Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

މަރެސްކާ ބޭނުން ވަނީ ޗެލްސީ އޮންނަން ޖެހޭ ހިސާބަށް ގެންދަން

22 ފެބުރުއަރީ 2025 | ހޮނިހިރު 08:04

އޭނާ ބޭނުން ވަނީ ލީގުގެ ގަދަ ހަތަރެއްގައި ޗެލްސީ އޮންނަން ކަމަށާއި، ޗެލްސީގައި އޭނާ ހުރީ "ކިރިޔާ" ސަލާމަތްވާން ނޫން ކަމަށް މަރެސްކާ ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ފެބުރުއަރީ 2025 | ހޮނިހިރު 08:04
ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ

ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ

ބޭނުން ވަނީ ޗެލްސީ އޮންނަން ޖެހޭ ހިސާބަށް އެ ކުލަބު ގެންދަން ކަމަށް، އެ ޓީމަށް އިރުޝާދު ދެމުން އަންނަ އެންޒޯ މަރެސްކާ ބުނެފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އެސްޓަން ވިލާގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.

މި ސީޒަނާ ދިމާކޮށް ޗެލްސީގެ ކޯޗުކަމާ ހަވާލުވި މަރެސްކާގެ އިރުޝާދުގެ ދަށުން ޗެލްސީން ރަނގަޅު ނަތީޖާތަކެއް ނެރެމުން އައި ނަަމަވެސް، މި ފަހުން ނަތީޖާތައް ދަށްވެފައި ވާތީ އޭނާ އަށް އަންނަނީ ފާޑު ކިޔުންތައް އަމާޒުވަމުންނެވެ.

މަރެސްކާ ބުނީ މި ސީޒަންގައި އޭނާ ޙާސިލު ކުރަން ބޭނުންވާ އަމާޒު ވަރަށް ސާފު ކަމަށެވެ. އެގޮތުން އޭނާ ބޭނުން ވަނީ ލީގުގެ ގަދަ ހަތަރެއްގައި ޗެލްސީ އޮންނަން ކަމަށާއި، ޗެލްސީގައި އޭނާ ހުރީ "ކިރިޔާ" ސަލާމަތްވާން ނޫން ކަމަށް މަރެސްކާ ވަނީ ބުނެފަ އެވެ.

ޗެލްސީގައި މަސައްކަތް ކުރަމުން އަންނައިރު، އެންމެ ބޮޑަށް ބޭނުން ވަނީ ތަށިތަކެއް ކާމިޔާބު ކުރުން ކަމަށާއި، ކުލަބު އެ ފެންވަރަށް ގެންދަން ބޭނުންވާ ކަމަށް ވެސް މަރެސްކާ ބުންޏެވެ. މެޗުތަކުން ޗެލްސީ މޮޅުވުމުން ކެތްތެރިވާން ޖެހޭ ކަމަށާއި، މެޗުތަކުން ބަލިވުމުން ފެންނަނީ ހިތްވަރު ނެތް މަންޒަރު ކަމަށް އޭނާ ބުންޏެވެ. އަދި ބޭނުން ވަނީ ޗެލްސީ އޮންނަން ޖެހޭ ހިސާބަށް އެ ކުލަބު ގެންދަން ކަމަށް ވެސް މަރެސްކާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މަރެސްކާ ބުނީ ޗެލްސީގެ ކުޅުންތެރިންނާއި، އެ ޓީމުގެ ކޯޗިން އޮފިޝަލުން ކުރަމުން އަންނަ މަސައްކަތުން، އެ ޓީމުގެ ޓާގެޓަށް ވާސިލުވެވޭނެ ކަމަށެވެ. ޚާއްސަކޮށް ޗެލްސީގެ ސަޕޯޓަރުން ޓީމުގެ ފަހަތުގައިި ޓީމާ އެކު ތިބުމަކީ، އުފާވެރި އިޙުސާސެއް ކަމަށް އޭނާ ބުންޏެވެ.

މަރެސްކާ ބުނީ އަމިއްލަ ދަނޑުގައި އެންމެ ފަހުން ޗެލްސީ ކުޅުނު ދެ މެޗުން ވެސް އެ ޓީމު މޮޅުވެފައިވާ ކަމަށާއި، އެކަމުގައި ސަޕޯޓަރުންގެ ދައުރު ވެސް ބޮޑު ކަމަށެވެ. ޚާއްސަކޮށް ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި އެކަން ފެނުނު ކަމަށާއި، އެއީ ޓީމަށް ލިބޭ ހިތްވަރެއް ކަމަށް އޭނާ ބުންޏެވެ.

އެސްޓަން ވިލާގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ނިކުންނައިރު ޗެލްސީ އޮތީ ލީގު ތާވަލްގެ ހަ ވަަނައިގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 25 މެޗުން 43 ޕޮއިންޓާ އެކު އެވެ. އެ މެޗުން މޮޅުވެ ލީގު ތާވަލްގެ ކުރިއަށް ޖެހިލުމުގެ ފުރުސަތު ޗެލްސީ އަށް އޮންނާނެ އެވެ.

އެސްޓަން ވިލާއާ ދެކޮޅަށް ޗެލްސީ ނިކުންނާނީ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 22:30 ގައެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް