Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކަރަޕްޝަންގެ އަށަގަތުން

ދިވެހި ދައުލަތުގެ ތެރޭގައި ކަރަޕްޝަން އަށަގަނެފައިވާ މިންވަރު އިތުރުވެއްޖެ: ޓްރާންސްޕޭރަންސީ

ރާއްޖެ ހިމެނެނީ، 50 އަށްވުރެ ދަށުން ޕޮއިންޓް ލިބިފައިވާ ތިންބައިކުޅަ ދެބައި ޤައުމުތަކުގެ ތެރޭގައި

ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2025 | އަންގާރަ 11:45
ޓްރާންސް ޕޭރަންސީ މޯލްޑިވްސް ގެ ނިޝާން

ޓްރާންސް ޕޭރަންސީ މޯލްޑިވްސް ގެ ނިޝާން

ދިވެހި ދައުލަތުގެ ގެ ތެރޭގައި ކަރަޕްޝަން އަށަގަނެފައިވާ މިންވަރު އިތުރުވެއްޖެ ކަމަށް ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން ހާމަ ކޮށްފިއެވެ.

ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްއިން އަންގާރަ ދުވަހު ނެރުނު 2024 ވަނަ އަހަރުގެ ކޮރަޕްޝަން ޕަސެޕްޝަންސް އިންޑެކްސް (ސީޕީއައި) އިން ދިވެހިރާއްޖޭގެ ސީޕީއައި ސްކޯރ 39ން 38ށް ވަނީ ދަށްވެފައެވެ.

Advertisement - newsAdvertisement

ޓްރާންސްޕޭރަންސީގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި ރާއްޖެ ހިމެނެނީ، 50 އަށްވުރެ ދަށުން ޕޮއިންޓް ލިބިފައިވާ ތިންބައިކުޅަ ދެބައި ޤައުމުތަކުގެ ތެރޭގައި ކަމަށެވެ. 

ޓްރާންސްޕޭރަންސީ އިން އަހަރަކު އެއްފަހަރު ނެރޭ ރިޕޯޓުގައި ގައުމުތައް ދަރަޖަ ކުރާއިރު ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ބެލުމުގައި، ސާރވޭތަކާއި މާހިރުންގެ ދިރާސާތަކުގެ މައްޗަށް ބަލާ ކަމަށް އެ ޖަމްއިއްޔާ އިން ބުނެފައި ވެއެވެ. މިއަހަރު، ސީޕީއައި އަމާޒު ކޮށްފައި ވަނީ މުޅި ދުނިޔޭގައި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ކޮރަޕްޝަންގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށެވެ.

ދައުލަތުގެ ތެރޭގައި ކަރަޕްޝަން ހިމެނޭ މިންވަރު ގިންތި ކުރާ މި އިންޑެކްސް ގައި ސުމެއް (0) އެއީ ކޮރަޕްޝަންގެ އަމަލުތައް ވަރަށް ބޮޑު ކަމަށް ގަބޫލު ކުރެވޭ މިންވަރެވެ. އަނެއް ކޮޅުން 100 އަކީ ކަރަޕްޝަންގެ އަމަލުތައް ވަރަށް މަދުކަމަށް ގަބޫލު ކުރެވޭ މިންވަރެވެ.

ދިވެހިރާއްޖެ އަށް 2024 ވަނަ އަހަރު ލިބިފައިވާ ސްކޯ އަކީ 38 އެވެ. އަހަރުގެ ސީޕީއައި ގައި 180 ޤައުމުގެ ތެރެއިން ރާއްޖެ ހިމެނިފައިވަނީ 96 ވަނައިގައެވެ.

ޓްރާންސްޕޭރަންސީ އިން ބުނެފައިވަނީ ރާއްޖޭގެ ސްކޯއިން ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި މާބޮޑު ކުރިއެރުމެއް ނުވަތަ އެއްވެސް ކުރިއެރުމެއް ލިބިފައިނުވާކަމެވެ. އޭގެ އިތުރުން ކަރަޕްޝަންގެ އަމަލުތަކުގައި ބައިވެރިވާ ސިޔާސީ އަދި ދައުލަތުގެ އިސް މުވައްޒަފުން ޒިންމާދާރު ކުރުވުމަށް ކުރަން ޖެހޭ ތަހުގީގު ކުރުމާއި ދައުވާ ކުރުމާއި އަދި ގާނޫނުތައް ތަންފީޒު ކުރުން ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ.

"ގައުމުގައި ނިޒާމީ ގޮތެއްގައި ކަރަޕްޝަންގެ އަމަލުތައް ދައުލަތުގެ އެންމެ މަތީ ފަންތީގައި އަށަގަނެފައި ވާއިރު މަސްލަހަތު ހާމަ ކުރުމާއި، ކަރަޕްޝަންގެ އަމަލުތަކުން ވަގަށް ނަގާފައިވާ ފައިސާ އާއި މުދާ ދައުލަތައް އަނބުރާ ހޯދުމަށް ކުރެވޭ މަސައްކަތައް ބޮޑެތި ރިފޯމުތަކެއް ގެންނަން ޖެހިފައިވާ ކަން ފާހަގަ ކުރަމެވެ." ރިޕޯޓުގައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު