Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެނަކަ މުވައްޒަފުން ސަސްޕެންޑްކުރުން

މިލަދޫ ފެނަކައިގެ 3 މެނޭޖަރުން ވަޒީފާއިން ސަސްޕެންޑްކުރުން - ބަލަމުންދާ މައްސަލައެއް ސާފެއް ނޫން، ވަކި އެއްޗެއް އަންގާފައި ނުވޭ

10 ފެބުރުއަރީ 2025 | ހޯމަ 14:19

މިހާތަނަށް މުވައްޒަފުން ސަސްޕެންޑްކުރި ސަބަބެއް މުވައްޒަފުންނަށް ނާންގާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 10 ފެބުރުއަރީ 2025 | ހޯމަ 14:19
ނ. މިލަދޫ ފެނަކަ އިންޖީނުގޭ އައު އިމާރާތް

ނ. މިލަދޫ ފެނަކަ އިންޖީނުގޭ އައު އިމާރާތް

ހޮނިހިރު ދުވަހު އޮތް ބައި-އިލެކްޝަންގެ ނަތީޖާ އާއެކު ނ. މިލަދޫ ފެނަކައިގެ 3 މެނޭޖަރަކު ކުއްލި ގޮތަކަށް ސަސްޕެންޑް ކޮށްފައިވާ އިރު، އެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްކުރި ސަބަބެއް މިހާތަނަށް އަންގާފައި ނުވާ ކަމަށާއި، ވާނުވާގައި ތިބިކަމަށް އެ މުވައްޒަފުން ބުނެފިއެވެ.

ސަސްޕެންޑް ކުރީ ސްޓޭޝަން މެނޭޖަރު މުހައްމަދު ހުސެއިން އާއި ޑެޕިއުޓީ މެނޭޖަރު ހާމިދު ހުސެއިން އާއި އެސިސްޓެންޓް މެނޭޖަރު މުހައްމަދު އަލީއެވެ.

Advertisement - newsAdvertisement

ތިން މުވައްޒަފުންނަށް ވަކި ވަކިން އާދިއްތަ ދުވަހު ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ފޮނުވި ސިޓީގައި ވަނީ އެއް އިބާރާތެއްކަން ފާހަގަ ކުރެވެއެވެ.

މި ނޫހަށް ފެނިފައިވާ އެ ސިޓީތަކުގެ ކޮޕީ ގައި ވަނީ އެ މުވައްޒަފުންނާ ގުޅުން ހުރި މައްސަލަ އެއް ތަހުގީގު ކުރަމުންދާތީ އެ މައްސަލައިގެ ތަހުގީގުގައި އިތުރަށް ބަލަން ޖެހޭ ކަންކަން ހުރުމުން ފެބްރުއަރީ 10 ން ފެށިގެން 14 ދުވަހުގެ މުއްދަތައް ވަގުތީ ގޮތުން އޮފީހަށް ނުކުތުން މަނާ ކޮށްފައިވާ ކަމަށެވެ. ސިޓީގައި ބަލަނީ ކޮން މައްސަލައެއް ކަމެއް ބުނެފައެއް ނުވެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން މި ތިން މުވައްޒަފުންވެސް ބުނެފައިވަނީ ވަޒީފާއިން ސަސްޕެންޑްކޮށްފައި ވަނީ ކޮން ސަބަބަކާއި ގުޅިގެން ކަމެއް މިހާތަނަށް ބުނެފައި ނުވާ ކަމަށެވެ. އަދި ސަސްޕެންޑްކުރަން ފޮނުވި ލިޔުމުގައިވެސް އޮތީ މައްސަލައެއް ބަލަމުން އަންނަ ކަމަށާއި، އެކަމާއި ގުޅިގެން އޮފީހުންވެސް އިތުރު ތަފްސީލެއް ދީފައި ނުވާ ކަމަށެވެ.

މީގެ އިތުރުން މުވައްޒަފުން ބުނެފައިވަނީ އެމީހުންނާއި ގުޅޭ އެއްވެސް މައްސަލައެއް މިހާތަނަށް ބަލާފައި ނުވާ ކަމަށެވެ. އަދި މައްސަލައެއް ބަލަމުންދާކަމުގެ މައުލޫމާތެއްވެސް ލިބިފައި ނުވާ ކަމަށާއި، އަހުލާގީ އަދި އިދާރީ މައްސަލައެއްވެސް ޖެހިފައި ނުވާ ކަމަށެވެ. އަދި އޮފީހަށް ނުކުތުން މަނާކޮށްފައިވާ ކަމަށް ލިޔުމުގައި ބުނެފައިވީ ނަމަވެސް، މިހާތަނަށް އެއީ ކޮން މައްސަލައެއްކަމެއް ސާފުކުރުމަށް މަސައްކަތް ކުރިނަމަވެސް އެކަމުގެ މައުލޫމާތެއް ފެނަކަ މައި އޮފީހުންވެސް ސާފުވާގޮތް ނުވިކަމަށް ބުނެފައިވެއެވެ.

ހޮނިހިރު ދުވަހު އޮތް އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަންގައި ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓް އާ ވާދަ ކޮށް އެމްޑީޕީގެ ކެންޑިޑޭޓް ބޮޑު ތަފާތަކުން ވަނީ މޮޅުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިންތިޚާބުގައި ވޯޓު ލުމުގެ ކުރިން ފެނަކައިގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) މިލަދޫ އަށް ޒިޔާރަތް ކުރައްވާ ފެނައިގެ މުވައްޒަފުންނާ ބައްދަލު ކޮށް ސަރުކާރުގެ ކެންޑިޑޭޓަށް ވޯޓު ދިނުން އެދޭ ކަމަށް ވަނީ ބުނެފައެވެ.

ފެނައިކައިގެ 3 މުވައްޒަފުން ސަސްޕެންޑް ކުރި މައްސަލައިގައި އެރަށުން ވާހަކަ ދެއްކި ފަރާތަކުން ބުނީ އެ ތިން މުވައްޒަފުންގެ ކުށަކީ ޕީއެންސީ އަށް ކެމްޕޭން ކުރަން އަމަލީ ގޮތުން ނޫޅުން ކަމަށާއި އެއީ އެހެން ކުށެއް އޮވެގެން އެޅި ފިޔަވަޅެއް ނޫން ކަމުގައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

17 މާރިޗު 2017

ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި

17 މާރިޗު 2017
ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި
01 މާރިޗު 2017

އިބްތިހާލްގެ މައްސަލައިގައި ޝުޒާދު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ވެސް ކަނޑައަޅައިފި

01 މާރިޗު 2017
އިބްތިހާލްގެ މައްސަލައިގައި ޝުޒާދު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ވެސް ކަނޑައަޅައިފި
26 ފެބުރުއަރީ 2017

ބަރަހަނާ ފޮޓޯތަކެއް ލީކުވެ އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފި

26 ފެބުރުއަރީ 2017
ބަރަހަނާ ފޮޓޯތަކެއް ލީކުވެ އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފި
26 ފެބުރުއަރީ 2017

އިސްކަންދަރު ކޮއްޓަށް އިންޒާރުގެ ލިޔުން ތަކެއް އެޅި ދެ ފުލުހަކު ވަޒީފާއިން ވަކިކޮށްފި

26 ފެބުރުއަރީ 2017
އިސްކަންދަރު ކޮއްޓަށް އިންޒާރުގެ ލިޔުން ތަކެއް އެޅި ދެ ފުލުހަކު ވަޒީފާއިން ވަކިކޮށްފި
25 ފެބުރުއަރީ 2017

ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

25 ފެބުރުއަރީ 2017
ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
20 ފެބުރުއަރީ 2017

ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި

20 ފެބުރުއަރީ 2017
ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
07 ފެބުރުއަރީ 2017

މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި

07 ފެބުރުއަރީ 2017
މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި
30 ޖެނުއަރީ 2017

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް