Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއެމާ ސްޓޯން

އެންމެ ބޮޑު އާމްދަނީއެއް އެމާ ސްޓޯން އަށް!

އެމާ ސްޓޯންއަށް މިއަހަރުގައި ވަނީ 26 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 22 އޯގަސްޓު 2017 | އަންގާރަ 08:56
އެމާ ސްޓޯން

އެމާ ސްޓޯން

ހޮލީވުޑްގައި ހަރަކާތްތެރިވާ އަންހެން ތަރިންގެ ތެރެއިން މިއަހަރު އެންމެ ގިނަ އާމްދަނީ ލިބުނު އެކްޓެރެސްއަކަށް އެމާ ސްޓޯން ވެއްޖެއެވެ.

ފޯބްސް މަޖައްލާއިން ބުނި ގޮތުގައި އެމާ ސްޓޯން އަށް މިއަހަރު ވަނީ 26 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ. މިދިޔަ އަހަރު ނުކުން އެންމެ ކާމިޔާބު އެއް ފިލްމަކީ ވެސް އެމާގެ ފިލްމެއް ކަމަށްވާ "ލަ ލާ ލޭންޑް" އެވެ. އޭނާ އަށް ވަނީ އެ ފިލްމުން އޮސްކާ ވެސް ލިބިފައެވެ. ބޮކްސް އޮފީހުގައި އެ ފިލްމަށް 445.5 މިލިއަން ޑޮލަރު ލިބިފައި ވެއެވެ.

އެމާ ސްޓޯންއަށް އެންމެ ގިނަ އާމްދަނީ ލިބިފައިވާއިރު ދެވަނައަށް އެންމެ ގިނަ އާމްދަނީ ލިބިފައި ވަނީ 25.5 މިލިއަންޑޮލަރާ އެކީ ޖެނިފާ އެނިސްޓަންއެވެ.

ތިންވަނައަށް އެންމެ ގިނަ އާމްދަނީ ލިބިފައިވަނީ ޖެނިފާ ލޯރަންޒް އެވެ. އޭނާއަކީ މިދިޔަ އަހަރު އެންމެ ގިނަ އާމްދަނީ ލިބުނު އެކްޓްރެސްއެވެ. ޖެނިފާއަށް މިއަހަރު ލިބިފައިވަނީ 24 މިލިއަން ޑޮލަރުގައެވެ.

އެންމެ ބޮޑު އާމްދަނީއެއް ލިބުނު ބަތަލާއިންގެ ލިސްޓުގެ ދެ ވަނައިގައި އޮތީ "ފްރެންޑްސް"ގެ ބަތަލާ ޖެނިފާ އެނިސްޓަން 48، އެވެ. އޭނާއަށް ވަނީ 25.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.

ފޯބްސް މަޖައްލާއިން ކޮންމެ އަހަރަކު އާންމުކުރަމުން އަންނަ މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން މިއަހަރުގެ އެންމެ ގިނަ އާމްދަނީ ލިބުނު 10 ތަރިންގެ ތެރޭގައި މިލާ ކޫނިސް، މެލިސާ މެކްކާތީ، އެމާ ވަޓްސަން، ކޭޓް ބްލާންކެޓް، ޗާލީޒް ތެރޮން، ހިމެނެއެވެ.

ފޯބްސްއިން އާންމުކުރާ ދުނިޔޭގެ އެންމެ ގިނަ އާމްދަނީ ލިބޭ 100 ފަންނާނުންގެ ލިސްޓު ހިމަނަން ފަށާފައި ވަނީ 1999 ވަނަ އަހަރުން ފެށިގެންނެވެ. އެގޮތުން ލިސްޓު އެކުލަވާލަނީ ކޮންމެ އަހަރެއްގެ ވެސް ޖޫންމަހުން އަނެއްއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އިތުރަށް ކިޔާލަން

11 މާރިޗު 2017

"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް

11 މާރިޗު 2017
"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް
06 މާރިޗު 2017

އެމިރޭޓްސް މުބާރާތުން ނަޝީ ކޭކްސް އަށް ބޮޑު ކާމިޔާބެއް

06 މާރިޗު 2017
އެމިރޭޓްސް މުބާރާތުން ނަޝީ ކޭކްސް އަށް ބޮޑު ކާމިޔާބެއް
05 މާރިޗު 2017

"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

05 މާރިޗު 2017
"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!
27 ފެބުރުއަރީ 2017

"ރަންގޫން" އަށް ބޮކްސް އޮފީހުގައި މާބޮޑު ކަމިޔާބީއެއް ނުލިބޭ

27 ފެބުރުއަރީ 2017
"ރަންގޫން" އަށް ބޮކްސް އޮފީހުގައި މާބޮޑު ކަމިޔާބީއެއް ނުލިބޭ
22 ފެބުރުއަރީ 2017

ބެލް އަދި ހަމޮއިނީ ގްރޭންޖާގެ ރޯލުގައި އެއްގޮތް ކަންތައްތަކެއްވޭ: އެމާ ވޮޓްސަން

22 ފެބުރުއަރީ 2017
ބެލް އަދި ހަމޮއިނީ ގްރޭންޖާގެ ރޯލުގައި އެއްގޮތް ކަންތައްތަކެއްވޭ: އެމާ ވޮޓްސަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު