Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ލަންކާ ސަފީރު

ލަންކާ ސަފީރުކަމަށް މުންދު އައްޔަން ކުރެއްވުމުގެ މައްސަލަ ކޮމެޓީއަށް ފޮނުވައިފި

މިހާރު މުންދު ހުންނެވީ ޖަޕާނު ސަފީރު ކަމުގައި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 22 އޯގަސްޓު 2017 | އަންގާރަ 04:37
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއެކު މުންދު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއެކު މުންދު

ރާއްޖެ އިން ސްރީ ލަންކާއަށް ކަނޑައަޅުއްވާ ސަފީރު ކަމުގެ މަގާމަށް ކުރީގެ ވަޒީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އައްޔަން ކުރައްވަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީއަށް ފޮނުވައިފި އެވެ.

ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ދ)ގައި ބުނެފައި ވަނީ ބޭރު ގައުމުތަކަށާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ކަނޑައަޅާ ސަފީރުން ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތީން އައްޔަން ކުރަންވާނެ ކަމަށެވެ.

Advertisement - newsAdvertisement

ސްރީލަންކާގެ ސަފީރު ކަމަށް މުންދު އައްޔަން ކުރެއްވުމަށް، ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވާފައިވާ އިރު، އޭނާ މިހާރު ހުންނެވީ ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައިވާ ސަފީރުކަމުގެ މަގާމުގަ އެވެ. އެ މަގާމަށް އޭނާ އައްޔަން ކުރައްވާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގަ އެވެ.

ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައިވާ ކަމުގެ މަގާމުގައި ހުންނެވި ޒާހިޔާ ޒަރީރު އެ މަގާމުން ދާދި ފަހުން ވަނީ ދުރުކޮށްފަ އެވެ. ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކަމަށް ޒާހިޔާ އައްޔަން ކުރެއްވީ 2014 ވަނަ އަހަރު އެވެ. މަގާމުން ދުރުކުރެއްވުމާއެކު ޒާހިޔާ ވަނީ އެނބުރި ރާއްޖެ ވަޑައިގަންނަވަން ނިންމަވާފަ އެވެ.

ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ޔޫތް މިނިސްޓަރުކަން ކުރެއްވި މުންދު ލަންކާ ސަފީރުގެ މަގާމަށް އައްޔަން ކުރުމަށް ނިންމާފައިވާއިރު، އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ލަންކާގައި ވެސް ދަނީ ހިންގަމުންނެވެ. އެގޮތުން، ރައީސް މުހައްމަދު ނަޝީދާއި، އިދިކޮޅު ޕާޓީތަކުގެ އިސްއޮފިޝަުންތަކެއް މިވަގުތު ވެސް ލަންކާގައި އެބަތިއްބެވި އެވެ.

ރައީސް ޔާމީނުގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރު ކަމުގައި މުންދު ހުންނަވަނިކޮށް، 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު 28 ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅު ގޮއްވާލި މައްސަލައިގައި ތަހުގީގު ކުރަމުންދަނިކޮށް މުންދުއަށް ގޭގައި މަޑުކުރަން ރައީސް އޮފީހުން އެންގި އެވެ. އެހެން އެންގުމާއެކު މުންދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

މިނިވަން 50 ގެ ރިޔާސީ ޖާފަތުގެ ކޭޓަރިން ގެ މަސައްކަތް ނިއުޕޯޓާ ހަވާލުކޮށްފައިވަނީ މުންދުގެ އޭރުގެ މަގާމުގެ ނުފޫޒު ބޭނުންކޮގެން ވަކި ބަޔަކަށް ނާޖާއިޒް މަންފާ ލިބޭގޮތަށް ކަމަށާއި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަން ސާބިތުވާ މިންވަރަށް ހެއްކާއި ގަރީނާ އެބަހުރި ކަމަށް ބުނެ މުންދުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކުޓާ ޖެނެރަލް އޮފީހަށް 2015 ވަނަ އަހަރުގެ ނޮވެމްބަރުގައި އޭސީސީން ފޮނުވި އެވެ. ނަމަވެސް، އޭގެ މަހެއްހާ ދުވަސް ފަހުން ޕްރޮސެކިއުޓަރ ޖެނެރަލް ވަނީ މުންދުގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމާފަ އެވެ.

މިނިވަން 50 ގެ ރަސްމިއްޔާތުގެ ޖާފަތުގެ މަސައްކަތް ނިއުޕޯޓްއާ މުންދު ހަވާލުކުރީ، ރައީސުލް ޖުމްހޫރިއްޔާ އެގޮތަށް ނިންމަވާފައިވާފި ކަމަށް ބުނެ ދޮގު ހަދާގެން ކަމަށް އޭސީސީ އިން ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލަންކާ ދަތުރުފުޅަށް ފަހު ރައީސް ނަޝީދު ހޯމަ ދުވަހު ލަންޑަނަށް ވަޑައިގަންނަވަނީ

ލަންކާ ދަތުރުފުޅަށް ފަހު ރައީސް ނަޝީދު ހޯމަ ދުވަހު ލަންޑަނަށް ވަޑައިގަންނަވަނީ

11 ފެބުރުއަރީ 2017
ޖޮއިންޓް ކޮމިޝަންގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް

ޖޮއިންޓް ކޮމިޝަންގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް

07 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި

ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި

02 ފެބުރުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު