Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަރ މިއާމީ

މެސީ އަދި ސުއަރޭޒްގެ ލަނޑުން މިއާމީ މޮޅުވެއްޖެ

އައު ސީޒަންެގެ މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ގެ ކުޅުން ފެށުމުގެ ކުރިން މިއާމީން ރަޙުމަތްތެރިކަމުގެ އެއް މެޗު ކުޅޭނެ އެވެ. އެއީ ފެބްރުވަރީ މަހުގެ 15 ވަނަ ދުވަހު އޯލަންޑޯ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ފެބުރުއަރީ 2025 | އާދީއްތަ 06:21
މެޗުގައި ލަނޑު ޖެހުމަށްފަހު މެސީ އާއި ސުއަރޭޒް އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު މެސީ އާއި ސުއަރޭޒް އުފާ ފާޅު ކުރަނީ

އައު ސީޒަނަށް ތަައްޔާރުވުމުގެ ގޮތުން އިންޓަރ މިއާމީން ކުޅުނު ރަޙުމަތްތެރިކަމުގެ މެޗުގައި އޮލިމްޕިއާ ބަލިކޮށްފި އެވެ.

އަދީއްތަ ދުވަހުގެ ފަތިހު އޮލިމްޕިއާއާ ދެކޮޅަށް ކުޅުނު މެޗު މިއާމީން ކާމިޔާބު ކުރީ 5-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި މިއާމީން ތިން ލަނޑު ޖެހިއިރު، ދެ ވަނަ ހާފުގައި ވަނީ އަނެއް ދެ ލަނޑު ޖަހައިފަ އެވެ.

މެޗު ފަށައިގެން 27 ވަނަ މިނެޓުގައި މިއާމީ އަށް ލީޑު ނަގައިދިނީ ކެޕްޓަން ލިއޮނަލް މެސީ އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި މިއާމީގެ ދެ ވަނަ ލަނޑު ޖެހީ ފެޑެރިކޯ ރެޑޮންޑޯ އެވެ. އަަދި މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ނޯހް އާލެން ވަނީ މިއާމީގެ ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ނުވަ ވަނަ މިނެޓުގައި މިއާމީގެ ހަތަރު ވަނަ ލަނޑު ޖެހީ އުރުގުއޭގެ ލުއިސް ސުއަރޭޒް އެވެ. އަދި މެޗުގައި މިއާމީގެ ފަހު ލަނޑު ރަޔަން ސެއިލާ ޖެހީ މެޗުގެ 79 ވަނަ މިނެޓުގަ އެވެ.

އައު ސީޒަންެގެ މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ގެ ކުޅުން ފެށުމުގެ ކުރިން މިއާމީން ރަޙުމަތްތެރިކަމުގެ އެއް މެޗު ކުޅޭނެ އެވެ. އެއީ ފެބްރުވަރީ މަހުގެ 15 ވަނަ ދުވަހު އޯލަންޑޯ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ފަހުން މިއާމީން ކޮންކާކަފް ޗެމްޕިއަންސް ކަޕްގެ މެޗު ވެސް ކުޅޭނެ އެވެ. އަދި އެމެރިކާ ލީގުގެ ފުރަތަމަ މެޗުގައި ފެބްރުވަރީ މަހުގެ 23 ވަނަ ދުވަހު ނިކުންނާނީ ނިއުޔޯކް ސިޓީއާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު