Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިނޭންސް މިނިސްޓަރ މޫސާ ޒަމީރު

ޒަމީރު ނާގާބިލުކަމަށް ބުނެ ސަރުކާރުން އައު ފިނޭންސް މިނިސްޓަރެއް އައްޔަންކުރާނެ - އަމީރު

19 ފެބުރުއަރީ 2025 | ބުދަ 05:06

ސިނގިރެޓްގެ އާމްދަނީން ލިބޭނެކަމަށް ބުނި 1.1 ބިލިއަން ރުފިޔާ ނުލިބޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 ފެބުރުއަރީ 2025 | ބުދަ 05:06
ރައީސް މުއިއްޒު އަދި މާލީ ވަޒީރު ޒަމީރު - މަތިބަރު ސަރުކާރަށް ދައުލަތުގެ ބެޖެޓުން ކުރަން ޖެހޭ ހޭދަ ވަނީ އިތުރުވެފައި

ރައީސް މުއިއްޒު އަދި މާލީ ވަޒީރު ޒަމީރު - މަތިބަރު ސަރުކާރަށް ދައުލަތުގެ ބެޖެޓުން ކުރަން ޖެހޭ ހޭދަ ވަނީ އިތުރުވެފައި

މިހާރު ހުރި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ނާގާބިލުކަމަށް ބުނެ މިއަހަރުގެ ތެރޭގައި އައު ފިނޭންސް މިނިސްޓަރެއް މި ސަރުކާރުން އައްޔަން ކުރާނެކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މޫސާ ޒަމީރަކީ މި ސަރުކާރުގެ ދެވަނަ ފިނޭންސް މިނިސްޓަރެވެ. އޭނާގެ ކުރިން ފިނޭންސް މިނިސްޓަރުކަމުގައި ހުންނެވި ޑރ. މުޙައްމަދު ޝަފީގު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. މީގެ އިތުރުން މާލީ ހާލަތު ރަނގަޅުކުރުމަށް ކަމަށް ބުނެ ސަރުކާރުން މިނިސްޓަރުންގެ ފެންވަރުގެ އެޑްވައިޒަރުން ވެސް އައްޔަންކުރެއްވިއެވެ.

Advertisement - newsAdvertisement

ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމްޑީޕީގެ ހަވަރު ބެރު ޕެނަލްގައި ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ 2025 ވަނަ އަހަރުގެ ބަޖެޓުގައި 10 ބިލިއަން ރުފިޔާގެ ޑެފިސިޓެއް އޮތްއިރު، ސަބްސިޑީ ރިފޯމްކޮށްގެން ގެންނާނެކަމަށް ސަރުކާރުން ބުނި 7.7 ބިލިއަން ރުފިޔާ ސަލާމަތް ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ޖުމްލަ ޑެފިސިޓް 15 ބިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވިދާޅުވީ އާމްދަނީ ލިބޭނެކަމަށް ބުނި ކަންތަކުން، ގާތްގަނޑަކަށް 29.2 ބިލިއަން ރުފިޔާ ލިބޭނެކަމަށް ސަރުކާރުން ބުނި ނަމަވެސް އޭގެ ތެރެއިން 5 ބިލިއަން ރުފިޔާ ވެސް ސަރުކާރަށް ނުލިބޭނެ ކަމަށެވެ.

އަމީރު ވިދާޅުވީ 2024 ވަނަ އަހަރުގެ ޑެފިސިޓަށްވުރެ 2025 ވަނަ އަހަރުގެ ޑެފިސިޓް ބޮޑުވާނެކަމަށެވެ.

އަމީރު ވިދާޅުވީ މި އަހަރު ތެރޭގައި އައު ފިނޭންސް މިނިސްޓަރެއް މި ސަރުކާރުން ގެންނާނެ ކަމަށެވެ. އަދި އެކަންކުރާނީ މިހާރު ހުރި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރަށް ނުވެގެން، އޭނާގެ ނާގާބިލުކަމުން ކަމަށް ބުނެ ކަމަށް އަމީރު ވިދާޅުވިއެވެ.

މާލިއްޔަތު ކޮމިޓީގައިވެސް ވާހަކަދެކެވުނު ރައީސްއަށް ކިޔައިދޭންޖެހޭ އިގްތިސާދީ ހާލަތު ހުރިގޮތް. އަޅުގަނޑުމެން ޓްރާންސިޝަން ޕީރިއަޑް ތެރޭގައިވެސް ގޮސް، ދިމްޔާތު ތެރޭގައިވެސް އެއިރު ފިނޭންސް މިނިސްޓްރީން ސްޓާފުން ގޮސްވެސް ކިޔައިދިން. އަދި އޭގެ އިތުރުން 1 އަހަރާއި ތިން ހަތަރު މަހެއް ނިމިއްޖެ، 2025 ވަނަ އަހަރުގެ ބަޖެޓް ހެދީ މިބޭފުޅުން. ދެން އިތުރަށް ކޯއްޗެއްތޯ ކިޔައިދޭންވީ؟ ހަގީގަތަކީ ކިޔައިދިނަސް އަންޑަސްޓޭންޑެއް ނުވޭ، ނުވެސް އިނގޭ.
ކުރީގެ ފިނޭންސް މިނިސްޓަރި އިބްރާހިމް އަމީރު

މި ސަރުކާރުން ސިނގިރެޓްގެ ޑިއުޓީ ބޮޑުކުރީ ސިއްހަތު ސަލާމަތްކުރުމަށްވުރެ ބޮޑަށް އާމްދަނީ އިތުރުކުރަން ކަމަށާއި، ނަމެވެސް ޖެނުއަރީ މަހުގެ އާމްދަނީގެ ގޮތުގައި އެއިން ލިބުނީ އެންމެ 5 މިލިއަން ރުފިޔާ ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ސަރުކާރުން ސިނގިރެޓްގެ ޓެކްސް ބޮޑުކުރީ ސިއްހަތަށް ބަލައިގެން ނޫން ކަމަށެވެ. ފިނޭންސް މިނިސްޓްރީއާއި ރައީސް އޮފީހުގެ ވާހަކަތަކާއި އަދި މަޖިލީހުގައި ކުރި ބަހުސްތަކުން އެނގިގެންދަނީ ސިނގިރެޓްގެ ޑިއުޓީ ބޮޑުކުރުމަކީ ސިއްހަތަށް ބަލައިގެން ކުރިކަމެއް ނޫން ކަމަށާއި، އެކަންކަން ކުރީ ދައުލަތަށް އާމްދަނީ ހޯދުމުގެ ނިޔަތުގައި ކަމަށެވެ.

އަމީރު ވިދާޅުވީ ސިނގިރެޓުން ލިބޭ އާމްދަނީ 1.1 ބިލިއަން ރުފިޔާ އިތުރަށް ލިބޭނެކަމަށް ބަޖެޓުގައި ޖަހާފައިވާ ކަމަށެވެ. 2024 ވަނަ އަހަރު ސިނގިރެޓް ޓެކްސްއިން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބުނީ ގާތްގަނޑަކަށް 1.04 ބިލިއަން ރުފިޔާ ކަމަށާއި، އޭގެ އިތުރަށް 1.1 ބިލިއަން ރުފިޔާ ލިބޭނެކަމަށް ބުނެފައިވާ ކަމަށެވެ. އަމީރު ވިދާޅުވީ ގާތްގަނޑަކަށް 2.1 ބިލިއަން ރުފިޔާ މިއަހަރު ލިބެންޖެހޭނެ ކަމަށެވެ.

މިދިޔަ އަހަރާ އަޅާ ބަލާއިރު މި އަހަރުގެ ޖެނުއަރީ މަހު ސިނގިރެޓް ޑިއުޓީން ލިބުނީ 5 މިލިއަން ރުފިޔާ. 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި ޑިއުޓީގެ ގޮތުގައި ސިނގިރެޓުން ލިބުނު 100 މިލިއަން ރުފިޔާ. 100 މިލިއަން ރުފިޔާއިން 5 މިލިއަން ރުފިޔާއަށް އެވެއްޓުނީ. ދެން އަޅުގަނޑު ބަލާލިން ނޮވެމްބަރު، ޑިސެމްބަރު އަދި އޮކްޓޯބަރުގައި ޑިއުޓީ ހުރި ކިހިނެއްތޯ. ވަކި އިތުރުވެފައި ނެތް، ގާތްގަނޑަކަށް ޑެއިލީ އެ ހުންނަ އެވްރެޖެއްގައި އެ ހުންނަނީ. ބޮޑުވެފައި ނެތް. އެހެންވީމާ 1.1 ބިލިއަން ރުފިޔާއާއި ގާތަށްވެސް އެބޭފުޅުންނަށް އާމްދަނީއެއް ނުލިބޭނެ.
ކުރީގެ ފިނޭންސް މިނިސްޓަރި އިބްރާހިމް އަމީރު

ދައުލަތުގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވެފައިވާއިރު، އާމްދަނީ ދަށްވާން މެދުވެރިވި ސަބަބު އިގްތިސާދީ ވަޒީރު މުހައްމަދު ސައީދަށްވެސް އެނގިވަޑައި ނުގަންނަވައެވެ. އަންގާރަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވީ އާމްދަނީ ދަށްވި ސަބަބުތަކަށް އެނގިވަޑައި ނުގަންނަވާ ކަމަށާއި، އެއްޗެއް ދަންނަވަން އިނގޭނީ ތަފްސީލަށް ބަލައިގެން ކަމަށެވެ.

ދައުލަތުގެ އާމްދަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު، އާމްދަނީ އެހާ ބޮޑަށް ދަށަށް ދިޔަ ސަބަބު ސަރުކާރަށް ބުނެދެވިފައި ނުވެއެވެ. އާމްދަނީ ދަށަށް ދިޔަ ސަބަބުތަކުގެ ތެރޭގައި އެއްވެސް ރޭވުންތެރިކަމެއް ނެތި ސިނގިރެޓްގެ ޑިއުޓީ ބޮޑުކުރަން ނިންމުމާއެކު، ޑިއުޓީ ބޮޑުކުރުމުގެ ކުރިން ގިނަ އަދަދެއްގެ ސިނގިރެޓް ރާއްޖެއަށް އެތެރެކޮށް، އެއިން ލިބޭނެކަމަށް ލަފާކުރި އާމްދަނީ ދަށަށް ދިއުން ހިމެނެއެވެ. މީގެ އިތުރުން އާންމުން ހޭދަކުރާ މިންވަރު ދަށްވެ 40 މިލިއަން ރުފިޔާ ޖީއެސްޓީގެ ގޮތުގައި މަދުވެފައިވާއިރު އެހެނިހެން ފީތަކާއި ކުލިތައްވެސް ވަނީ މަދުވެފައެވެ.

މި އަހަރު ފެށިގެން ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު، 874 މިލިއަން ރުފިޔާ މަދުން ކަމަށް ފިނޭންސް އިން އާންމު ކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ހިސާބުތަކުން ވަނީ ހާމަވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް