Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑު

އަންޗެލޮޓީ ބުނީ ރެއާލަށް ލިބުނީ ޙައްގު މޮޅެއް ކަމަށް

އަންޗެލޮޓީ ބުނީ، ރެއާލްގެ އެންމެ ބޮޑު މައްސަލަ އަކީ ޑިފެންސްގައި ދިމާވާ މައްސަލަކަން މީގެ ކުރިން އަބަދު ވެސް އޭނާ ފާހަގަ ކުރާ ކަމަށެވެ. އެހެން ނަމަވެސް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ރެއާލްގެ ޑިފެންޑަރުން ވަރަށް ރަނގަޅު ކުޅުމެއް ދެއްކި ކަމަށް އޭނާ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ފެބުރުއަރީ 2025 | ބުދަ 07:02
ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ

ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފްގެ ފުރަތަމަ ލެގުގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ލިބުނީ ޙައްގު މޮޅެއް ކަމަށް، ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ރެއާލުން ވަނީ ކާމިޔާބު ކޮށްފަ އެވެ. މެޗުގައި ސިޓީން ދެ ފަހަރެއްގެ މަތިން ލީޑު ނެގިއިރު، ދެ ފަހަރު ވެސް ރެއާލުން ނަތީޖާ ހަމަހަމަ ކުރި އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ލަނޑު ޖަހައިގެން ރެއާލް ވަނީ މެޗުން މޮޅުވެފަ އެވެ.

އެ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ، ރެއާލްގެ އެންމެ ބޮޑު މައްސަލަ އަކީ ޑިފެންސްގައި ދިމާވާ މައްސަލަކަން މީގެ ކުރިން އަބަދު ވެސް އޭނާ ފާހަގަ ކުރާ ކަމަށެވެ. އެހެން ނަމަވެސް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ރެއާލްގެ ޑިފެންޑަރުން ވަރަށް ރަނގަޅު ކުޅުމެއް ދެއްކި ކަމަށް އޭނާ ބުންޏެވެ. އެ މެޗުގައި ރެއާލްގެ ޑިފެންސްގައި ތިބި ހަތަރު ކުޅުންތެރިންނަކީ މީގެ ކުރިން އެއްކޮށް ކުޅެފައި ނުވާ ކުޅުންތެރިން ކަމަށާއި، ނަމަވެސް ކުޅުންތެރިން އެކުވެގެން ކުރި މަސައްކަތުން ޑިފެންސްގައި ރަނގަޅު ކުޅުމެއް ދެއްކި ކަމަށް އޭނާ ބުންޏެވެ.

އަންޗެލޮޓީ ބުނީ ފުރަތަމަ ލެގުން މޮޅުވުމުން ރެއާލް އޮތީ ވަރަށް ހަމަޖެހިގެން އަދި އުފަލުން ކަމަށެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި ވެސް ރެއާލުން ރަނގަޅު ކުޅުމެއް ދެއްކިކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ، އެ ޓީމަށް ފައިދާ ނަގާނެ ފުރުސަތު ވެސް ލިބުނު ކަމަށެވެ. އަދި ފުރަތަމަ ލެގުގައި ކުރި މަސައްކަތާއި، އެ ލެގުގައި ދެއްކި ކުޅުން ދެ ވަނަ ލެގުގައި ދައްކަން ޖެހޭ ކަމަށް ވެސް އަަންޗެލޮޓީ ވަނީ ބުނެފަ އެވެ. މެޗުގައި ރެއާލަށް ވަރަށް ގިނަ ފުރުސަތުތަކެއް ލިބުނުކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ، ފަހަތުން އަރައި މެޗުން މޮޅުވުމަކީ ވެސް ފަސޭހަ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން އަންޗެލޮޓީ ބުނީ ރެއާލަށް ލިބުނީ ޙައްގު މޮޅެއް ކަމަށެވެ. އެ މެޗުގައި ސިޓީ އަށް ލިބުނު ޕެނަލްޓީ އާއެކު، އެ ޓީމުން ފައިދާ ތަކެއް ނެގި ކަމަށާއި، ތަފާތަކަށްވީ ރެއާލްގެ ކުރީގައި ތިބި ކުޅުންތެރިން ކަމަށް އޭނާ ބުންޏެވެ. އެ ކުޅުންތެރިން ދެއްކީ ތަފާތު ރޫޙެއް ކަމަށާއި، އެ ކުޅުންތެރިން ބޭނުން އެންމެ ފުރިހަަމަ އަށް ފެނުނު ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު ފުރަތަމަ ލެގު ރެއާލުން ކާމިޔާބު ކޮށްފައިވާއިރު، ދެ ވަނަ ލެގުގެ ކުޅުން އޮންނާނީ ރެއާލްގެ އަމިއްލަ ދަނޑުގަ އެވެ.

އިތުރަށް ކިޔާލަން

23 މެއި 2017

ބްރޭކަށް ދިއުމުގެ ކުރިން ލިބުނީ މުހިންމު މޮޅެއް: ސާންތި

23 މެއި 2017
ބްރޭކަށް ދިއުމުގެ ކުރިން ލިބުނީ މުހިންމު މޮޅެއް: ސާންތި
22 މެއި 2017

ޕްރިމިއާ ލީގު: ގަދަ ހަތަރެއްގެ ޖާގަ ލިބުނީ ޗެލްސީ، ޓޮޓެންހަމް، ސިޓީ އަދި ލިވަޕޫލްއަށް

22 މެއި 2017
ޕްރިމިއާ ލީގު: ގަދަ ހަތަރެއްގެ ޖާގަ ލިބުނީ ޗެލްސީ، ޓޮޓެންހަމް، ސިޓީ އަދި ލިވަޕޫލްއަށް
27 އެޕްރީލު 2017

އެލް ކްލެސިކޯއަށްފަހު ބާސާ އަދި ރެއާލަށް ބޮޑު މޮޅެއް

27 އެޕްރީލު 2017
އެލް ކްލެސިކޯއަށްފަހު ބާސާ އަދި ރެއާލަށް ބޮޑު މޮޅެއް
18 އެޕްރީލު 2017

އަންޗެލޮޓީގެ ވިސްނުން ރޮނާލްޑޯ ހުއްޓުވުމަށް

18 އެޕްރީލު 2017
އަންޗެލޮޓީގެ ވިސްނުން ރޮނާލްޑޯ ހުއްޓުވުމަށް
15 އެޕްރީލު 2017

އިސްކޯގެ ހިތްގައިމު ލަނޑާއެކު ރެއާލަށް ހިތްހަމަޖެހުމެއް

15 އެޕްރީލު 2017
އިސްކޯގެ ހިތްގައިމު ލަނޑާއެކު ރެއާލަށް ހިތްހަމަޖެހުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު