Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާސްތާ ޕްރޮގްރާމް

ގައުމު ބިނާކުރުމަށް ކުރާ ހުރިހާ މަސައްކަތެއްގައި ފުލުހުންގެ ބައިވެރިވުން އޮންނާނެ: ޑެޕިއުޓީ ކޮމިޝަނަރ

19 ފެބުރުއަރީ 2025 | ބުދަ 18:26

ރާސްތާ ޕްރޮގްރާމުގައި ގައުމީ ޔުނިވަސިޓީގެ އެކި ކޯސްތައް ހިމެނޭގޮތަށް 69 ދަރިވަރުން ބައިވެރިވި

އަމްނާ އިމާދު
އަމްނާ އިމާދު | 19 ފެބުރުއަރީ 2025 | ބުދަ 18:26
ރާސްތާ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އިސްމާއީލް ނަވީން ވާހަކަ ދައްކަވަނީ

ރާސްތާ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އިސްމާއީލް ނަވީން ވާހަކަ ދައްކަވަނީ

ގައުމު ބިނާކުރުމަށް ކުރާ ހުރިހާ މަސައްކަތެއްގައި ފުލުހުންގެ ބައިވެރިވުން އޮންނާނެ ކަމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވެއްޖެއެވެ.

ގައުމީ ޔުނިވަސިޓީގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ރާސްތާ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ ނަވީން ވިދާޅުވީ ރާސްތާ ޕްރޮގްރާމުން ދިރިއުޅުމުގެ ވައްޓަފާޅި ދަސްވެ މީހުންނަށް އިހުތިރާމުކުރުމަށާއި ޒިންމާދާރުވުމަށާއި ކަންކަމުގައި އިސްނަގައި އަދި ގުޅިގެން މަސައްކަތްކުރުމަށް ދަސްވެގެންދާނެ ކަމަށެވެ. އަދި މި ޕްރޮގްރާމުން ދަސްވި ކޮންމެ ފިލާވަޅަކީ އަމަލީ މައިދާނުގައި ބޭނުންކުރެވޭނެ މުހިންމު ފިލާވަޅަކަށް ވެގެންދާނެ ކަމަށާއި ގައުމިއްޔަތާއި ލީޑަރޝިޕް އަދި ރިވެތި އަދަބު އަހުލާގުން އަމިއްލަ ޝަހުސިއްޔަތު ބިނާ ކުރުމަށް ސަޕޯޓާއި އިލްމީ ހުނަރު ލިބިގެން ދިޔަކަމަށް އުންމީދުކުރާ ކަމަށެވެ.

Advertisement - newsAdvertisement

ނަވީން ވިދާޅުވީ ގައުމީ ޔުނިވަސިޓީން މިފަދަ ޕްރޮގްރާމްތައް ފުލުހުންނާ ގުޅިގެން ހިންގައި އަދި ގައުމު ބިނާކުރުމަށް އަބަދުވެސް ފުލުހުންނާއެކު މަސައްކަތްކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ގައުމު ބިނާކުރުމަށް ކުރާ ކޮންމެ ކަމެއްގައި ވެސް ދިވެހި ފުލުހުންގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

މި ފެބުރުވަރީ މަހުގެ 13ން 16ށް ދ. ވާނީގައި ކުރިއަށް ގެންދިޔަ ރާސްތާ ޕްރޮގްރާމުގައި، ގައުމީ ޔުނިވަސިޓީގެ އެކި ކޯސްތައް ހިމެނޭގޮތަށް 69 ދަރިވަރުން ބައިވެރިވިއެވެ. މި ޕްރޮގްރާމުގައި، ސަވައިވަލް، ޓީމް ބިލްޑިންގ، ސެލްފް ޑިފެންސް، ލީޑަޝިޕް، ވޮލަންޓިއަރިޒަމް، ފިޒިކަލް ފިޓްނަސް، ރިވެތި އަދަބު، ގައުމިއްޔަތު އަދި ދީނީ ދަރުސް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ރަސްމިއްޔާތުގައި، ރާސްތާ ޕްރޮގްރާމުގެ ބައިވެރިންނަށާއި މުދައްރިބުން އަދި އެކި ގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށް ސެޓްފިކެޓް ދީފައިވެއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓާއި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް އަދި ގައުމީ ޔުނިވަސިޓީ ގުޅިގެންނެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

02 މާރިޗު 2017

ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"

02 މާރިޗު 2017
ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"
28 ފެބުރުއަރީ 2017

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ
26 ފެބުރުއަރީ 2017

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި

26 ފެބުރުއަރީ 2017
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި
23 ފެބުރުއަރީ 2017

ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ
07 ފެބުރުއަރީ 2017

ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

07 ފެބުރުއަރީ 2017
ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ
02 ފެބުރުއަރީ 2017

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017
ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ

23 ޖެނުއަރީ 2017
ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް