Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިލެކްޝަންސް ކޮމިޝަން

"ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގައި ގެނައި ބަދަލަކީ ޑރ.މުއިއްޒު އައި އީސީ އިން ގުޅިގެން ހިންގި ޖަރީމާ އެއް"

15 ފެބުރުއަރީ 2025 | ހޮނިހިރު 14:32

ސަރުކާރުން އީ-ފާހުގެ ނިޒާމް މެދުވެރިކޮށް ސިޔާސީ ޕާޓީތަކަށް މެމްބަރުން ބަދަލުކުރެވޭ ގޮތަށް ހިންގި ގަވާއިދު ބަދަލަކީ ރައީސް އާއި އިލެކްޝަންސް ކޮމިޝަނުން ހިންގި ޖަރީމާއެއް ކަމަށް އެމްޑީޕީގެ ނައިބު ޗެއަރޕަރސަން އިބުރޭ ވިދާޅުވިއެވެ. އީ-ފާހުގެ ނިޒާމް މެދުވެރިކޮށް މެމްބަރުން ވެރިފައިކުރުމަކީ އެމްޑީޕީން ތާއީދުކުރާ ކަމެއްނަމަވެސް، ސީދާ އީ-ފާހުން ޕާޓީ ބަދަލުކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ހިންގާ ގަވާއިދު ބަދަލަކީ ރައީސް އާއި އިލެކްޝަންސް ކޮމިޝަނުން ހިންގި ޖަރީމާއެއް ކަމަށް އެމްޑީޕީގެ ނައިބު ޗެއަރޕަރސަން އިބުރޭ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 15 ފެބުރުއަރީ 2025 | ހޮނިހިރު 14:32
އެމްޑީޕީގެ ޗެއަރޕަރސަންގެ ނައިބު އިބްރާހިމް ވަހީދު

އެމްޑީޕީގެ ޗެއަރޕަރސަންގެ ނައިބު އިބްރާހިމް ވަހީދު

ސަރުކާރުގެ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމް އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކަށް ރެޖިސްޓްރީވެވޭ ގޮތަށް މިހާރު ގެނެސްފައިވާ ބަދަލަކީ ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގައި ގެނައި ބަދަލަކީ ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ހިންގި ޖަރީމާ އެއް ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ޗެއަރޕަރސަންގެ ނައިބު އިބްރާޙިމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވި އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ސަރުކާރުގެ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމް އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކަށް ރެޖިސްޓްރީވެވޭ ގޮތަށް ސިޔާސީ ޕާޓީގެ ގަވާއިދު އިސްލާޙުކޮށް އިލެކްޝަންސް ކޮމިޝަނުން ވަނީ މި ހިނގާ ފެބްރުއަރީ މަހުގެ ތެރޭގައި ހާމަކޮށްފައެވެ.

ޕާޓީތަކުގައި މެމްބަރުން ދަފްތަރުކުރާ ގޮތާއި މެދު ކަންބޮޑުވުންތަކެއް ހުރި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އީފާސް މެދުވެރިކޮށް މެމްބަރުން ވެރިފައި ކުރުމަކީ އެމްޑީޕީން ތާއީދުކުރާ ކަމެއް ކަމަށެވެ.

އެހެންނަމަވެސް އެފަދަ މަރުހަލާއަކާއި ނުލާ އީފާސް ޕޯޓަލް އަށް ވަދެގެން ޕާޓީ ބަދަލުކުރުމަކީ އެންމެ ފުރިހަމަ ގޮތް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އީފާހުގެ ޒަރީއާއިން ޚިދުމަތްތައް ހޯދާ ބީދައިން، އީފާސް މެދުވެރިކޮށް ޕާޓީތަކަށް ވަނުމުގެ ފޯރމް ފުރުމަކީ މައްސަލަ އެއް ނޫން ކަމަށެވެ. އެހެންނަމަވެސް ސީދާ އީފާސް ލޮގިން ބޭނުންކޮށްގެން ޕާޓީތަކަށް ވަނުމަކީ އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ޕާޓީ އަށް ވަންނަ މީހަކު ވާނެ އެމްޑީޕީގެ ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަން ވެސް. އެއްބަސްވާ ކަންތައްތަކެއް ވެސް ހުންނަންވާނެ. މިކަންކަން ފުރިހަމަ އެއް ނުވޭ. ވެރިފައި ކުރުން އަޅުގަނޑުމެން ގަބޫލު. ކަންބޮޑުވުންތައް އެބަ ހުރި. އެކަން ވާނެ ފާހަގަކޮށްފަ.
އެމްޑީޕީގެ ޗެއަރޕަރސަންގެ ނައިބު އިބްރާޙިމް ވަހީދު (އިބުރޭ)

އީ-ފާސް މެރުވެރިކޮށް ޕާޓީތަކުގައި ދަފްތަރުވާ ގޮތަށް ހެދުމަށް އޮޅުވާލައިގެން ޕާޓީއަށް ވައްދާ މައްސަލަ ހައްލުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި މިހާރު އަމަލުކުރަމުންދާ ސިޔާސީ ޕާޓީގެ ގަވާއިދުގައި މި ބަދަލު ވަނީ ހިމަނާފައެވެ.

އެ އިސްލާހުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީ އުފެއްދުމަށް ހުއްދަދޭ ދުވަހުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި މަދުވެގެން 3,000 މީހުންގެ މައުލޫމާތު އިލެކްޝަން ކޮމިޝަނުގެ "ސިމެދަ" ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހޭނެ ކަމަށެވެ. އެ  ޕޯޓަލަކީ އިލެކްޝަންސް ކޮމިޝަންގެ ބެލުމުގެ ދަށުން ސިޔާސީ ޕާޓީގެ މެންބަރުންގެ ދަފްތަރު ބެލެހެއްޓޭ ގޮތަށް އެކުލަވާލާފައިވާ ޕްލެޓްފޯމެކެވެ. އެ ބަދަލު ގެނައުމުގެ ކުރިން އީސީން ބަލަން ޖެހޭ ކަންކަން ބަލާފައި ނުވާ ކަަމަށް އިބްރާހިމް ވަހީދު ވިދާޅުވިއެވެ. އަދި އުސޫލާއި ޚިލާފަށް ޕީއެންސީ އަށް ވައްދާފައިވާ އެތައް ބަޔަކު އެ ޕާޓީގައި ތަޅު އެޅުވިފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޕީއެންސީއަށް މީހުން ވެއްދުމަށް ވަގު ފޯމް ހުށަހަޅައި ހިންގި ހިޔާނާތުގައި އިލެކްޝަން ކޮމިޝަން (އީސީ)ގެ ބައިވެރިވުން އޮތް ކަމަށް މީގެ ކުރިން ވެސް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ. ސަބަބަކީ ވަގު ފޯމް ހުށަހަޅައި ޕީއެންސީއަށް އެމްޑީޕީގެ މެންބަރުން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ އާއްމު ރައްޔިތުން އެޕާޓީއަށް ވައްދާފައިވާ މައްސަލައިގައި އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައި ނުވުމެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

15 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި
14 ފެބުރުއަރީ 2017

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި
09 ފެބުރުއަރީ 2017

ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް

09 ފެބުރުއަރީ 2017
ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް