ނައްތާލީ؛" ހޮޅުދޫ މީހަކު ބުންޏެވެ.

Advertisement - newsAdvertisement

ރައްޔިތުން ސިފަ ކުރަނީ ހޮޅުދޫ ގައި ތިބި ފުލުހުންނަކީ "ބޭކާރު" ބައެއްގެ ގޮތުގައެވެ.

"ފުލުހުން ބޭނުން ކުރަމުންދާ އިމާރާތަކީ ރައްޔިތުންގެ އިމާރާތެއް، ވަރަށް ފަހަކާ ޖެހެންދެންވެސް އެތަން ދީފައި ހުރީ މުޅިން ހިލޭ. މިހާރު އެމީހުންގެ ބޭނުމެއް ނެތް، އެހެންވީމާ ރައްޔިތުން ބޭނުންވަނީ އިމާރާތް؛" އޭނާ ބުންޏެވެ.

އިމާރާތް އަނބުރާ ހޯދުމަށް ކައުންސިލަށް ރައްޔިތުންގެ ފަރާތުން މިހާރު އެދިފައިވާ ކަމަށް ވެސް މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.

މައްސަލަ އިންތިހާ އަށް ލަސްވެ، ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލާފައިވާ ކަމަށް އެރަށުން ވާހަކަ ދެއްކި އެހެން މީހަކު ބުންޏެވެ.

"ރައްޔިތުންގެ ތެރެއިން 90 އިންސައްތަ އަށް ވުރެ ގިނަ މީހުން ބޭނުންވަނީ އިންސާފު ލިބޭނެކަން ޔަގީންވަންދެން ހުއްޓާ ނުލައި، އިހުތިޖާޖު ކުރަން، އަދި ކައިރި ރަށްރަށު މީހުން ވެސް އިހުތިޖާޖު ގައި ބައިވެރިވާން ހޮޅުދޫ އަށް އަންނަން؛" އޭނާ ބުންޏެވެ.

ފުލުހުންގެ އިހުމާލު އޮތް ކަމަށް ހޮޅުދޫ ރައްޔިތުން ބުނަމުން ދަނިކޮށް، މަރުގެ މައްސަލަ ތަހުގީގުކުރުމުގައި ފުލުހުން ގަނޫނާއި ގަވާއިދާ ޚިލާފުވެފައި ވޭތޯ ބެލަމުން އަންނަ ކަމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އިން އާދިއްތަ ދުވަހު ވަނީ ބުނެފައެވެ.

މައްސަލައިގެ ތަހުގީގު ކުރިއަށް ދާ ގޮތާ މެދު ހިތްހަމަ ނުޖެހިފައި ތިބި ރަށުގެ ރައްޔިތުން ހޯމަ ދުވަހު ވެސް ވަނީ ރަށުގެ ކައުންސިލަށް ގޮސް ކައުންސިލުގެ ރައީސް އާ ބައްދަލު ކޮށްފައެވެ.

ރައްޔިތުން ބޭނުންވަނީ ކައުންސިލް ރައީސް އާ އެކު އަންގާރަ ދުވަހު ފުލުހުންނާ ބައްދަލު ކޮށް ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ހޯދުމަށެވެ.

އޭގެ އިތުރުން ފުލުހުންގެ އިންޓެގްރިޓީ އާ މެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފެދިފައިވާތީ އިންޓެގްރިޓީ ކޮމިޝަން އަށް ޝަކުވާ ހުށަހަޅާށެވެ.

ރަށުން މައުލޫމާތު ދިން ފަރާތްތަކުން ބުނެފައިވަނީ މި ދެ ކަންތަކަށް ވެސް ކައުންސިލުގެ ރައީސް މިހާރު އެއްބަސްވެފައިވާ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ރަށުގައި އޮތް ބޮޑު އިހްތިޖާޖަށް ފަހު ރައްޔިތުން ވަނީ އެ ރަށު ޕޮލިސް ސްޓޭޝަނަށް ވެދެފައެވެ.

އެއާއެކު ރަށަށް އިތުރު ފުލުހުން އަރާ ޕެޕަރ ސްޕްރޭ ޖަހާ، ބައެއް މީހުންނަށް ސިއްހީ ފަރުވާވެސް ދޭން ޖެހުނެވެ.

"އިތުރު ފުލުހުން ރަށަށް އެރީވެސް ރައްޔިތުންގެ ނުގަބޫލުގައި، ރައްޔިތުން ބޭނުމެއް ނޫން އިތުރަށް ރަށަށް ފުލުހުން އަރާކަށް؛"

އޭގެ ނަތީޖާ އަކަށް ވީ ބަޔަކަށް އަނިޔާވުން ކަމަށް ރަށުން ވާހަކަ ދެއްކި ފަރާތުން ބުންޏެވެ.

ހޮޅުދޫގައި ހުކުރު ދުވަހު މުޒާހަރާ ކުރި މީހުން ހޮޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރާއި ހޯމް މިނިސްޓަރު ވެސް ފެއިލްވެއްޖެ ކަމަށް ބުނެފައެވެ. އަދި ހޯމް މިނިސްޓަރު އަލީ އިހުސާން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދެކޭ ގޮތުގައި މި މައްސަލައިގައި ސަރުކާރުން އެއް ގޮތަކަށް ވެސް އަޅައެއް ނުލައެވެ. އިންސާފު ހޯދައިދޭން މަސައްކަތެއް ވެސް ނުކުރެއެވެ.

އެންއައިސީން މި މައްސަލަގައި ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ މައްސަލައިގައި ރައްޔިތުން ފުލުހުންނަށް ސީރިއަސް ތުހުމަތުތަކެއް ކުރަމުންދާތީ، އެ ކޮމިޝަނުގެ ގާނޫނުގެ ދަށުން، ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތީން އެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން ގާނޫނާއި ގަވާއިދާ ޚިލާފުވެފައި ވޭތޯ ބެލުމަށް މިދިޔަ ބުރާސްފަތި ދުވަހު އެ ކޮމިޝަނުން ނިންމާފައި ވާ ކަމަށެވެ.

އުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާ ބޮޑެތި ޒަޚަމް ތަކަކާއެކު މަރުވެފައި އޮއްވާ ފެނުނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އިންވެސް ވަނީ ޒަކިއްޔާގެ މަރުގެ މައްސަލަ އެ ކޮމިޝަނުން ތަހުގީގު ކުރަމުން ދާކަމަށް ބުނެފައެވެ.

ޒަކިއްޔާ މަރުވާން ދިމާވި ސަބަބެއްގެ ގޮތުގައި ޑޮކްޓަރުން ފާހަގަކޮށްފައި ވަނީ ކަރަށް ލިބިފައިވާ ޒަޚަމްތަކެއްގެ ސަބަބުން ކަމުގައި މި ތަހުގީގާ ގުޅިގެން ޑިސެމްބަރު 3، 2024 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނެފައިވެއެވެ.

ހޮޅުދޫ ކައުންސިލްގެ ރައީސް ރައްޔިތުންނާ ބައްދަލު ކޮށް ދެއްކެވި ވާހަކަގައި ޒަކިއްޔާ މަރުވީ އަމިއްލަ އަށްކަން އޭނާ އަށް ވެސް ގަބޫލު ނުކުރެވޭ ކަމަށް ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް މިހާތަނަށް އޭނާ މަރާލިކަމުގެ އެއްވެސް ހެއްކެއް ތަހުގީގަށް ފާހަގަކުރެވިފައި ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޒަކިއްޔާގެ މަރަށް އިންސާފު ހޯދުމަށް ގޮވާލައި އެތައް ފަހަރަކު ހޮޅުދޫ ރައްޔިތުން ވަނީ އިހުތިޖާޖު ކޮށްފައެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް