Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ރެއާލުން ފަހު ވަގުތު ސިޓީ ބަލިކޮށްފި

ޕްލޭ އޮފްގައި ސިޓީ އާއި ރެއާލްގެ ދެ ވަނަ ލެގު އޮންނާނީ ރެއާލްގެ އަމިއްލަ ދަނޑުގަ އެވެ. ދެ ވަނަ ލެގުގެ ކުޅުން އޮންނާނީ ފެބްރުވަރީ މަހުގެ 20 ވަނަ ދުވަހު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2025 | ބުދަ 04:22
މެޗުގައި ލަނޑު ޖެހުމަށްފަހު ބެލިންހަމް އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ބެލިންހަމް އުފާ ފާޅު ކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފްގެ ފުރަތަމަ ލެގުގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން، ފަހު ވަގުތު އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑު މޮޅުވެއްޖެ އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި އަންގާރަ ދުވަހުގެ ރޭ އެ ޓީމާ ދެކޮޅަށް ކުޅުނު މެޗު ރެއާލުން ކާމިޔާބު ކުރީ 3-2 އިންނެވެ. މެޗުގައި ސިޓީން ވަނީ ދެ ފަހަރެއްގެ މަތިން ލީޑު ވެސް ނަގައިފަ އެވެ. ނަމަވެސް ރެއާލުން ދެ ފަހަރު ވެސް ނަތީޖާ ހަމަހަމަ ކުރިއިރު، މެޗުން ރެއާލް މޮޅުވީ މެޗުގެ އެންމެ ފަހު ވަގުތުގައި ލަނޑު ޖަހައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި ސިޓީ އަށް ކުރި ހޯދައިދިނީ ނޯވޭގެ ފޯވާޑު އާލިން ހާލަންޑު އެވެ. އޭނާ އެ ލަނޑު ޖެހީ ޖޮސްކޯ ގްވާޑިއޯލް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ނަމަވެސް މެޗުގެ ދެ ވަނަ ހާފު ފަށައިގެން ފަނަރަ ވަނަ މިނެޓުގައި ރެއާލުން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެއީ ޑެނީ ސެލަބޯސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ޖެހި ލަނޑުންނެވެ.

އޭގެ ފަހުން މެޗުގެ 80 ވަނަ މިނެޓުގައި، ދެ ވަނަ ފަހަރަަށް ސިޓީ އަށް ކުރި ހޯދައިދިނީ ވެސް ހާލަންޑު އެވެ. އެއީ ސިޓީ އަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެން ހާލަންޑު ޖެހި ލަނޑެކެވެ. އޭގެ ހަ މިނެޓު ފަހުން ބްރަހިމް ޑިއާޒް ވަނީ ލަނޑު ޖަހައި، ދެ ވަނަ ފަހަރަށް ރެއާލަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އެ ލަނޑު އޭނާ ޖެހީ ވިނީޝިއުސް ޖޫނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ރެއާލް މޮޅުވީ، އިންގްލެންޑުގެ ޖޫޑް ބެލިންހަމް ޖެހި ލަނޑުންނެވެ. އެ ލަނޑު ޖަހަން ބެލިންހަމް އަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ވިނީޝިއުސް އެވެ.

ޕްލޭ އޮފްގައި ސިޓީ އާއި ރެއާލްގެ ދެ ވަނަ ލެގު އޮންނާނީ ރެއާލްގެ އަމިއްލަ ދަނޑުގަ އެވެ. ދެ ވަނަ ލެގުގެ ކުޅުން އޮންނާނީ ފެބްރުވަރީ މަހުގެ 20 ވަނަ ދުވަހު އެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް، ރެއާލަށް މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ. ގަދަ 16 އިން ޖާގަ ހޯދުމަށް، ސިޓީ އަށް ޖެހޭނީ އެ މެޗުގައި ރެއާލް ބަލި ކުރާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު